މި ހަފްތާ ބަންދުގައި ރަައީސް އިބްރާހިމް މުހައްމަދު ސޯލިހް ފ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްވަމުން މިއުވާން ވިދާޅުވީ، ކުރިއަށް މިއޮތް ހަފްތާ ބަންދުގައި ރައީސް ސޯލިހް ފ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގަންނަވާނެ ކަމަށެވެ.

އެގޮތުން ފ. ނިލަންދޫ، މަގޫދޫ، ދަރަބޫދޫ، ބިލެތްދޫ އަދި ފީއައްޔަށް ރައީސް ވަޑައިގަންނަވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

"ރަށްތަކަށް ވަޑައިގެން އެރަށްރަށުގައި ސަރުކާރުން ކުރިއަށްގެންދިޔަ ބައެެއް މަޝްރޫއުތައް ނިންމާ، ހިދުމަތްތައް އިފްތިތާހް ކުރުން އޮންނާނެ". މިއުވާން ވިދާޅުވިއެވެ.

އަދި ކޮންމެ ރަށެއްގެ ކައުންސިލުގެ އިތުރުން، އަަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއާ ބައްދަލު ކުރުން އޮންނާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

"މި ބައްދަލުކުރެއްވުންތަކުގައި ރަށްރަށުގެ ހާލަތު ސީދާ ކައުންސިލްތައް މެދުވެރިކޮށް ރައީސް އަށް ހުށަހެޅުމަށް ފުރުސަތު ލިބިގެން ދާނެ. އަދި މި ރަށްރަށުގެ ރައްޔިތުންނާއިވެސް ރައީސް ބައްދަލު ކުރައްްވާނެ.". މިއުވާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޕުޓިން

    އެއްވެސް ތާކަށް ދުވާނެ ކަމެއްނެތެވެ. ގޭގައި ދެން މަޑުކޮށްލާށެވެ.

    15
    1
  2. ނޮޅިވަރަމް ދައިތަ

    ވޯޓު ކައިރިވެއްޖެކަން ޔަގީން، އަރާނެ ހުރިހާ ރަށަކައްވެސް އަރާނެ، ކުރީފަހަރުވެސް އެރި ފަހުން ނުފެނޭ،އަނެއްކާ ވެސްއަންނަނީ، މަރުހަބާ.
    ޝުކުރިއްޔާ

  3. ޑައެލޯގް

    މިއޮތް ހުރިހައި ދުވަހަކު ދުނިޔެވަށާ ބުރުޖެހީ އިންޑިޔާއަށް ގައުމު ހިންގަން ހަވާލުކޮށްފައެވެ. ދެންމިހާރު އިންތިހާބަށް ކެންޕެއިންކުރުމަށް ދައުލަތުގެ ފައިސާއިން ތިޔައުދުހެނީއެވެ. ވޯޓެއްނުދޭނަމެވެ.

    6
    1
  4. ޙަފޯ

    ދޯ، ދެން ދައުލަތުގެ ހަރަދުތަށް ކުޑަވާނެގޮތް ބަލައިގެން ބާކީބައި ބާކީބައި ހޭދަކޮއްލަން މާލޭގައި ހުރީމަ އެވީ. ޢިންޑިޔާގެ ތާއީދު ނޫން ތާއީދެއްނެތް. ދެން މިހެންބުނީމަ މިފަހަރުވެސް އިންތިހާބް ވަގަށް ނަގާނީކީނޫން.