ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ކަނޑުގެ ސަރަހައްދުން ފުށު އަރާ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލަ ބަލަމުންދަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ޖުގްނައުތަށް ފޮނުއްވި ސިޓީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީއާ ހިއްސާ ކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތުގެ ތެރޭގައި ހިމެނޭ ތަނެއް ކަމަށް ތާއިދުކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ރައީސްއަށް ފޮނުއްވި ސިޓީ ސިއްރުކޮށްގެން އުޅޭ މައްސަލަ ވަނީ ހޫނުވެފައެވެ.

މިހާރު ރައީސް އޮފީހުގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ، ރައީސް ސޯލިހު މޮރިޝަސްގެ ރައީސްއަށް ފޮނުއްވި ސިޓީފުޅު 241 ކޮމެޓިން އެދިއްޖެ ނަމަ އެ ސިޓީ ކޮމެޓީއާ ހިއްސާ ކުރައްވާނެ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީން އެދިއްޖެކަމުގައިވާނަމަ، ސިޓީފުޅު ރައީސް ފޮނުވާނެ، އެހެން ނަމަވެސް އާއްމު އުސޫލެއްގެ ގޮތުން ދުނިޔޭގެ ދެ ގައުމެއްގެ ވެރިންގެ ދެމެދުގައި ބަދަލު ކުރެވޭ ލިޔުންތަކަކީ ނުވަތަ ސިޓީފުޅު ތަަކަކަކީ އާއްމު ކުރާ އެއްޗެއް ނޫން ދުނިޔޭގެ އެއްވެސް ތަނެއްގައި.". މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ، އެ ސިޓީގެ ވާހަކަ މިހާރު ސިޔާސީ ބޭނުމެއްގައި ދައްކަމުންދާ މީހުން، އެއީ ވަރަށް އާއްމުކޮށް މީހުން ކުރާ ކަމެއް ކަމަށް ދައްކަން އުޅުނަސް، އެއީ ހަމަ ބުއްދިިން ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ.

"ދުނިޔޭގެ ދޭދޭ ލީޑަރުންގެ މެދުގައި ބަދަލު ކުރެވޭ ކޮރެސްޕޮންޑެންޓްއަކީ ސިއްރު ހިފެހެއްޓޭ އެއްޗެއް. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީން އެކަމަށް އެދިއްޖެ ކަމުގައިވާނަމަ ސިޓީ ހިއްސާ ކުރައްވާނެ.".

ޗާގޯސްގެ މައްސަލާގައި އިޓްލޮސް އިން ނިންމި ނިންމުގައި ސަރުކާރުން އަމަލު ކުރި ގޮތުން ސިޔާސީ ގިނަ ޕާޓީތަކުން ވަނީ ހިތްހަމަނުޖެހިފައެވެ. އިޓްލޮސް އިން ވަނީ ރާއްޖޭގެ ދެކުނު 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް ލިބޭގޮތަށް ނިންމާފައެވެ. މޮރިޝަސް އަށް ދޭން ނިންމީ 45،331 އަކަކިލޯ މީޓަރެވެ.

މިއީ ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލުން ކަމަށް ސަރުކާރާ ހިޔާލު ތަފާތުވާ މީހުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދީފުރަމް

    ލާދީނީ ބައިގަނޑަށް ހަމަ ނިދި ލިބޭތޯ ތިޔަ ސިޓީ އަވަހަށް ދީބަލަ!

    3
    3
  2. އެ ސިޓީ

    ސިޓީ މިހާރު އިންނާނީ ބޭނުންވާ ގޮތައް ބަދަލުވެފަ

    13
  3. މަކަރެ

    ސިޓީ ބަދަލު ކޮއްފަތަ ދޭންތިއުޅެނީ ލޮލް

    14
  4. އަހްމަދު

    އާނ! ދެން އޭތިި އެޑީޓް ކޮށްފައި ފޮނުވާލާ!!! މިކަލޭގެއަށް ވޯޓް ލާދުވަހު ޤައުމުދޫކޮށް ފިލާނެ!

    14
  5. މާލޭ މުހައްމަދު

    ޢެމް.ޑީ.ޕީ އަކުން ލާދީނީ ޓެގް ނުނެއްޓުވޭނެ. ޢެމްޑީއޭ ހަމީދު ބަހައްޓައިގެން ދީނަށް ފުރައްސާރަކުރާ ޕާޓީ ތީހަމަ

  6. މަންތިރި

    އެ ސިއްރު ސިޓީ ކެންޕޭނުގެ ސުލޯގަން އަކަށް ބަދަލުވަނީ ސިޓީ ހާމަކުރުމުގެކުރިން ރިއްފަތުގެ ބަހެއް ހޯދާލައްޗެ އޭނާގެ ފަރާތުން މަޖިލީހަން ތިކަމުގެ ކުރިސުވާލުގެ ޖަވާބު އަދިވަނީ ނުލިބިފަ