އެޕާޓްމެންޓް ކުއްޔަށް ދިނުމުގައި ބޮޑު ސްކޭމެއް ހިންގިކަން ސާބިތުވެ، މ.ފާގަތިގެ، އިބްރާހީމް ހުނައިން ތިން އަހަރާއި ދެ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

އެމައްސަލައިގެ ޝަރީއަތް ނިމުމުގެ ގޮތުގެ ރިޕޯޓްގައިވާ ގޮތުގައި ހުނައިންގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ ހުނައިންގެ މަންމަ، ސުލްތާނާ އަހުމަދުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ މ. ފާފަތިގޭގެ 4 ވަނަ ފަންގިފިލާގައި ހުރި 3 ކޮޓަރީގެ އެޕާޓްމަންޓް، މ. ޝޭޑީހޯމް، މުހައްމަދު ޒިޔާދުއަށް 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 20 ވަނަ ދުވަހުން ފެށިގެން 19 އަހަރުގެ ދުވަހުގެ މުއްދަތަކަށް ކުއްޔަށް ދިނުމަށް އެއްބަސްވެ، އެތަން ހަވާލު ކުރުމަށްފަހު، އެހެން މީހަކަށް އަނެއްކާ ވެސް އެތަން ކުއްޔަށް ދިނުމަށް ފައިސާ އަތުލުމުންނެވެ.

ރިޕޯޓްގައިވާ ގޮތުގައި ހުނެއިން އެތަން އދ. މާމިގިލި، ފްރީޕާކް، އަހުމަދު އަފްޝަލް އަށް ކުއްޔަށް ދީފައިވަނީ އެތަނަކީ 19 އަހަރުގެ މުއްދަތަކަށް ކުއްޔަށް ދީފައިވާ ތަނެއްކަން އެނގިހުރެ، އެތަނުގައި ޒިޔާދުގެ ހައްގެއް އޮތްކަން ހާމަކުރުމެއް ނެތި، އަދި އެތަން ހުސްކުރުމަށް ޒިޔާދަށް އެންގުމެއް ނެތިއެވެ.

2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު އަފްޝަލްއަށް އެތަން 5 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެ، އޭނާގެ އަތުން 364،500 ރުފިޔާ އަތުލާފައިވާ ކަމަށް ވެސް ރިޕޯޓްގައި ވަނީ ބުނެފައެވެ.

މިމައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލީ ގާނޫނުލް އުގޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާއެވެ. ނަމަވެސް އިބްތިދާއީ އަޑުއެހުމުގައި އާއި ޝަރީއަތުގެ މަރުހަލާގައި އޭނާ ވަނީ އެދައުވާއަށް އިންކާރު ކޮށްފައެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުން އެނގޭ ގޮތުގައި ފާގަތިގޭގެ ތިން ކޮޓަރީގެ އެޕާޓްމަންޓް އަފްޒަލަށް ފަސް އަހަރު ދުވަހަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމެއް ހަދައި، ގޭގެ ވެރިފަރާތް ކަމަށްވާ ހުނައިނުގެ މަންމަ ލައްވާ އޭނާ ސޮއިކުރުވީ މަންމައަށް އޮޅުވާލައިގެންނެވެ.

އެކަން އެގޮތަށް އޮތުމުން މައްސަލަ ބެއްލެވި ގާޒީ އިސްމާއީލް ޝަފީއު ވަނީ މަކަރާއި ހީލަތް ހެދުމުގެ ކުށުން ހުނައިން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، އަދަބެއްގެ ގޮތުން ތިން އަހަރާއި ދެ މަހާއި ދެ ދުވަހުގެ މުއްދަތަކަށް ހުނައިން ޖަލަށްލާން ހުކުމް ކޮށްފައެވެ. އަދި އަފްޝަލްގެ އަތުން ހޯދި ފައިސާ މަހަކު 60،750 ރުފިޔާއަށްވުރެ މަދު ނޫން އަދަދަކުން ދައްކަމުން ގޮސް މިއަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ކުރިން ސިވިލް ކޯޓަށް ދެއްކުމަށް ވެސް ވަނީ ހުކުމް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސުވާލު

    މިހާރު ކޮބަޔޯ ތި ހުނައިނުއެއް؟ މި ރާއްޖެގައި އެބަ އުޅެބާ؟ ކަނވެނި ބައްލަވައިގެން އުޅުއްވަނީ ޔޫރަޕު ކުއްޖަކާއި. ހިއެއްނުވެ ރާއްޖެ ކީއްކުރަން އޭޝިއާ ވަސްޖެހޭހިސާބުގައި ހުންނެވިހެނެއް. ދެނޯ؟

    • ޜޮށި

      ޙުނަެިނުގެ ފޯއް

  2. ކައިދާ

    ޙުކުމް ކުރީމަބފައިސާ ދެއްކޭނެ ގޮތެއް އޮވޭބާ އަޖައިބުވޭ ފައިސާ ނުދައްކަންޏާ ޖަލު ހުކުމް އިތުރުވޭބާ

  3. އާން

    ތިއި ދެން އެއްވެސްކަމެއް ނޫން.. ސޯލިހު އާއި ބައްދަކުކޮއްފަ ކެންފެއިން ޑީލެއް ހަދާއިރަށް މައްސަލަނިމި އޭނާ ބާއިއްޒަތް ބަރީކުރެވިދާނެ. މިހާރު ރާއްޖޭގައި ޖިނާއި ކުށްތަކަކީ އެންމެ ރަނގަޅު ޑީލެއް ދޭ ކުއްވެރިޔަކަށް އެއްވެސް ކަމެއްނޫން. އެހެވޭ ހުކުމް ކޮއްފަ ހުއްޓަސް.

  4. ކިސް

    ތީނަ ލީ ކޮން ގައުމެއްގެ ޖަލައްބާ