ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރުމާއި ގުޅިގެން ސަރުކާރުގެ ސިޔާސީ މަގާމުން މިއަދު ވަކިކުރި މީހުންނަކީ އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒުކުރަން އިނގޭނެ ގާބިލް މީހުން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު މިހާތަނަށް އެންވާރްމަންޓް މިނިސްޓްރީގެ ނައިބު މުހައްމަދު އަންޞާރު އާއި އެމިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް މުހައްމަދު ހަމްދާން ވަނީ ވަޒީފާ އިން ވަކިކޮށްފައިވެއެވެ. އަދި ހޯމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރ އާޝިޔަތު އަލައިކާ އަދުނާން ވެސް މިއަދު ވަނީ ވަޒީފާ އިން ވެސް ވަކިކޮށްފައިވެއެވެ.

އަލައިކާ އާއި ހަމްދާނަކީ ދެމަފިރިންނެވެ. އެތިން ބޭފުޅުން ވެސް ވަނީ މިދިޔަ ހަފްތާގައި ޑިމޮކްރެޓްސް އަށް ސޮއި ކުރައްވާފައެވެ.

ތިން ބޭފުޅުން ވެސް މަގާމުން ވަކިކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެބޭފުޅުން މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.

އެކަމާއި ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ސަރުކާރުން ވަކިކުރި އަންސާރު، ހަމްދާން އަދި އަލައިކާ އަކީ އެމްޑީޕީގެ މި ސަރުކާރު ފަސް އަހަރު ދުވަހަށް ގެނައުމަށް އިންތިހާއަށް ބުރަ މަސައްކަތް ކުރި ޒުވާނުން ކަމަށެވެ.

"އެމްޑީޕީގެ މެނިފެސްޓޯއެއް ތަންފީޒު ކުރަން އިނގޭނެ ގާބިލް މީހުން އެއީ. އެމީހުން ވަކި ކުރުމަކީ ދިވެހިންނަށް ދެވޭ ގެއްލުމެއް." ނަޝީދު ވިދާޅުވި އެވެ.

ޑިމޮކްރެޓްސް އަށް 3000 މެންބަރުން ހަމަ ކުރުމުގެ މަސައްކަތް ފެށީ މިދިޔަ ހަފްތާގައެވެ. އެޕާޓީން ބުނެފައިވާ ގޮތުގައި އެއަދަދަށް މެންބަރުންގެ ސޮއި ހަމަކޮށް މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ާމުހައްމަދު

    ގައުމުހަލަބޮލިކޮށްލަން ތައްޔާރުވަނީ އެކަމަށް ލާމަސީލު މިސާލެއް

    22
    1
  2. މުލޭ

    މަނިކުފާނު ތިގޮވަނީ މެނިފެސްޓޯ ތަންފީޒެއް ނުކުރެޔޯ ކިޔައިގެން. ދެން ކީއްކުރަން އެމީހުން ސަރުކާރުގައި ބައިތިއްބަންވީ. އެއީ ރެޓްސް ބައިގަނޑުގެ މީހުންނަށްވީމަ ސަރުކާރުގައި ތިބޭކަށްވެސް ނުޖެހޭނެ އެބައިމީހުން. ރެޓްސް ޕާޓީއަކީ ސަރުކާރުގައި ހިމެނޭ ޕާޓީއެއްނޫން.

  3. މުނިޔާ

    ލަނޑުލިބޭ އެންމެނަށްވެސް ލަނޑު ލިބެނީ ކާކާހެދިކަން އެނގޭ ރައްޔިތުންނަށް، އަދިވެސް ހޭއަރަކަށް ނުވޭބާ!

  4. ހައްދުންމަތި

    "އެމްޑީޕީގެ މެނިފެސްޓޯއެއް ތަންފީޒު ނުކުރަން ވެގެން ދޯ ކަލޭގެ ކުޅި ޕާރޓީގައި ބައިވެރިވީ..

    ދެން ކޮން ލަލަލާއެއް ތޯ ތިކިޔަނީ؟

    އަނެއް ކަމަކީ "ދިވެހިންނަށް ދެވޭ ގެއްލުމެއް" ވިއްޔާ އޭގެ އެންމެ އިސްސަފުގައި ހުންނަނީ ކެރެރީގޭ މީހެއް..

    ކުޅި ތަޢާރަފުކުރީ އޭގެ މީހެއް
    ވެރިކަން ނުލިބިގެން ދެއިރު ދެދަޅަޔަށް ނިޒާމް ބަދަލުކުރަން ކުސްތަޅާ ގައުމު ހަލަ ބޮލި ކުރަނީ އޭގެ މީހެއް..
    ދިވެހީން ވެރިންނަށް ކުރި ގަދަރާއި އިއްޒަތް ފުނޑާލީ އޭގެ މީހެއް..
    ދީނަށް ހަޖޫޖެހީ.. ރަސޫލާއަސް ޖޯކު ޖެހޭ

    މިހެންގޮސް ކޮޅުން ނުލާވަރުގެ ބޮޑެތި ގެއްލުން ދީފައިވަނީ!

  5. ހެ

    ދެންއަވަހަށް ނައްޓާލާ ޓޫރިޒަމް ބޮއިކޮޓްކޮށް ރައްޖެއަށް ގެއްލުންދޭން ބޭރަށް

  6. ޢަދުނާން

    މިކަލޭގެ ބޭނުންގޮތަކަށް ކަންކަން ނުވާކޮންމެ ދަނޑިވަޅެއްގައި މިގޮތަށް ފޮނުއަރުވާ އުޅޭނެ މީނައަކަށް ފިޔަވަޅެއް ނޭޅޭނެދޯ ރައީސްކަން ގެއްލިދާނެތީ އެމް.ޑީ.ޕީ އިން ވަކިނުވެ ހާމާނުހެދިގެން އެހެރީ އެހެންމީހުން ބޮލަށް އެރިގެން އެމީހުން ގުރުބާން ކުރަމުން އެދަނީ މިފަދަ ކޮންމެ ގަނޑިވަޅެއްގައި އެހެނަ މީހުން ގައްބާލާފަ މީނަފަތާފަ ހިކިފަސްތަނަށް އަރާނެ

  7. Anonymous

    ކަލޭއަށް މެނިފެސްޓޯގައި އޮތް އެއްޗެއް ނޭނގިގެންތަ ތިހުރިހާ ފިތުނައެއް އުފަންކުރީ.

    ހަމައެކަނި ނިޒާމީ ވޯޓެއްނޫނޭ އޮތީއޭ ބުނަން ލަދުނުގަންނަކަން

  8. ސަންފަ

    ތިޔަހެން ވާން ޖެހޭނެ ސާލިހުގެ ފަޅި ދޫކުރާ ނަމަ އެކަމަކު އަންނި އާ އޭނާގެ ބައެއް އައުވާނުން އެ އުޅެނީ އީވާ ވަކިކުރާތީ ބުރާންތި އަރައިގެން.

  9. Anonymous

    މީގަ އެންމެ ފިނޑީ އަންނި. މަޖިލިސް ރައީސްކަމުން ބޭރުކޮށްފާނެތީ އަދި ޕާޓީއަށް މީހުން ހަމަނުވެދާނެތީ އެމްޑީޕީންނުކެނޑެން ފިލާއޮވެ އެހެންމީހުންލައްވާ ހުރިހާ މަސައްކަތެއްކުރުވަނީ. އެކޮޅު ވަރުޖެހިލާހެން ހީވީމަދާނެ. ހަޤީޤީލީޑަރުންނަކީ އެންމެފުރަތަމަ އެންމެކުރީގަ ތިބޭމީހުން!

  10. ކަނޑުވިއްކާ އިބްރާހީމ

    މި ދައްކަނީ ކޮން ވާހަކައެއް

  11. ހުސެންދީ

    މެނިފެސްޓޯ ތަމްސީލް ނުކުރެވޭނެދޯ އިދިކޮޅު ޕާރޓީގަ ތިބެގެންނެއް