ހުޅުމާލޭގައި ފުލުހަކަށް އަނިޔާކޮށް މާރާމާރީ ހިންގި މައްސަލައަކާއި، މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުން ހޯދަމުނަދިޔަ މީހާ އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެއެވެ.

މި ދެ މައްސަލައާ ގުޅިގެން ހޯދަމުން ގޮސްފައި ވަނީ ޏ. ފުވައްމުލައް / ދަޑިމަގު.ބޭރެފީށި، މުޙައްމަދު އަންސާމް އިބްރާހީމް (23އ) އެވެ.

ފުލުހުން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް އަމިއްލައަށް ހާޒިރުވުމުން ކަމަށެވެ.

ހުޅުމާލޭގައި 2023 މެއި 21 ވަނަ ދުވަހުގެ ވަގުތެއްގައި ބަޔަކު ބައިވެރިވެގެން ފުލުހެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގި މައްސަލައާއި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މަސްތުވާތަކެތީގެ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށްޓައި އަންސާމް ހޯދަން އިއުލާނުކޮށްފައިވަނީ ޖޫން ހަތް ވަނަ ދުވަހުއެވެ.