ސަރުކާރުން ބަދަލުގެ ގޮތުގައި ބިލިއަނުން ދިން ކުންފުނިތައް ހާމަކުރުމަށް ގޮވާލައި ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އާދަމް ޝަރީފް މަސައްކަތް ކުރެއްވި ނަމަވެސް ސަރުކާރަށް ތާއިދު ކުރައްވާ އެމްޑީޕީގެ މެމްބަރުންނާއި ހެދި އެ މައްސަލަ ހުށަނޭޅި ޖަލްސާ ނިންމާލަން ޖެހިއްޖެއެވެ.

އެހެންވެ އެ މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން ވޯޓެއް ވެސް ނުނެގުނެވެ.

ބަދަލުގެ ގޮތުގައި އެކި ކުންފުނިތަކަށް 1.6 ބިލިއަން ރުފިޔާ ސަރުކާރުން ދީފައި ވެއެވެ. އެކަމަށް ރިއާޔަތްކޮށް އާދަމް ޝަރީފް ވިދާޅުވީ އެހާ ބޮޑު އަދަދުން ބަދަލު ދިން ހުރިހާ ކުންފުނިތައް ހާމަކޮށްފައި ވެސް ނުވާ ކަމަށެވެ.

ހާއްސަކޮށް އޭގެ ތެރެއިން އެއް ކުންފުނީގެ ނަން ހާމަނުކުރި އިރު މައުލޫމާތު ލިބިގަތުމުގެ ހައްގުގެ ދަށުން އެ މައުލޫމާތު ހޯދަން އެދުމުން ވެސް އެ ކުންފުނީގެ ނަން ހާމަކޮށްފައި ނުވާކަން އާދަމް ޝަރީފް ފާހަގަ ކުރެއްވި އެވެ.

މިއީ ސަރުކާރުން ގާނޫނުތަކަށް ހުރުމަތްތެރިކަން ހިތާވަރު ކުޑަކަަން އަންގައިދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ހަމަ އެހެންމެ ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމަށް ސަރުކާރުން ދެކޮޅު ހަދާކަން ފާޅުކަން ބޮޑު ގޮތެއްގައި ހާމަވާކަން އެނގޭކަން ކަމަށެވެ.

"އަދި ފައިސާ ދޫކުރުމުގައި ކޮރަޕްޝަންގެ އަމަލު ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އާއި ، 106 ބިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދޫކުރި އިރު އެކަން ކުރަންވާނީ ޝަރުއީ ހަމަތަކުގެ ތެރެއިން ދެފުށް ފެންނަ ގޮތަށް ކަމަށް ގަބޫލު ކުރެވޭތީއާއި އަދި އެ ފައިސާ ދޫކުރަން ޖެހުނީ ކޮންކަމަކާ ގުޅިގެން ކަން ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމަށް ފެނޭ" އާދަމް ޝަރީފް ވިދާޅުވި އެވެ.

އެހެންކަމުން ބަދަލުގެ ގޮތުގައި ދޫކުރި ހުރިހާ ކުންފުނިތަކުގެ ނަންތައް ހާމަކޮށް ފައިސާ ދޫކުރި ސަބަބާއި އަދި އަދަދުތަކގެ ތަފްސީލު ހާމަކުރުމަށް އާދަމް ޝަރީފް ގޮވާލެއްވި އެވެ.

އާދަމް ޝަރީފް ވާހަކަދައްކަވަމުން ގެންދެވިއިރު އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު އާއި ކެލާ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ޝަރީފް އާދަމް ޝަރީފް ވާހަކަދެއްކުމަށް ހުރަސް އެޅޭ ގޮތައް ކައިރީގައި ތިބެ އަޑުގަދަ ކުރަމުން ގެންދިޔައެވެ. ޝިފާއު ވަނީ އާދަމް ޝަރީފްގެ މައިކް އަނބުރާލައިގެން ވެސް ހަތަރު ފަސް ފަހަރު ވާހަކަ ދައްކާފައެވެ.

މިއަދުގެ ޖަލްސާ ނިންމާލީ މާދަމާ ވެސް ޖަލްސާއެއް އޮންނާނެކަން އިއުލާން ކުރުމަށްފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އެސް.ޖޭ އަށް ދަ ހޯކްސް އަށް ދީބާޖާ ރޫޓް މިހެންގޮސް ލައްކަ ކުންފުނިތައް މެދުވެރިކޮށް ސަރުކާރުން ފައިސާ ނެރެފިކަން ނުބުންޏަސް އެނގޭ…

  2. ހުސައިން803

    ކޮންމެ ކަމެއްވެސް ޤައުމީ ސަލާމަތައްކަމަށްބުނެ ސިއްކުރުން މިއޮންނަނީ... ރައްޔިތުންގެ ޓެކްސްފައިސާ ކުރާ ހަރަދު ރައްޔިތުންނަށް ހާމަބޮޑުކޮށް އެގެންޖެހޭނެއެވެ. ކަމެއްސިއްކުރާނީ ކަމެއް ގޯސްކޮށް ކުރެވިފައިވާތީއެވެ.

  3. އއ

    މިޔައްވުރެ ބޮޑައް ކޮރަޕްޓް ވެފަ އޮތް ދައުލަތެއް މަރުގެ ތުންފަތް މައްޗައް ވެއްޓިފަ އޮތް ގައުމެއް ނޯންނާނެ. !

  4. ދަރޭ

    ތިތަނަށް ކިޔަންވީ ރައްޔިތުންގެ ޒުލޭ. ހައިވާނުންވެސް ނޫޅޭ ދަށުދަރަޖައިގެ ތަނަކަށް ތިތަން ވެ ނިމިއްޖެ. މީ ހަމަ އަބަދުސް ހާލަތު. ތީ ރައްޔިތުންނަށް އެއްވެސް މަންފާއެއް ހުރި ތަނެއް ނޫން.