ރައްޔިތުން މަޖިލީހުގެ ރައީސް, އެމްޑީޕީގެ ރައީސް މުހައްމަދު، މަޖިލީހުގެ ރައީސް ކަމުން ވަކި ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ތާއިދު ކުރައްވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ޖޫން ހަ ވަނަ ދުވަހު ވަނީ ރައީސް ނަޝީދު މަގާމުން ދުރުކުރަން ފާސްކޮށްފައެވެ. މަޖިލިހުގެ 54 މެމްބަރުންގެ ސޮޔާ އެކު، އެމްޑީޕީން އެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ އިދާރާ އަށް ހުށަހެޅީ އިއްޔެއެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ، ރައީސް ވަޑައިގަންނަވާނީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެޖޯރިޓީއާއި އެއްކޮށް ކަމަށެވެ.

"ޕާލިމެންޓްރީ ގްރޫޕްގެ މެޖޯރިޓިއާއި އެއްކޮށް ހަމަ ރައީސް ވެސް ވަޑައިގަންނަވާނީ، ރައީސް އާއި އެބޭފުޅުންނާއި މަޝަވަރާވެސް ކުރެއްވި، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި ތިއްބެވި ހުރިހާ މެންބަރުންނާއިވެސް ރައީސްއާ މަޝްވަރާ ކުރެއްވި. ވާހަކަ ދެެކެވޭ، ގުޅުންވެސް ރަނގަޅު، އެބޭފުޅުންގެ އިތުބާރު ރައިސްއަށް އެބަ އޮތް. އެހެންވީމަ މަޝްވަރާތަކެއް ކުރެވިގެން ކަންކަން ކުރިއަށް ދަނީ.". މިއުވާން މިއަދު ވިދާޅުވިއެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން - ފޮޓޯ: ރައީސް އޮފީސް

އެމްޑީޕީއިން މަޖިލިހަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީތައް ނަޝީދު ހުއްޓުވާފައި ވަނީ ރައްޔިތުންނަށް ބޭނުންތެރި އެތައް ބިލްތަކެއްގެ މަސައްކަތާއި ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ މުއައްސަސާތަކަށް ފާރަވެރިވެ، ޖަވާބުދާރީ ކުރުވުމުގެ ގޮތުން މުހިންމު މަސައްކަތްތަކެއް މަޖިލިހުގައި ކުރަނިކޮށް ކަމަށެވެ.

އެގޮތުން ސިޔާސީ ޕާޓީތަކުގެ އަދަދަށް އައި ބަދަލާ ގުޅިގެން އެ ކޮމިޓީތަކުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ނިސްބަތަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ކޮމިޓީތަކުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް ނަޝީދު އެންގެވި ކަމަށް އެ މައްސަލައިގައިވެއެވެ.

ނަޝީދު، މަޖިލިހުގެ ޖަލްސާތައް ގަވައިދާ ހިލާފަށް ކުރިއަށް ގެންދަވައި މުޅި މަޖިލިހުގެ ނިޒާމު ހިފެހެއްޓެވުމުގެ ބަދަލުގައި މަޖިލިހުގެ ނިޒާމު ގެއްލުވާލަން މަސައްކަތް ކުރާ ފަރާތްތަކަށް ވާގިވެރިވަމުންދާ ކަމަށް ވެސް އިތުބާރު ނެތް ކަމުގެ މައްސަލައިގައި ބުނެފައިވެއެވެ.

ނަޝީދު ވަކިކުރަން ހުށަހެޅި މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ކުރާ އެއް ތުހުމަތަކީ މަޖިލިހުގެ މެމްބަރުންނައި އިންޒާރު ދެއްވައި ފުރައްސާރަ ކުރެއްވުމެވެ.

އެ މައްސަލައިގައި ބުނެފައި ވަނީ މަޖިލިހުގެ ރައީސް ވަކި ފަރާތަކަށް ޖެހި، މަޖިލިހުގެ ބައެއް މެމްބަރުންނާ މެދު ޒާތީ ތައައްސުބެއް ބާއްވައި ބައެއް މެމްބަރުންނަށް މަޖިލިހުގެ ތެރޭގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން އިންޒާރު ދެއްވުމާއި ފުރައްސާރަ ކުރެއްވުމުގެ އަމަލުތައް ތަކުރާރުކޮށް ކުރައްވާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ސަލާމޭ

    ދެން އަހުންނަށް އިގެއޭ އެބަ ސޯލިހަކީ އަޑި ނުބައި ފަހަތަށް އެނބުރޭ އިރަށް ވައްޓާލާފައި މޮޅުކަން ހޯދާ ވައްތަރު ޔަހޫދި ބުރޭންޑް ފުރެންޑެއްކަން. އަންނިއަށް އޭނާ އެހެދީ އެހެން. ރިޔާސީ ޓިކެޓު ހޯދަން އުކުޅަހުގައި މިކަލޭގެ ކުރި ވަހުދާ އަހުދާ މިކަލޭގެ ވެސް މިކަލޭގެ ގޭންގު މީހުންވެސް ހަނދާނެއް ނެތް. ކޮން ފަދަ ބޮޑު ދޮގެއް އޭ؟ ސުވާލު ކުރެވޭނެ އެކަމާވެސް އާހިރަތުގައި ކަލޯ ޗރ

    24
    4
    • ޙަލީމް

      އިބޫ އެ ހެދީ ރަނގަޅަށް. އެ ލުއްޗާ ކަލޭގެ ކިބައިން މި ގައުމު ސަލާމަތްކުރަން ޖެހޭ.

      8
      21
  2. ހަންޑިކުޑަ

    ތިޔަ ހައްދަވަނީ މިހާތަނަށް ހަޔާތުގައިވެސް ހެދޭނެ އެންމެ ބޮޑު ގޯސް ކަމަށް މަމެން ބުނާކަށް ނެތީމު! އަދިވެސް ރަޢީސް ނަޝީދު ރައްޔިތުންނާއި ހަމައަށް ގެނެސް ދެއްވި މިނިވަންކަން ރައްޔިތުންގެ ހަދާނުން ނުފިލާ. މިހުންނަނީ ވަރަށް ފުންކޮއް ވިސްނަން ޖެހޭ ކަންކަން. ބަލަމާ 2023 އަށް ވާނެގޮތެއް.

    24
    7
  3. މުހައްމަދު އަހްމަދު

    އަވަހަށް އަންނިއާ އީވާ ވެސް ވަކި ކުރޭ.

    3
    8
  4. ކޮވިޑް

    ކާކަށް ތިކަން ނޭންގެނީ؟ ބަލަ މަޖިލީސް ތެރޭގަ ދޯ ގޮވާ ނެގީ ބޮންގޮއްވީ ސީދާ މަރާލާށޭ. ޑިމޮކްރެޓްސް އިން މަގުތަކަށް ނުކުންނަންވެޖެ ހެން އެބަހީވޭ .

    15
    1
  5. ޑައެލޯގް

    ކޮވިޑްގައި އިބޫއޮތީ ލޮކްޑައުންކުރަންނިންމާފައެވެ. އަންނިއާއި ހެދި އިތުރަށް ލޮކްޑައުންނުކުރީވެސް އެއީ އަންނިކުރިރަގަޅުކަމެކެވެ. އެނޫންނަމަ ވިޔަފާރިތައް ފުޑޭނެއެވެ. މިކަހަލަ ބައިވަރު ސަރުކާރުގެ ނުރަގަޅުކަންކަން އަންނިހުއްޓުވާފައެބަހުއްޓެވެ. ސަރުކާރަށްވުރެ އަންނިވެސް ރަގަޅެވެ.

    19
    • ގުޑް

      ސަތޭކައިގެ ވާހަކައެއް.

  6. ސޮރީ

    ރައީސް ލޮލުންބޮލުން އަދި ދެއަތާ ދެފައިންވެސް ތާއީދު ކުރާނެތާ ވެރިކަމާ ހެދި އެހެރީ ހަތުރުނއނަށްވެފަ ވިއްޔަ. އިބުރޭ ވިއްޔާ ވަރިހަމަ ދޯ 100 އަހަރުވެސް ވެރިކަމުގަ ހުންނަން އެހެންވމީހަކު ވެރިކަމާ އުޅުނީމަ އެކަކު ފަހަތުން ދުވާކަމަށްވަނި. ތި އިބޫ އަކަށް ދުވަހަކު ހުވަފެނުންވެސް ނުފެނުނީސް ވެރިކަމެއް އެއީ ނަޝީދުގެ އެދުމަށް ރައްޔިތުން ވެދުމަށް އެރުވި އެއްޗެއްކަން މުޅި ގައުމުދަނޭ

    17
  7. މޯޖީ

    މަޖިލީހުގެ ރައީސަކަށް ޢައްޔަން ކުރަންވީ އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ މިނިވަން މެންބަރެއް. މަޖިލީހުގެ ޤަވާޢިދު ބަދަލު ކުރަންވީ.. އޭރުން ތި ދިމާވާ މައްސަލަ ތަކަށް ޙައްލެއް ލިބިދާނެކަމަށް ފެނޭ..

  8. Anonymous

    މުއިއްޒު ޕީޕީއެމް އާއްމު މެމްބަރުންކައިރީގަ މިހާރުކިޔަނީ މުއިއްޒު ރައީސްކަމަށްނަގަން ޕީޕީއެމުންނާ ޔާމީނު ވަނީ ނިންމާފަޔޯ. އިބޫ މުއިއްޒު ޖަލައްލާފާނެތީއޯ އަދި އިޢުލާންނުކޮށްތިބީ.

  9. ަސަަުއުދު

    19 ވަނަމަޖިލިސް ތހަފަަތހުވަަނެ