ސްޓޫޑެންޓް ލޯނަށް މިއަހަރު ކުރިމަތިލި ދަރިވަރުންގެ ތެރެއިން ޕައިލެޓްކަން ކިޔަވަން ލޯނަށް އެދުނު 479 މީހަކަށް ލޯނު ހަމަޖައްސައި ދީފިއެވެ.
ޕައިލެޓްކަން ކިޔެވުމަށް ބޭނުންވާ މީހުންނަށް އެ ފުރުސަތު ހޯދައި ދިނުމަށް ސަރުކާރުން އިއުލާނު ކުރީ 60 މީހުންނަށް އެ ފުރުސަތު ދިނުމަށެވެ. ނަމަވެސް މިއަދު އިއުލާނު ކުރި ލިސްޓުގައި ޖުމްލަ 479 މީހަކަށް ވަނީ ޕައިލެޓްކަން ކިޔަވަން ލޯނު ދީފައެވެ.
ލޯނު ދީފައިވާ 479 މީހުންގެ ތެރޭގައި މިހާރު ވެސް ޕައިލެޓްކަން ކިޔަވަމުން އަންނަ 49 ދަރިވަރުން ހިމެނޭއިރު، އަލަށް ޕައިލެޓްކަން ކިޔަވަން ލޯނު ދީފައިވަނީ 430 މީހަކަށެވެ.
މިހާރު ކިޔަވަމުންދާ 49 ދަރިވަރުންނަށް މި ލޯނު ހަމަޖައްސައިދީފައިވާއިރު، އެލޯނަށް އެދި މިހާރު ކިޔަވާ ދަރިވަރުންގެ ތެރެއިން 85 ދަރިވަރަކު ވަނީ ކުރިމަތިލާފައެވެ. އަދި މުޅިން އަލަށް ކުރިމަތިލާފައިވަނީ 454 މީހެކެވެ.
ލޯނު ލިބުނު މީހުންގެ ލިސްޓު މިއަދު އާންމު ކުރިއިރު، އެންމެ ގިނަ މީހުންނަށް ލޯނު ދީފައިވަނީ ވެސް ޕައިލެޓްކަން ކިޔެވުމަށެވެ.
ސްޓޫޑެންޓް ލޯނަށް މިއަހަރު ކުރިމަތިލި ދަރިވަރުންގެ ތެރެއިން ލޯނުގެ ޝަރުތު ފުރިހަމަވި ހުރިހާ ދަރިވަރުންނަށް ލޯން ދޫކުރުމަށް ނިންމާފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއުލާނު ކުރައްވާފައިވަނީ ރޭގެ ވަގުތެއްގައެވެ.
ރައީސް ވިދާޅުވީީ، މި އަހަރު ދޭ 1025 ލޯނާއެކު މި ސަރުކާރުން ފެށި ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން މިހާތަނަަށް ދޫކުރި ސްޓޫޑެންޓް ލޯނުގެ އަދަދު 3211 އަށް އަރާ ކަމަށެވެ.
ދެން މިގައުމުގަ އުޅެނީ ހުސް ޕައިލެޓުން ތަ؟؟؟؟؟
479މީހަކު ޕައިލެޓްކަން ކިޔަވަން ފޮނުވިއިރު އެއްމެ މީހެއްވެސް ހެލިކޮޕްޓަރު ދުއްވަން ދަސްކުރަން ނުފޮނުވާދޯ....އިންޑިޔާމީހުން ދުއްވާ ވައްތަރުގެ ހެލިކޮޕްޓަރު ދުއްވަންއިގޭ އެހެންބައެއް ދުނިޔޭގަ ނުއުޅެނީތަ...
އިންދިޔާ މީހުން ގެންގުޅެނީ ކިރުފެލާ ހެލްކޮޕްޓަރެއް! ދެން މަ ކައިރީގައި ނާހާތި އެއީ ގެރިއެއްހޭ!
ލޯނަކީ ދަންތުރައެކޭ ލޯނެއްނުނަގާނަމޭބުނި އިބޫ މިއިންދުވަހަކު ނުނަގާވަރަށް ލޯނުނަގައި އަދި އެދަންތޫރައިގާ މުޅި ރައްޔިތުން ޖައްސައިފިއެވެ. ޔާމީނު ނެގިލޯނުން ރައްޔިތެއްގެ ބޮލަށްޖެހޭ ދަރަނި އޮތީ 80000 ގައެވެ. އަދި ދަރަނިއަދާކުރަން އެއާޕޯޓުގައި ޕްރައިވެޓްޖެޓް ޕާކުކުރެވޭ ގޮތްހަދާ 35 ރިސޯޓްހަދާ މަހާ ޖައްރާފު ތެޔޮބޯޓު އިންކަމް ވަންނަގޮތްހަދާ އެމްއެމްއޭގެ ރިޒާވަށް 900 މިލިއަންޑޮލަރު ޖަމާކުރިއެވެ. އަދި މާގިނަ ކަންކަންކޮށްފިއެވެ. އިބޫ ނެގިދަރަނި ބޮލަކަށް 280000 ދަރައިފިއެވެ. އެއާއެއްވަރަށް ކަމެއްނުވެއެވެ. ފައިސާވަންނަގޮތެއް ނެތެވެ. އެމްއެމްއޭގެ ހަޒާނާ ހުސްވިއެވެ.
މިހައި ބައިވަރު މީހުން ޕައިލެޓްކަން ދަސްކުރަން މި ފޮނުވަނީ ޕައިލެޓުންނަށް ވަޒީފާގެ ފުރުސަތު އޮތީ ކިހައި މިންވަރަކަށްތޯ ބަލައިލައިފައިބާ؟ ޚަބަރުތަކުން އިވޭ ގޮތުން ވިއްޔާ އައިލަންޑް އޭވިއޭޝަންގައި ޕައިލެޓުންނަށް އިތުރު ފުރުސަތު އެބައޮތެކޭ ހިޔެއްނުވޭ. ވިލާއެއަރ އާއި މަންތާއެއަރ ގައިވެސް ޕައިލެޓުންނަށް ވަޒީފާގެ ކަންތައްތައް ހުރީ ފަހިކޮށް ކަމަށް ބެލެވޭނެ އެއްވެސް ޚަބަރެއް ފެންނަމަކުން ނުދޭ.
އަދި ލޯނެއްނުދެއެއްނު. މީއަދު އިޢުލާން ކުރީ ވަގުތީ ލިސްޓް
މިކަން މިކުރަނީ ކޮން ގާނޫނީ އިހްތިޔާރަކުން
ޕީ.އެޗް.ޑީ ލޯންތައް ރިޖެކްޓްކޮށްލި ހުތުރު ގޮތަށް ވޯޓުން ސަރުކާރު ބޭރުކޮށްލާނަން.
479 ކުދިންނަށް ޕައިލެޓް ކަން ކިޔަވަން ލޯނު ދިންއިރު ކޮބައިހޭ ކުރިން އައްޑޫ ސިޓީގައި ޕައިލެޓްކަން ކިޔަވަމުން ދިޔަ ކުދިންނަށް ލިބުނު ލަނޑަށް ކޮއްދެވުނު ކަމަކީ ލޯނު މައްޗަށް ލޯނު އެޅުވިއަކަސް ނުކިޔެވޭނެ ކިޔެވޭނެ ފުރުސަތުތައް ހޯދާދިނީމައި ކިޔެވޭނީ