ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ޗީފް ވިޕް ތިނަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު ޢަބްދުލް މުޣުނީ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދަށް ހަމަލާދޭން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުވާން ފަށައިފިއެވެ.

ނަޝީދު މަޖިލީހުގެ ރިޔާސަތުން ފާބާވަޑައިގެން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްއާ ވާހަކަދެއްކެވުމަށް ވަޑައިގަތުމުން މުޣުނީ އަތް ދިއްކޮށް ނަޝީދާ ދިމާލަށް ވަޑައިގެން "ތިޔަހުރީ ހޭބަލިވެފައި"ކަމަށް ވިދާޅުވެއެވެ.

އަސްލަމް ވަނީ މުޣުނީ ނަޝީދާ ދުރުކުރައްވައި ކުރިއަށް ޖެހިވަޑައިގަތުމުން އަސްލަމާއެކު ނަޝީދު އެތަނުން ވަޑައިގަންނަވައެވެ. މުޣުނީއަށް ރައްދުދެއްވައި އެއްވެސް ވާހަކަފުޅެއް ނަޝީދު ނުދައްކަވައެވެ. މިލަންދޫ ދާއިރާ މެންބަރު އަލީ ރިޒާ މުޣުނީއާ ދިމާލަށް ވަޑައިގަންނަވާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.

2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކެމްޕޭން ކުރިއަށް ދަނިކޮށް މުޣުނީގެ ކުރީގެ އަނބިމީހާ ވަނީ ކައިވެނި ކޮށްގެން އުޅުނުއިރ މުޣުނީ އޭނާ އަށް އަނިޔާކުރިކަމަށް ބުނެފައެވެ. ގެވެށި އަނިޔާގެ ތުހުމަތު އަމާޒުވުމުން އެމްޑީޕީން އޭނާއަށް ކުރި ތާއީދު އެނބުރާ ގެންދިޔައެވެ.

ނަމަވެސް ހުވަދޫގެ އެކި ދާއިރާތަކަށް ވާދަކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓުންގެ ކެމްޕެއިން ފެއްޓެވުމަށް ތިނަދޫއަށް ނަޝީދު ކުރެއްވި ދަތުރުފުޅުގައި އަލުން މުޣުނީއަށް ތާއީދުކުރައްވައި އެމްޑީޕީގެ ފަރާތުން އޭނާއަށް ޕާޓީގެ ޓިކެޓު ދެއްވީ ރައީސް ނަޝީދެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. Anonymous

    މީ ހާދަ މީހުންގައިގަ ތަޅާ ހިއްވާމީހެކޭ، އަނބިމީހާ ގައިގަވެސް ތަޅަނީ، މަޖިލިސް މެންބަރުންވެސް ތަޅަނީ

    41
    1
  2. ދަތްދޮޅި އާދަނު

    ކާންދޭ އަތުގަ ދަތްއެޅޭއިރުވެސް މުޤުނީ އެހުރީ ހޭބަލިވެފަދެއްތޯ

    36
    7
  3. ދަރަނި ދަންތުރަ

    ރީނދޫ ގުރޫޕްގެ އަސްލު ސޫރަ ތިޔަ ފެންނަނީ ނަސީދު އެއްޗެކޭ ނުކިޔާނެތާ އެއީ ފުލުހުން ގައިގައި ތަޅަން ކުދިން ކޮޅެއް ހޯދައިގެން ފުލުހުން ގައިގައި ތަޅަން ބޭނުންވި މީހާވިއްޔަ ، އެމްޑީޕީގެ މައިގަނޑު އަސާސަކީ ވެސް ހަމަނުޖެހުން އުފައްދާ ތަޅާފޮޅުމާއި ފޭރުމާއި އިސްލާމް ދީނަށް ފުރައްސާރަކޮށް ﷲ ނަހީކުރެއްވި ހުރިހާކަމެއް ކުރުމަށް ހިއްވަރުދިނުން ވިއްޔާ

    39
    4
    • ޢަހު

      ދެން އެހެރަ ރަނނަމާރި މާރިޔާ ކީއްއެކުރީ ނަޝީދާ ބައިވެގެން މީ ދޭއްޗެއްތަ ؟އަޅަ މީ އެކައްޗެކޭ ބްރޯ

  4. ރަންނަ

    މިހާވަރަކަށް ބަޔަކު ބަލި ގަބޫލު ކުރާނީ. އަދި އިންތިހާބަށް ފޯމު ހުށަނާޅާ

    25
    2
  5. ޅޮސްބެ

    ެރައްޔިތުން ފައިސާ ސޯލިހު ވެރިކަމުގަ ނުހައްގުން ލިބޭތީ މުގުމީ ހޭބަލިވެފަ ތިހުރީ

    28
    4
  6. ދޯދި

    މީނަ މަޖިލިހަށް ހޮވުނީ ނަޝީދުގެ ފުރިހަމަ ތާއީދާ އެކު.ނަޝީދު ތާއީދު ނުކުރިނަމަ ނޮހޮވޭނެ.މަޖިލިހަށް މީނަ ހޮވަން ޖެހޭ އެއްވެސް ސަބަބެއްނެތް.އެންމެ ފަހުން އެމްޑީޕީ ރިޔާސީ ޕުރައިމަރީގަ ކެމްޕެއިންނަށް ދިން ރުފިޔާކޮޅު ހިފައިގެން އައިސް ގަތީ ކާރެއް. މިހެން ކިޔާ.މީ މަބުނާ ވާހަކައެއްނުން.ހަވަރު ތިނަދޫ މީހުން ދައްކާ ވާހަކަ.

    29
    1
  7. ކޫލީބެ

    ހުރިހާ އެންމެންވެސް ވަރަށް ވިސްނާތި! މި ނަޝީދު އެމްޑީޕީއާ ވަކިނުވެ އެ ހުންނަނީ ކީއްވެކަމާ މެދު! އަމިއްލަ ޕާޓިވެސް ހަދައިފި. އެކަމަކު އަދިވެސް އެމްޑީޕީގަ.. ވަރަށް މަކަރުވެރި ހިޔަޅު ރޭވުމެއް މިކަލޭގެ ރާވާފާނެކަމަށް ފެނޭ!! ހަކުޅީގެ އިތުރުން އެހެން ކުޅިއެއްވެސް މިހާރު އިތުރަށް ކުޅޭކަމަށް އެބަ ހީވޭ!!؟؟ މިކަލޭގެއާ އަދި އެންމެހައި މީސްތަކުންގެ ޙަގީގަތް އެންމެބޮޑަށް ދެނެވޮޑިންވާނީ ﷲ .

    4
    2
  8. ނިޔާ

    މި ފެންވަރުގެ މީހުން މަޖިލީހަށް ނެގީމާ ރައްޔިތުންނަށް ގެއްލުން ލިބޭ ކޮންމެ ކަމެއްވެސް ނިންމަން ޖެހިލުމެއްނުވާނެ

  9. އާދަނު

    ކިތަންމެ ފޮނެއް އެރުވިޔަސް ޞާލިޙް ދެން ނުހޮވޭނެ! އޭނަ ހޮވަންޖެހޭނީ ޖަލުން

    6
    2
  10. ޖުއްބާ

    ވަރައް އުފާވެރި ވީޑިޔޯއެއް. ވަރައް އުފާވެއްޖެ.

    1
    2
  11. މުގާބޭ

    މިވިޑިއޯ އިން ހަމަލާދޭން އުޅޭ މަންޒަރު ފެންނަނީ ކިހާ ހިސާބަކުންތޯ ސާފުކޮށްލަދީބަލަ.

    5
    2
  12. ޢަަހުރެން

    ނަސީދުވެސް ހޮވުނުތާކަށް ހޮވުނީ މި ހުރިހާ މެންބަރުންގެ ތާއީދާއެކު . ޢެކަމަކު ނަސީދު ނުޖެހޭދޯ އެއިން އެއްވެސް ކަމެއް ބަލާކަށް

    4
    4
  13. ޑރ ސާޖީ

    ނަސީދު ގާޔާގަ އަތްނުލާރި.ހަބަރުދާރު މުގުނީ.

    2
    1
  14. ޙުސެން

    ޚޮން މުގްނީއެއް ހަނދާން ކުރާތި ތިޔަކަމާނޫޅޭ އެހެން ކޮންމެވެސްކަމަކާ މުގުނީ އުޅޭ މިއީ 60 ގެ ޒަމާންތަކެއްނޫން…

    3
    1
  15. ދިވެހި މުސްކުޅިން

    ނަޝީދު ދެން މި ގައުމަށް ބޭނުމެއްނޫން އަވަހަށް މަޖިޅީހުން ވަކިކޮށްލަންވީ