މައިބަދައިގެ އޮޕަރޭޝަނެއް ކޮށްފައިވާ މީހަކު ގެއަކަށް އެރުވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހަރަކާތްތެރިވާން ފަށައިފިއެވެ.
މިކަން ހާމަކޮށް އެމްއެންޑީއެފް އިން ވިދާޅުވީ، ބުރުޒުމަގުގައި ހުންނަ މ. ނާދިޔާގޭ އިރުމަތީ ބައިގެ ހަތަރުވަނަ ފަންގިފިލާއަށް ބަލި މީހަކު އެރުވުމަށް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުގެ ސިފައިން ޙަރަކާތްތެރިވަމުންދާ ކަމަށެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، ބަރުދަނުގައި 150 ކިލޯ ހުރި، އުމުރުން 32 އަހަރުގެ އެމީހާއަކީ މައިބަދައިގެ އޮޕަރޭޝަނެއްކޮށްގެން އައިޖީއެމްއެޗުން މިއަދު ޑިސްޗާޖުކުރި މީހެއްކަމަށެވެ. އަދި އޭނާ ގެއަށް އެރުވުމަށް ފަޔަރ އެންޑް ރެސްކިއުގެ ސިފައިން އެހީތެރިވަމުން ދަނީ އެކަމަށް އާއިލާއިން އެދިފައިވުމުން ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
އެމްއެންޑީއެފް އިން މީގެ ކުރިންވެސް ޢާންމުންނަށް ދިމާވާ މިފަދަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެއެވެ.
އައްނި އެއުޅެނީ މައިބަދައިގެ އޮޕަރޭޝަނެއްކޮއްގެން ދެގައުމުދޭތެރޭގަ ދަތުރުކޮށް ގޮނޑިރޭސްޖެހުމުގަ.. އަސްލު މައިބަދަ ގުޑުނީމަ އިގޭނެމިހެންކަންވާނީ..
ސޯ؟
ތަދުވާތީ ދެން ހާސްވާކަށް ނުޖެހޭ، އެކަމަށް ހައްލެއް ހޯދައިފި