ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފައްދަވާ ޕާޓީ ކަމަށްވާ ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރާ މީހުން ސަރުކާރުގެ ސިޔާސީ މަގާމުތަކުން ވަކިކުރަން ނިންމައިފި ކަމުގެ މައުލޫމާތު "ވަގުތު" އަށް ލިބިއްޖެއެވެ.
އިތުބާރު ކުރެވޭ ސަރުކާރުގެ އޮފިޝަލަކު "ވަގުތު" އަށް ކަށަވަރު ކޮށްދިން ގޮތުގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބެ ޑިމޮކްރެޓްސް އަށް ސޮއި ކުރާ މީހުން ކުރިއަށް އޮތް ހަފްތާއެއްހައި ދުވަހުގެ ތެރޭގައި ސަރުކާރުގެ މަގާމުތަކުން ވަކިކުރާނެއެވެ.
ޑިމޮކްރެޓްސް އަށް ސޮއި ކޮށްފައިވާ މީހުންގެ ތެރޭގައި ޑެޕިއުޓީ މިނިސްޓަރުންނާއި ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުންނާއި، އެގްޒެކެޓިވް ޑިރެކްޓަރުން ވެސް ހިމެނެއެވެ. އޭގެ އިތުރުން އެމްޑީޕީގެ ޓިކެޓްގައި ކައުންސިލް އިންތިހާބު ކާމިޔާބު ކުރި ފަރާތްތަކުން ވެސް އަންނަނީ ޑިމޮކްރެޓްސް އަށް ސޮއި ކުރަމުންނެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޑިމޮކްރެޓްސް އަށް ސޮއި ކުރަމުންދާ ފަރާތްތަކަށް އެމްޑީޕީން ވެސް ފިޔަވަޅު އަޅަން ވަނީ މަޝްވަރާ ކޮށްފައެވެ.
"ސަރުކާރަށް އަދި އެމްޑީޕީއަށް ވެސް ވަރަށް މުހިއްމު ދުވަސްތަކެއް ކުރިއަށް މިއޮތީ. މި ދުވަސްވަރު އަޅުގަނޑުމެންނަށް ގަސްދުގައި ގެއްލުން ދިނުމަށް އެފަދަ ކަންތައްތަކެއް ކުރަމުން ދިއުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން. އަދި ލުއިކޮށް ނަގާނެ ކަމެއް ވެސް ނޫން." މައުލޫމަތު ދިން އޮފިޝަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ ސިޔާސީ މަގާމެއްގައި ހުންވަައިގެން އެމަނިކުފާނުގެ ސިޔާސަތުތަކާއި ދިމާ އިދިކޮޅަށް މަސައްކަތް ކުރާ ސިޔާސީ ޕާޓީއެއްގެ ސިޔާސީ މަސައްކަތްތައް ކުރާނަމަ އެންމެ ރަނގަޅު ގޮތަކަށް ވާނީ ވެސް އަމިއްލައަށް މަގާމުން އިސްތިއުފާ ދިނުން ކަމަށެވެ. "އެންމެ ރަނގަޅު އަދި އެންމެ ރީތި ގޮތަކީ ވެސް އަމިއްލައަށް އިސްތިއުފާ ދިނުން." އޭނާ ވިދާޅުވިއެވެ.
ޑިމޮކްރެޓްސް އަށް 3000 މެންބަރުން ހަމަ ކުރުމުގެ މަސައްކަތް ފެށީ މިދިޔަ ހަފްތާގައެވެ. އެޕާޓީން ބުނެފައިވާ ގޮތުގައި އެއަދަދަށް މެންބަރުންގެ ސޮއި ހަމަކޮށް މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެއެވެ.
ދީން މުގުރާ މީހުން
އެއްމެ ލަސްވެގެން އޯގަސްޓަށް ބަލާ. މިހާރު މަގާމުގެ ބޭނުމުގަ ތިބިމީހުން ދޫކޮށްލާފަ ނަޝީދު ފަހަތުން ދާނެ. މިހާރު ރައީސު ފަހަތުގަ އެތިބީ މަގާމުގެ ބޭނުމުގަ
މީހާރުން މިހާރަށް ވަޤުތުން ވަޤުތަށް އަންނި ވެސް ވަކިކުރަންވީ
ކުރިންވެސް އިގޭ ސިޔާސީ މީހުން ވަކިކުރާނެކަން! ސިޔާސީ މީހުންނޫނަސް ސަރުކާރުގައި އުޅޭ ކޮންމެ މީހަކުވެސް ވަކިކުރާނެ! ދަ ޑިމޮކްރެޓިކްގެ 3000 މީހުންގެ ލިސްޓް އިލެކްޝަންގެ ތެރެއިން އެމްޑީޕީއަށް ލިބޭނެ ކަންވެސް އޮތީ ކަށަވަރުވެފަ! ފުލެޓާ ގޮއްޗައް ކުރިމަތިލައިފައިވާ ޑިމޮކްރެޓްގެ މީހުންނަށް އެވެސް ނުލިބޭނެ ކަމަށް ވަނީ! ކިތަންމެ ވަރަކަށް އޮބި އެޅިޔަސް އެމްޑީޕީ އިބޫ އަށް ކުރެވޭނެ ކަމެއް ނޯންނާނެ!
ވަގްތުން ވަގްތަށް ސިޔާސީ ވަޒީފާތަކުން ޑިމޮކްރަޓްސް ވަކިކުރަންޖެހޭ، ވަރަށް ސިންޕަލް. ޔޫކާންޓް އީޓް ދަ ކޭކް އެންޑް ހޭވް ދަ ކޭކް. ސަރުކާރުގެ ސިޔާސީ މަގާމުތަކުގައިތިބެ، ލޯޔަލް ނުވެވެންޏާ ރީތިގޮތަކީ އިސްތިއުފާދިނުން. އެއީ ޑިމޮކްރަޓިކް ގޮތް. އަމިއްލަ ޕާޓީއަށް "ޑިމޮކްރަޓްސް" އޭ ކިޔައިގެން އުޅޭބައެއްގެ ކިބައިން މިފަދަ ލަޔާގަތެއް ފެންނަންޖެހޭނެ. އެކަމަކު "ޑިމޮކްރަޓްސް"ގެ ރޫހާނީ ލީޑަރުވެސް އަދިވެސް އެމްޑީޕީގަ ދޯ. ކަޑައެއްނު!
އިއްޔެވެސް ފ އަތޮޅުގައި ދެއްކި ވާހަކަތަކުގައި އެންމެ ގިނައިން ދެކެނުވީ ތަފާތު ފިކުރުތަކާއެކު ހިންނަވަރު އިބުރާހީމް އުޅޭލެއް މޮޅުކަމުގެ ވާހަކަ. ތީދޯ އެބުނާ ތަފާތު ފިކުރުތަކާއެކު އުޅުމަކީ.
ސަރުކާރު ކޯލިޝަންގައި ނުހިމެނޭ ޕާޓީއަކަށް ސަރުކާރުގެ ސިޔާސީ މަޤާމެއް ލިބިގެން ނުވާނެ. ދަ ޑިމޮކްރެޓްސް އަކީ ސަރުކާރު ކޯލިޝަންގެ ޕާޓީއެއް ނޫން.
ކަންކަން އަންޑަސްޓޭންޑް ނުވާ ކުރަފި ސިކުނޑީގެ މީހުން ދައްކާކަހަލަ ވާހަކަ ނުދައްކަބަލަ މިއީ ....ތަފާތު ފިކުރުތަކާއި އެކު ނޫޅޭވުމެއް ނޫން އެމް.ޑީ.ޕީގައި ހުރެގެން އެހެން ޕާރޓީއަކަށް ތާއިދު ކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫން އަދި މިއީ އެހެން ސިޔާސީ ޕާރޓީއަކުންވެސް ފުރުސަތު ދޭނެކަމެއް ނޫން....
ތި ޕާޓީއަށް ސޮއިކުރާމީހުންގެ ބޯހަމަޖެހޭތަ ، ޕާޓީ އަސްލުކަމށް ބުނާނަޝީދު ހުރީ އަދިވެސް މަޤާމުގެ ދަހިވެތިކަމުގައިއެމްޑީޕީގައި ، ކިހާވަރަެއްވީމަތަ ނަޝީދުދަސްވަނީ
ސަރުކާރުގެ މިނިސްޓަރަކަށްހުރެ ނަހްލާ ކެމްޕޭންކުރާއިރު ވަކިކުރާޖަށް ނުކެރޭދޯ
މައުމޫން އިރުގައި އެކަން ކުރީ މަ އެމްޑީޕީ އަށް ވަރަށް ނާތަހުޒީބު ކަމަކަށް ވީ
މިއަދު އެހަމަ ކުރީ އެމްޑީޕީ އާ ދެން މިހަރު އެއީ ލޯޔަލް ކަމެކޭ ، ލޯޔަލް ނުވަންޔާ ވަކި ކުރާނަމަމޭ، މުނާފިގުން ކުރިން ވެސް އިގޭ އަދި މިހާރު މާފަސެހައިން އެގޭ
ލާދީނީ ބައިގަނޑު. ސިޔާސީ މަގާމުންނާއި ޤައުމުން ބޭރު ކުރަންވީ. އީވާ އަކީ ޤައުމަށް ހުރި ފަކުރެއް.
މިހާރުން މިހާރަށް ތި އެންމެންނާ އަންނި ވެސް ވަކިކުރަންޖެހޭ. ބިރުގަންނާނެ ކަމެއް ނެތް. އެއްބުރުން އެމްޑީޕީއަށް އާދެވޭނެ.
ތި ގައްދޫ އަހުމަދު ޒާހިރަކީ ކިހާ ފެންވަރެއްގެ މީހެއް ކަން އަހަރުމެންނަށް އެނގޭ! އެއް ކަމެއްވެސް ކުރެވޭ މީހެއް ނޫން! ހުސް ވައި އަނގަ ތަޅަން އެނގެނީ!
މިހާރު ޞާލިޙާއެކު ތިބި ، މަޖުލިސްގެ 15 މެންބަރަކު ދާދި އަވަހަށް "ދަ ޑިމޮކްރެޓްސް" އަށް ބަދަލުވާނެ! އެހާހިސާބުން ޞާލިޙަށް މަޖްލިސްގެ މެޖޯރިޓީ ގެއްލި 2023 ގައި ކުރިން އަންދާޒާކުރި 3 ވަނަވެސް ގެއްލޭނެ!
ދީނޭކިޔައިގެން އުޅެނީ މުނާފިގުން.
އިރުއިރުކޮޅާބުނާނެ ހުރިހާފިކުރަކާއެލުވެސް އުޅެވޭނެޔޭ ނަމަވެސް ބަހާއަމަލާ ދިމާނުވޭ
ހުސް ޑްރާމާ
ފޮނުވާ ކޮމެންޓްތަށް އަރުވާފަ އިރުކޮޅަކުން ތިނަގަނީ ކިހާވަރެއް ދިނީމަތަ. ނޫނީ ވަގުތުގެ ކޮމެންޓް ބައިގެ ކޮންޓްރޯލް ވަގުތަށް ނެތީބާ؟