މިއަދުގެ އަޒަކަމަށް ކަނޑައަޅަންވީ އެންމެންވެސް މަގުމައްޗަށް ކުނި އުކާނުލުމަށް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

"ދުނިޔެ މަގޭ" ނަމުގައި ހުޅުމާލޭ ސާފުކުރުމަށް އާބަންކޯއިން ކުރިއަށް ގެންދިޔަ ހަރަކާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ތިމާވެއްޓަށް އަންނަ ބަދަލުތަކާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އަދި ތިމާވެއްޓަށް ގެއްލުން ލިބިދާނެ ކުޑަ ކަމެއް ކުރުމުން ދުރުހެލިވާންޖެހޭ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އެކަން ކުރެވޭނީ ގައުމެއްގައި ހުރިހާ ރައްޔިތުން އެއްކޮށް މަސައްކަތްކޮށްގެން ކަމަށާއި ކުދިބޮޑު އެންމެހާ ފަރާތްތަކުން އެކަމުގައި ޝާމިލުވެގެން ކަމަށް ވިދާޅުވިއެވެ. އަދި އެއްވެސް މީހެއްގެ އިހުމާލުން އެއްވެސް ތަނެއް ހަނޑިވުމުގެ ފުރުސަތު ނުދީ މަސައްކަތް ކުރުމަށް ވެސް ނައިބު ރައީސް ވަނީ އެދިވަޑައިގަންނަވާފައެވެ.

"ސިޓީއެއްގެ ޗާލުކަން ހަމައެކަނި ގެނެވޭނީ ރީތި އިމާރާތްތަކަކުން އެކަނި ނޫން. ތަހުޒީބު ކޮންމެ މުޖުތަމައުއެއްގައި އެންމެ ބޮޑު ސަމާލުކަމެއްދެނީ ސާފުތާހިރުކަން ކަށަވަރުކުރުމަށް. ހާއްސަކޮށް މަގުމަތީގެ ސާފުތާހިރުކަމަކީ އެންމެންގެ މޫނުމައްޗަށް އެންމެންގެ ލޮލަށް ރީތިކުރުމަށްޓަކާ ކޮންމެހެން ކުރަންޖެހޭ ކަމެއް." ނައިބު ރައީސް ވިދާޅުވި އެވެ.

މިއަދު އަޒުމަކަށް ކަނޑައަޅަންވީ އެއްވެސް މީހެއްގެ ފަރާތުން އެއްޗެއް މަގުމައްޗަށް އުކާނުލުމަށް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އެކަހަލަ ނާތަހުޒީބު އެކަހަލަ ހަޑި ހުތުރު އަމަލެއް ހަމަ ނުހިންގުމަށްވެސް އެދިވަޑައިގެންނެވިއެެވެ.

ވަށައިގެންވާ ވެށި ޙިމާޔަތްކޮށް ސާފުކޮށް ބޭއްވުމަށް ކަމާބެހޭ ފަރާތްތަކުން ކުރައްވާ މަސައްކަތުގައި ހުރިހާ ރައްޔިތުން އެއްބާރުލުން ދެއްވުމަށް ނައިބު ރައީސް އިސްތިމާސްކުރެއްވެވިއެވެ. ބޮޑެތިވަމުން އަންނަ ކުދިންނަށްވެސް އެކަމުގެ މުހިއްމުކަން އަންގައިދީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރެއްވުމަށް ގޮވާލެއްލެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ލޮލް

    އަޒުމް ކަނޑައަޅަންވީ ސިޔާސީ މަގާމްތަކުގައި ތިބޭ މީހުން އަޚުލާޤު ހިފެހެއްޓުމަށް. އޭގެފަހުން ކުނި ހޮވާ ތަން ސާފުކުރާ ވާހަކަ ދައްކާނީ.

  2. ސަރުދާރު

    މަގުމައްޗަށް ކުނިބުނި ޖަމާކުރާނީ ބިދޭސީން! މިމަންޒަރު ވަރަށް ދެކެފީމު

  3. ޔޯގޭޝް ވަރާޔަ

    ގަސްކެނޑުން އޯކޭ ސަރުކާރު!!

  4. Anonymous

    ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަޤުތީ މިސްކިތޭ ކިޔާއިގެން ހަދާފަ މިހުންނަނީ ހުނު ގުދަންތަކެއް ،އެތާގައި މީހަކު ނަމާދުކޮށް ނިމޭއިރު ހޫނުކަމުން ގޮސް ބޮލުގައި ރިއްސާ އެބުރުން އަރާފައި މީހާހުންނަނީ، ވަޤުތީ މިސްކިތްވެސް މިޔައްވުރެން ރަގަޅުކޮށްވެސް ހެދިދާނެ !

  5. Anonymous

    ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަޤުތީ މިސްކިތޭ ކިޔާއިގެން އާބަންކޯއިން ހަދާފަ މިހުންނަނީ ހޫނު ގުދަންތަކެއް ،އެތާގައި މީހަކު ނަމާދުކޮށް ނިމޭއިރު ހޫނުކަމުން ގޮސް ބޮލުގައި ރިއްސާ އެބުރުން އަރާފައި މީހާހުންނަނީ އަންބުރާއިގެން ވެއްޓެން ކައިރިވެފައި، ވަޤުތީ މިސްކިތްވެސް މިޔައްވުރެން ރަގަޅުކޮށްވެސް ހެދިދާނެ !