ކޮންމެ އަހަރަކުވެސް ބައިނަލްއަގުވާމީގޮތުން ފާހަގަކުރާ ރޯޑް ސޭފްޓީ ވީކް ފާހަގަކުރުމުގެ ގޮތުން ހުޅުމާލެ ހޮސްޕޮޓަލާއި އަރބަންކޯއިން ގުޅިގެން ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.

"ރޯޑް ސޭފްޓީ ވޯކް" ގެ ނަމުގައި މި މަހުގެ 26 ވާ ހުކުރު ދުވަހުގެ ހަވީރު ބާއްވާ މި ހިނގާލުމަކީ ހުޅުމާލެ ހޮސްޕިޓަލް، އަރބަންކޯ، ފުލުހުން އެޗްޕީއޭ އަދި ބައެއް އެހެން އެސްއޯއީތަކުން ވެސް ބައިވެރިވެގެން ބާއްވާ ހަރަކާތެކެވެ.

މި ހަރަކާތް ފެށިގެން ކުރިއަށްދާނީ މިއަދު ހަވީރު 16:15 ގައި ސިންތެޓިކް ޓްރެކް ސަރަހައްދުން ފެށިގެން ހަވީރު 18:00 ގެ ނިޔަލަށެވެ.

މި އަހަރުގެ ރޯޑް ސޭފްޓީ ސްލޯގަންއަކީ "ރީތިންކް މޮބިލިޓީ" އެވެ. މި ސްލޯގަންއަކީ ހިނގާބިނގާވެ އުޅުމާއި ސައިކަލް ދުއްވުމާއި ޕަބްލިކް ޓްރާންސްޕޯޓަކީ ރައްކާތެރި އަދި ފަސޭހަ ކަމަކަށް ހެދުން ޕްރޮމޯޓްކުރުމަށް ހަދާފައިވާ ސްލޯގަންއެކެވެ.

ރޯޑް ސޭފްޓީ ފާހަގަކުރުމަށް އަރބަންކޯއާ ގުޅިގެން ހަރަކާތެއް ހިންގަމުން އަންނައިރު، މި ކުންފުނީގެ ފަރާތުން އަންނަނީ މިހާރުވެސް ހުޅުމާލޭގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހުޅުމާލޭގެ ޕްލޭންގައި ވެސް މަގުތައް ތަރައްގީކޮށްފައިވާނީ ޖާގައިގެ ގޮތުން ތަނަވަސް, ހިނގާބިނގާވެ އުޅޭ މީހުންނަށް އަދި ދުއްވާ އެއްޗިއްސައްވެސް ފަސޭހަވާނެ ގޮތަށެވެ. މީގެ އިތުރަށް މަގުތަކުގައި ބަސް، ބައިސްކަލު، އަދި ސައިކަލަށް ލޭންތައް ވަކިކޮށް، ހިނގާ މީހުންނަށް ޕޭމަންޓުތައް ފަސޭހައިން ބޭނުންކުރެވޭނެ މަގުވެސް މި ކުންފުނިން ހަދާފައިވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު