ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒްއާ ދިމާލަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން "ބޮޑު ކާފަރަށް" ގޮވައިފިއެވެ.

އިދިކޮޅު ސަޕޯޓަރުން ޑރ. އިޔާޒްއަށް "ބޮޑު ކާފަރަށް" ގޮވާފައިވަނީ އެ މީހުން މަޖީދީ މަގުގައި މިހާރު ކުރަމުންދާ މުޒާހަރާގެ ތެރެއިންނެވެ.

އާންމުވެފައުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ މަގުން ޑރ. އިޔާޒް ސައިކަލުގައި ދުއްވާފައި ދަނިކޮށް އިދިކޮޅު ސަޕޯޓަރުން ވަނީ އޭނާ ފަހާ ދުވެފައެވެ. އަދި ޑރ. އިޔާޒް އާއި ދިމާލަށް "ބޮޑު ކާފަރެކޭ" ކިޔާ ސަޕޯޓަރުން ހަޅޭލަވާއަޅު އެ ވީޑިއޯއިން އިވެއެވެ.

ޑރ. އިޔާޒަކީ ވަރަށް ބޮޑަށް ރަައީސް ޔާމީނާއި، އެމަނިކުފާނުގެ ސަޕޯޓަރުންނާއި އަދި އިދިކޮޅަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކާ ބޭފުޅެކެވެ.

އިދިކޮޅުން ކުރަމުންދާ މުޒާހަރާގައި ގޮވާލަމުން ދަނީ ކުރީގެ ރައީސް ޔާމީން ވެރިކަން ކުރުމަށެވެ. އަދި އިންސާފުވެރި ޝަރީއަތަކަށް ޔާމީނަށް ފުރުސަތު ދިނުމަށެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ.އާރަށު މައްސަލައިގައި ރިޝްވަތު ނެގުމާއި މަނީ ލޯންޑްރިންގެ މައްސަލައިގައި ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. މި ހުކުމް އިސްތިއުނާފްކުރުމަށް ވަނީ ހުށަހަޅާފައެވެ.

މާދަމާ މި މައްސަލައިގެ އަޑުއެހުމެއް ހައިކޯޓުން ވަނީ ތާވަލްކޮށްފައެވެ.

މި މައްސަލައިގައި ދައުލަތުން ޔާމިންގެ މައްޗަށް ކުރި ދެ ދައުވާވެސް ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ 25 ޑިސެމްބަރ 2022 ގައެވެ.

ހަމައެއާއެކު މިދިޔަ ފެބްރުއަރީ 21 ވަނަ ދުވަހު ޔާމީންގެ ފަރާތްޕުޅުން މިމައްސަލަ އިސްތިއުނާފްކުރުމަށް ހައިކޯޓަށް ހުށަހެޅިއެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައި މިދިޔަ ބުދަދުވަހުގައެވެ. މި އަޑުއެހުމުގައި ކުރިޔަށް ގެންދިޔައީ މި މައްސަލައިގައި ދައުވާ ކުރެވޭ ޔޫސުފް ނައީމްގެ އިސްތިއުނާފީ ނުކުތާތައް ހުށަހަޅާ ޖަވާބު ދިނުމެވެ. އާރަށު މައްސަލައިގައި ޔޫސުފް ނައީމަށް ވަނީ 3 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ޔާމިންގެ އިސްތިއުނާފީ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފައި މި ވަނީ، ފުއްގިރި މައްސަލައިގެ އަޑުއެހުންތައް ވަރަށް ދިގުކޮށް ކުރިއަށްގެންދާތީ އިސްތިއުނާފީ އަޑުއެހުންތައް ލަސްވާތީ ޔާމީން ކަންބޮޑުވުން ފާޅުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ފަގުޑި

    މުޒާހިރާކުރާ ބޭފުޅުން އެގޮވީ އިޔާޒުގެ ވިޔާނުދާ ނަފްސުގެ ވާހަކަ. އިޔާޒަކީ އަގުވެއްޓި އަލިމަގު ގެއްލިފަހުރި ސައްބެއް.

    51
    15
    • ޢަހޫތަ

      ޑޮލަރުމާރުކާ ވަގުކަލޭގެ ދޯ އަގުނުވެއްޓެނީ. ޖާހިލުކަމުގަތިއްބާ މަރުއަރާހަމަނުކުރަނީސް ހޭއަރާ

    • އަލީ

      ކަލޭގެ ތަންދޮރު ނުދަތުން މާދެރަ. ކަލެޔެއް ނޫން އަލިމަގާ އަނދިރިމަގާ ނިންމާނީ

  2. ޕިސްޕިސް

    މުޅި އަކުން ހަމަ އެއްނުވާނެ ޕިންކް ކުދިން . . ކުރިން އަށްނި އަށްވެސްލާދީނީއޭ ގޮވި ދޯ ' މިހާރު ރަންގަނޑަކަށް ހަދައިގެން އުޅުނަސް ؛ މުސްލިމް މީހާ އެޔޮތީ ޖަލުގަ

    29
    40
    • ކޮވިޑް

      ޕިސްޕިސް ތިބުނީ ސަޅި ވާހަކައެއް އަންނި އަށް ކާފަރަށް ގޮވިމީހުން ގޮވައިގެން ޗޯރު އެހުރީ އަންނި ގަންހިންގަން. މީތި ޕިސްޕިސް އަށް ސަޅިވެގެން ތި އުޅެނީ.

  3. ޔާސް

    ހިތުން ކަމަނާމެންނަށް ތިކުރެވުނީ ވ.މޮޅުކަމެއް

    39
    28
  4. އާޅި

    މިއީމިމީހުންގެފެންވަރުގޮތެއްފޮތެއްނެތް

    30
    43
    • އަލިފުތާ

      މިއީ، ދީނީ ޢިލްމުވެރިއެއްގެ އަޚްލާޤީ މިންގަނޑުން ބޭރުވުމުގެ ނަތީޖާ!

  5. އުގުރި

    ކިތަންމެ ނަފުރަތު ކުރިޔަސް ފަހަތުން ދުވެ ހަޑި ހުތުރު ބަހުން އެއްޗެތި ގޮވު މަކީ ބަލާގަނެވޭނޭ ކަމެއްނޫ..

    1
    1
  6. ޑރ ސާޖީ

    ތި މައްސަލަ ހައްލުވާނީ ސޭކު އިމްރާން ޓުވީޓެއްކޮށްފަ އިޔާޒުގެ ހިއްވަރަށް ސާބަސްދިނީމަ.

  7. ނާދިރާތަ

    ތިމީހާ ފަހާ ތޮށިގަނޑުން ބޭރުކުރޭ

  8. ޒުރާރު

    ވަރަށްމޮޅު ކަމެއް ތިޔަ ކުރެވުނީ ޕީޕީއެމްގެ ގުންޑާއިން ނަށް

  9. ޕޮގުބާ

    ހައްގުބަހެއް ބުނެވިއްޖެ ޕީޕީއެމްއަށް އިޔާޒް އެއީ ތަންދޮރު ދަންނަ ޖާހިލެއް އޭނާ މޮޅެއްނޫނޭ މަށެއްނުބުނާނަން އެއީ މޮޅު މީހެއް

  10. ހުސޭނުބޭ

    އިޔާޒަކަށް ތާޢިދެއް ނުކުރަން. އެކަމަކު ކާފަރަށް ގޮވުން އެއީ ބަލާގަންނަ ކަމެއް ނޫން!

  11. ރާއްޖެތެރެ

    އަދާލަތު ޕާޓީ ހަދިޔާ ދޮލަގުގަ ހިފީމަ އަގުވެއްޓެނީ.

  12. މުއްލާ

    ޢަޚްލާޤްގެ ކަންފުޅެއްވެސް ނެތް އަންހެނުން ތަކެއް .
    ޤައުމު ވެއްޓިފައި މިއޮތް ހާލަތާމެދު ހިތާމަކުރަން.

  13. ޢަހު

    ޑރ ޢިޔާޒަކީ ވ ޖަނގަލީ މީހެއް

  14. އަޅާ

    ޝަހާދަތް ދުލުންކިޔައިގެން ހުރެ އިސްލާމްދީނުގެ ބައެއްނަމަވެސް އަސްލުތަކާއި އެއްގޮތަށް އަމަލުކުރާމީހަކާއި ދިމާލަށް ކާފަރެކޭ ބުނުމަކީ ރަނގަޅު ގޮތެއްނޫން.
    ޑރ އިޔާޒާއި ދިމާލަށް އެބާވަތަށް މީހުން ބަސްބުނަންޖެހުނީ އިޔާޒްގެ ވެސް ސަބަބުން ކަަމަށްދެކެން. އެހެނީ ފިތުނަވެރި ސިޔާސީ މާހައުލެއްގައި އެއްބާވަތެއްގެ މައްސަލައެއްގައި އެކަކަށް ނުބައިބަސްބުނެފައި އަނެކަކާއިމެދު އެއްވެސް އެއްޗެކޭނުބުނެ ފަހުން އޭނާއަށް ސަޕޯޓްހޯދުމަށް މަސައްކަތް ކުރުމަކީ މުނާފިގުކަމުގެ ސިފައެއް. އެހެންކަމުން މިބާވަތުގެ ކަންކަމާއިހެދި އަޅުގަނޑު ދެކެނީ ޑރ އިޔާޒާއި، ޝޭހް އިމްރާނާއި، ޝޭހް އިލްޔާސް އަކީ މުޖުތަމައުގައި ފިތުނަ އުފައްދަން އުޅޭ މީހުންނަށް ހިތްވަރުލިބޭގޮތަށް އެމީހުންގެ ބަސްމަގު ގެންގުޅޭ މުނާފިގުންކަމަށް.

  15. ފިކުރު ކުރައްވާ

    ހަލާކުކުރެއްވި ޤަައުމުތަކުގެ މީހުންވެސް ތިޔަގޮތަށް މީހުންނަށް ކާފަރަށް ގޮވާ ފޭރާން ނިގުޅައިގަނެ އުޅުނު...އެބަޔަކު ވަނީ ނެތިގޮއްސައި..

    1
    1