ވަޒީރުންނާ ކުރާ ސުވާލުތަކަށް ޖަވާބުލަސްވުމުގެ މައްސަލަ ހައްލުވާނީ ބަރުލަމާނީ ނިޒާމަކަަށް ބަަދަލުކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ،

ރައީސް ނަޝީދު އެގޮތަށް ވިދާޅުވީ ވަޒީރުންނާ ކުރާ ސުވާލަތަކަށް ލަހުން ޖަވާބު ލިބަކަށް ވިދާޅުވެ އެކަމުގެ ޝަކުވާ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވުމުން ނެވެ.

ރިޔާޒް ވިދާޅުވީ މިނިސްޓަރުންނާ ސުވާލުކުރަން ހުށަހެޅުމުން 14 ދުވަސް ތެރޭގައި ޖަވާބު ދޭން އޮންނައިރުވެސް ޖަވާބު ލިބެނި ތިން މަސް ފަހުން ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރުވެސް ގިނަ ސުވާލުތަކަށް ޖަވާބު ދިނުން ލަސްވެގެން ސުވާލުކުރުމުން މިނިސްޓަރަށް ވަގުތު ނުވެގެން ޖަވާބު ނޭރުވިގެން އުޅެނީކަަމަށް މަޖިލީހުން އަންގާފައިވާ ކަމަށެވެ. އޭގެ ތެރެއިން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ ނަން ވަކިން ވެސް ރިޔާޒް ފާހަގަ ކުރެއްވި އެވެ.

އެހެންކަމުން މިއީ ކަން ހިންގަން ޖެހޭނެ ގޮތް ނޫން ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒްފެ ވާހަކަތަކާ ގުޅިގެން ރައިސް ނަޝީދު ރިޔާސަތުގައި އިންނަވައިގެން ވިދާޅުވީ ސުވާލުތަށް ޖަވާބު ދިނުން ލަސްވެގެން އުޅެނީ ހަމައެކަނި މިނިސްޓަރުގެ ސަބަބުން ނޫން ކަމަށެވެ.

އަދި އޭގެ ހައްލަކީ ބަރުލަމާނީ ނިޒާމެއް ގެނައުން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"މި މަޖިލީހުގެ ގަޑިއާއި މަޖިލީހުގެ ނިޒާމް ޕާލިމަންޓަރީ ނިޒާމަކަށް ނޭނބުރި، މި އުނދަގުލުގައި ތިއްބަވާހާ ދުވަހު ހަގީގަތުގައި މިކަން މި ގޮތަށް ހިނގަމުންދާނީ،" ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން އަބަދުވެސް ވަކާލާތު ކުރައްވާ ނަޝީދު ވިދާޅުވި އެވެ.

"ދެން އަޅުގަނޑު އަމީން އާންމު އަރިހުން މި އެހީ އަޅުގަނޑުމެންނަށް އެއް ދުވަހަކު ދިހަވަރަކަށް ވަޒީރަކާ ސުވާލުކުރުމަށް ފަހަރަކު ވަޒީރަކާ ފަހަރަކު ވަޒީރަކާ ސުވާލުކުރީމާވެސް ބެކްލޮގް އަޅުގަނޑުމެންނަކަށް ސާފެއް ނުކުރެވޭ" ރައީސް ނަޝީދު އިތުރަށް ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ 14 ދުވަސްތެރޭ ޖަވާބު ނުލިބުމަކީ ގެއްލުން ހުރި ކަމެއް ކަަމަށާއި ނަމަވެސް މިހާރު އަމަލުކުރަމުން ދަނީ 1999 ވަނަ އަހަރުގެ ގާނޫނަކަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަބްދޫ

    މިގައުމަށް ބަރުލަމާނީ ނިޒާމް ބޭނުމެއްނުވޭ.ބަރުލަމާނީގަ ވަޒީރުންނަކީ ވެސް މަޖިލީހުގެ މެމްބަރުން ޖަވާބު ދިނަސް ނުދިނަސް މަގާމްނުގެއްލޭނެ. ގޯސްވާހަކަ ނުދައްކާ 1968 ގެކުރިން މިގައުމުގަ އޮތީ ބަރުލަމާނީ މިގައުމަށް ރިޔާސީ ނިޒާމްއައިފަހުން ގައުމު މިވަނީ ތަރައގީވާންފަށާފަ . ތަރައްގީ މަޑުޖެހުނީ 2008 ގަ އެމްޑީޕީގެ ވެރިކަމަށް ތިޔަ ނަސީދު އައުމާއި ގުޅިގެން ގައުމު ދަރަނީގެ ހާއްޔަކަށް ބަދަލުކުރީ ޓީބިލް ވިއްކައިގެން 26 ބިލިއަނަށް ދަރަނި އަރުވައިގެން ތިޔ ަނަސީދު . ބަރުލަމާނީ ގަ މުއްސަނދިވީ ރަސްކަލުންނާއި ބޮޑުވަޒީރުންނާއި ވަޒީރުން ރައްޔިތުން ތިބީ ފަންޖިފުޓިގަނޑު ތަކުގަ. ދެން މުއްސަނދިވީ ކެރަފާ ސައްތާރު އެއީ މައިޓްކުންފުނީގެ ފައިސާ ނަގައިގެން، މިހާރު ބަރުލަމާނީނުގެނެވިގެން ތިޔަތެޅެނީ ނަސީދުގެ އަންބޮޑި ބޮޑުވާވަރު ކުޑަވާތީ އުތަ؟ މިގައުމަށް ބަރުލަމާނީ ބޭނުމެއްނޫން.

    9
    1
  2. ހަސަނުގެ ދަރި ލަތީފް

    ޢަންނި ކަލެއަށް ބޮޑުކަމު ދެވޭނީވެސް ބަރުލަމާނީ ގެނެސްގެން ހެން ހީވާން ފަށައިފި

    4
    1
  3. ދާހިލީ

    ކަލޯ ހަނދާން ނައްތާލާ ބޮޑުވަޒީކަން ތިޔަހުންނެވީ ސީޔާސީ ގޮތުން ފައިން އެރިފަ .

    5
    1
    • ޚަމަނަ

      މިވަރުން ދަންޏާ ތިމާގެ ބޮޑުވަޒީރު ކަން އަމިއްލައަށް ވެސް އިއުލާން ކުރާނެހެން ހީވަނީ ހިތްހަމަ ޖައްސާލާ މިހާރު ތިމާ މީހާ މީ ކެނެރީގޭ ބޮޑު ވަޒީރޭ ހިތަށް އަރުވާފަ. ޔާﷲ މި ލާދީނީ ބައިގަނޑުގެ ކިބައިން މި ރާއްޖޭގެެ ވެރިކަން ސަލާމަތް ކުރައް ވައި މިގައުމުގައި އިސްލާމް ދީނަށް ލޯބިކުރާ ބައެއްގެ ވެރިކަަން ދާއިމަށް ދެމިއޮންނާނެ ގޮތް މިންވަރު ކުރައްވާށި
      ޢާމީން.

  4. ހީކޭ

    މިހާރު ކަލެއަށް ތިހިރީ ކަލޭގެ ބަރުލަމާނީއަށް ފައިން އެރި ފިތިފަ.. ދެން ކޮންމެސް އެހެން ލުއިލަމާނީ އެއް ހޯދަން އުޅޭ!!!

  5. ރަތް ެިތުން

    ތިކަމެއް އިރާދަ ކުރެއްވިޔާ ނުވާނެ

  6. ހޮއްކޮބެ

    ކޮންމެ ކަމެއްކުރިޔަސް ދެން މިގަވްމުގެ ވެރިކަމެއްނުލިބޭނެ

  7. ޙޮބޭ

    ވެރިކަމައިގެން ހޭބަލިވަނީ.