ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން މަޖިލީހުގެ ޖަލްސާ ދެއްކުން ހުއްޓާލައިފި އެވެ

"ވަގުތަށް" އެނގިފައިވާ ގޮތުގައި ޕީއެސްއެމްއިން މަޖިލީހުގެ ޖަލްސާ ދެއްކުން ހުއްޓާލާފައިވަނީ މިއަދުން ފެށިގެނެވެ. މިއަދު މަޖިލިސް އޮތް ގަޑިތަކުގައި އެ ޗެނަލުން ގެނެސްދީފައިވަނީ ރިޕީޓް ޕްރޮގްރާމްތަކެވެ.

އެނގިފައިވާ ގޮތުގައި ޕީއެސްއެމްއިން މަޖިލިސް ދެއްކުން ހުއްޓާލީ ދަ ޑިމޮކްރެޓްސް ޕާޓީގެ މެމްބަރުން ތަޅުމުގައި ސަރުކާރާއި ދެކޮޅަށް ވާހަކަދައްކާތީ އެވެ.

"މިހާރު ސަރުކާރަށް ބެވުންނޫން ކަމެއް މަޖިލިސް ޖަލްސާގައި ނޯވޭ. ނިއުސް ހެޑްގެ އަމުރަށް މަޖިލިސް ދެއްކުން ހުއްޓާލީ." މައުލޫމާތު އެނގޭ މުވައްޒަފަކު ބުންޏެވެ.

ޕީއެސްއެމްގެ ނިއުސް ހެޑް މި ނިންމުން ނިންމިއިރު ޕީއެސްއެމްގެ އެމްޑީ ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި މެންބަރުން އިސްވެ ތިއްބަވައިގެން އުފައްދަވަން ހުށަހެޅުއްވި ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން މިއަދު ވަނީ ދީފަ އެވެ. އެއާއިއެކު އެ ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 މެމްބަރުންގެ ފޯމު ހަމަކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

ނަޝީދު "ފިކުރެއްގެ ދިރުން" ހަރަކާތުން މިއަދު އުފެދިގެން ދިޔަ ޑިމޮކްރެޓްސްއިން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ވަނީ އިއުލާނުކޮށްފަ އެވެ. ނަޝީދަށް ތާއީދު ކުރާ މަޖިލީހުގެ 12 މެމްބަރަކުން ވަނީ އެމްޑީޕީއިން ވަނީ އާ ޕާޓީއާއި ގުޅިފަ އެވެ. އަދި ނަޝީދަށް ތާއީދުކުރާ އެހެން ފަރާތްތަކުން ވެސް ދަނީ އެމްޑީޕީއިން ވަކިވަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދެބޯގެރި

    އެއްޖިންސުން ގުޅުންހިންގުމަށް މަގުފަހިކޮށްދޭ ލާދީނީ ހަރަކާތް އާންމުކުރާ އިސްލާޟްދީނުގެ ޢަދުއްވު ޕާޓީ

    5
    5
  2. Anonymous

    ބަކަރި ކޮށްޓެއް ދެއްކިޔަސް މާރަގަޅުވާނެ، ތިޔަތަނެއް ނުދެއްކުން ރަގަޅީވެސް ޓީވީއެމް ޕީއެސްއެމް ފަދަ ޕަބްލިކްޗެނަލްތަކުން، އެތާގައި ދެކެވެނީ ވަކަރޮގޭ ދަރިން އޮޑިހަރުގޭގައި ދައްކާޒާތުގެ ވާހަކަ އެއީ ސިޓިންރޫމުގައި ހުރެގެން ބަލަން ހެޔުވާވަރުގެ ވާހަކަތަކެއްނޫން !

    1
    1
  3. ހުސޭނުބޭ

    މީޑިއާ ތިއޮތީ މިނިވަންވެފައި. ނަންވާނީ މައުމޫނު! ދެން ސޯލިބެއަށް ތަޢުރީފްކޮށް މީހުން ލައްވާ މަދަޙަ ކިއުއްވާފައި ދައްކަންވީނު!