ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ކަނޑުގެ ސަރަހައްދުން ފުށު އަރާ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލަ ބަލަމުންދަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ޖުގްނައުތަށް ފޮނުއްވި ސިޓީ ހޯދަން އިދިކޮޅުން ރައީސް އޮފީހަށް މިއަދު ހިނގައްޖެއެވެ.

މިއަދު މެންދުރު 11:30 ގައި އިދިކޮޅު ޕާލަމަންޓްރީ ގްރޫޕުން ރައީސް އޮފީހަށް ވަޑައިގެން ރައީސް ސޯލިހު މޮރީޝަސްއަށް ފޮނުއްވި ސިޓީ ހޯދަން އެދިފައި ވެއެވެ.

ރައީސް އޮފީހުން ނުކުމެ މީޑީޔާތަކާއި ބައްދަލުކޮށް އިދިކޮޅުން ބުނީ ރައީސް އޮފީހުން އެބޭފުޅުންނަށް ދިން ޖަވާބަކީ ސިޓީ ހިއްސާ ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީއާއި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ، މިމައްސަލާގައި އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރާތާ 8 މަސް ދުވަސް ވެއްޖެ ކަމަށެވެ. އަސި ރައީސް އޮފީހަށް ސިޓީ ހޯދަން ދިއުމުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ވިދާޅުވީ ސިޓީ ހިއްސާ ކުރެވޭނީ މަޖިލީހުގެ 241 ކޮމެޓީއާއިކަމަށް ވިދާޅުވި ކަމަށް އާޒިމް ވިދާޅުވިއެވެ.

މިމައްސަލާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، މިމައްސަލާގައި ސިޓީ ހޯދަން އެދުމުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ވިދާޅުވީ މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީ ފޮނުވާފައިވާކަމަށެވެ. ޝިޔާމް ވިދާޅުވީ ސިޓީ ހޯދަން ދިޔައީ ބޮޑު ދައުލަތެއްގައި ސިޓީގެ ކޮޕީއެއް އޮންނާނެ ކަމަށް ބަލައިގެން ކަމަށާއި، ސިޓީގެ ކޮޕީއެއް ނެތޭ ބުންޏަސް ޤަބޫލު ނުކުރެވޭނެ ކަމަށެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި ޕީޕީއެމާއި ޕީއެންސީއާ އެކު މިއަދު ރަސްމީ ބައްދަލުވުމަކަށް އެޕޮއިންޓްމަންޓަކަށް އެދިފައި ނުވެއެވެ.

މޮރިޝަސްއަށް ރައީސް ސިޓީއެއް ފޮނުވި މައްސަލާގައި އިދިކޮޅުން ދަނީ ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. ރާއްޖޭގެ ސަރަހައްދުން ބޮޑު ސަރަހައްދެއް ވިއްކާލާފައިވާ ކަމުގެ ތުހުމަތާ އެކު އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް މަޖިލީހަށް ހުށަހެޅި އެވެ. އެކަމަކު، އެ މައްސަލައިގެ ވޯޓާ ހަމައަށް ދިއުމުން، މަޖިލިސް ނިޒާމް ގެއްލުވާލައި ކުރިއަކަށް ނުގެންދިޔަ އެވެ.

އިދިކޮޅުން ރައީސް އޮފީހަށް މިއަދު ދިޔައީ، އެ މައްސަލައިގެ ވޯޓު ނެގުމާ މެދު ވަކި ގޮތެއް ނުނިމި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ނަމަސްތޭ

    ޔާމިނު ތަންތަނަށް ފޮނުވާފަ ހުރި ސިޓީތަށްވެސް ހޯދައްޗެ . . ވަރަށް ސާފު. . ރައީސުން ތަންތަނަށް ފޮނުވާހާ އެއްޗެއް ނުޖެހޭނެ ޕަބްލިކަށް ފެއްނާކަށް ، ، ، ގަމާރު ވިޔަސް ފުކެއް ބޮޑުވަރު ދޯ

    4
    14
    • ލުޓޭރުންގެ ސަރުކާރު

      ކަލެއަށް ޔާމީނާނުލާ ނުވެސްނިދޭ ނުވެސްކެވޭދޯ..ޔާމީނު ފޮނުވި ސިޓީއަކުން ކަލެއަށް ގެއްލުނުއެއްްޗެނެތް..އެކަމަކު އިބުރާހިމު ފޮނުވި ސިޓީގެ ސަބަބުން އަހަރެމެންގެ ގައުމުން ކަނޑުން ބައެއް ގެއްލިއްޖެ..މިނިވަންކަމަށް އަސަރުކޮއްފި..

  2. ދިވެހި މުސްކުޅިން

    ތިކަމަށް އޮންނަ އިޖުރާޢަތެއް އޮންނަ ކަން ނޭގިގެންތަ ތިއުޅެނީ ނޫނީ ސިޔާސީ މޮޔައިންނަށް ވީތޯ މިހާރު ނޫނީ ރައްޔިތުން އޮޅުވާލާ ތިމާމެން ކަމެއްކޮށްފީމާތާއޭ ބުނުވަންތޯ ބަލަ ރައްޔިތުން ތިޔަ އިދިކީލުމީހުންނަށް ދެން ގުބޯ ނުހެއްދޭނެ. އަޑި ނުބައި ރޭވުންތައް ރާވާލައިގެން އުޅޭ ޕީޕީއެމްގެ ގައްދާރުންނާއި އެމްޑީޕީގެ ގައްދާރުން ތިތިބީ ފެންނަން

    7
    10
  3. ަެއެކްސް

    ހޭބައްޔާ، ޔާމިނު ފޮނުވިސިޓީއަކުން ރާއްޖޭގެ ބައެށް ނުގެއްލޭނެ. ވިޔަސް ވާނީފައިދާ. އެސިޓީތަކުގެ ނަތީޖާ މުޅިރާއްޖޭން ފެންނަން އެހެރީ... .... ލޯހުޅުވައިގެން ބަލާބަލަ...

    11
    3
    • ސަފީރު

      "މިމައްސަލާގައި ސިޓީ ހޯދަން އެދުމުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ވިދާޅުވީ މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީ ފޮނުވާފައިވާކަމަށެވެ" ކޮޕީ އެއްގެ ހިސާބުވެސް ނެތް ސިޓީ ފޮނުވާނެތަ. ތިމީހުންހީކުރަނީ ގަމާރުންކަމަށްތަ ދެންތިބެ ކިތަންނެ ވަރަކަށް އޮޅުވާލަން އުޅުނަސް ހުރިހާކަމެއްވެސް ފަޅާއަރާނެ. މޮރީސަސްގެ ރައީސް ލައްވާ ކޮންމެ ކަހަލަ ސިޓީއެއް ފޮނުވިޔަސް ފައިސާއަސް ރާއްޖެ ވިއްކާލަން ލިޔުނު ސިޓީހޯދާ ދުވަސްކައިރި. ޮޮޮ

  4. Anonymous

    ޕީޕީއެމް އަންނިއާގުޅުނީމަ ކަޑަ!

  5. ލުޓޭރުންގެ ސަރުކާރު

    މަށަށް ފެންނަނީ މޮރިޝަސްއަށް ތިސިޓީ ހޯދަން އިދިކޮޅު ކޯލިޝަނުން ދާން...ގާނޫނުހަދާމަޖުލިސް މެމްބަރުންނަ ދެވިދާނެދޯ ރާއްޖޭގެ ގާނޫނީ ދުސްތޫރީ މައްސަލައެއްވީމަ..ނޫނީ އިޓޮލެސްގަ އެދެންވީ ގާނޫނުހަދާމަޖުލިސްގެ ފަރާތުން ރާއްޖޭން މޮރިޝަސްއަށް ފޮނުވިސިޓީ ހޯދުމަށް..

  6. ޑައެލޯގް

    ސިޓީއެއް ފޮނުވައިގެން ރާއްޖޭގެ ބައެއްގެއްލެންޏާ ރައީސްއޮފީހަށް ކީއްކުރަން ހަވަރަށްވެސް ދޭންވީއެވެ. ޔާމީނު ފޮނުވިސިޓީއެެއްް އެވަރުވެގެނެއް އެއިރުގެ އިދިކޮޅުގައި ތިބިމީހުނެއް ނޫޅެއެވެ. ވީމާ އެފަދަސިޓީއެއްނެތީއެވެ.

  7. Anonymous

    އެސިޓީ ފުޅު ހިފައިގެން އިހައްދުވަހު މޮރިޝިސް ބޮޑުވަޒީރު ރާއްޖެ އައިސް އުޅުނު ކޮބައިތޯ އެބޭފުޅާ މިހާރު !