މި އަހަރުގެ ސެޕްޓެމްބަރު މަހުގައި އޮންނަ ރިޔާސީ އިންތިހާބަށް އޮފިޝަލުން ހޯދަން އިލެކްޝަން ކޮމިޝަން (އީސީ)ން އިއުލާނުކޮށް އެކަމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާން ކައިރިވީ އިރުވެސް ބޭނުންވާ ވަރާ ގާތަށް ވެސް އޮފިޝަލުން ނުލިބެ އެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު މަހުގެ 9 ގައި ބާއްވަން ނިންމާފައިވާއިރު، ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ، އެމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ވެސް އީސީން ވަނީ ނިންމާފައެވެ.

އެހެންވެ އިންތިހާބު ގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވުމަށް 5597 އޮފިޝަލުން ހޯދަން އިއުލާންކުރި އެވެ.

ނަމަވެސް އޮފިޝަލުންނަށް ވުމަށް ކުރިމަތި ލުމުގެ މުއްދަތު ބުރާސްފަތި ދުވަހު ހަމަވި އިރު ކުރިމަތިލީ 2500 އެއްހާ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް ހަބީބް "ވަގުތަށް" ވިދާޅުވި އެވެ.

ހަބީބް ވިދާޅުވީ އެކަށީގެންވާ ވަރަށް އޮފިޝަލުން ނުލިބޭތީ އޮފިޝަލުންނަށް ވާން ކުރިމަތި ލުމުގެ މުއްދަތު އިތުރުކުރާނެ ކަމަށެވެ.

ހަބީބް ވިދާޅުވީ އަތޮޅުތަކުގައި ފޯކަލް ޕޮއިންޓްތައް ގާއިމު ކުރެވިފައިވާ އިރު އެ ޕޮއިންޓްތައް މެދުވެރިކޮށް ބޭނުންވާ ވަރަށް އޮފިޝަލުން ލިބޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާންގައިވާ ގޮތުން ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ -/1500ރ. ލިބޭނެއެވެ. އަދި ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފިނަމަ -/1200ރ ލިބޭއިރު، ވޯޓުލާ މަރުކަޒެއްގެ އޮފިޝަލެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ -/1000ރ. އަދި ރިޒާރވް އޮފިޝަލަކަށް ހަމަޖައްސައިފިނަމަ -/500ރ ލިބޭނެއެވެ. މި ފައިސާ ލިބޭނީ ހަމައެކަނި ވޯޓުލާ ދުވަހު އެވެ.

މީގެ އިތުރުން، އުޖޫރައިގެ އިތުރުން ވޯޓުލާދުވަހު ކެއުމާއި ސައިގެ އިންތިޒާމް ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން ހަމަޖެއްސޭނެއެވެ. އަދި ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ ފޯނު އެލަވަންސްގެ ގޮތުގައި -/100ރ ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޜައްޔިތުމީހާ

    ބަހަނާއެއްދައްކާފަ އިންތިހާބު ލަސްކުރަން އުޅޭހެން ހާދަހީވެޔޭ

    8
    1
    • ދޯދި

      ބަނގުލަދޭޝް ނޫނީ އިނޑިޔާ މީހުން ހޯދަން ވީނުން ....-/100ރ އަށް ލިބޭނެ

      • ޙެހެެ

        ޢަހަރުންލާ އެޕްލިކޭޝަން ދަނީ ޑަސްބިނަށް. މިފަހަރުވެސް 3 ފަހަރު ފޮނުވިން. ޙަބަރެއް ނުވި. ޢެހެންވެ ދެން ކީއްކުރަން މީހުން ނުލިބިގެން އުޅެންވީ

  2. މާލޭސޮރު

    އަސްލު ތިގެންގުޅޭ ހިސާބަކީ މީގެ އެތަކެއް އަހަރުކުރިން ހަމަޖައްސާފައިވާ އަގުތަކެއް މިހާރު ތަކެތީގެ އަގު އެހާބޮޑު މަސައްކަތުގެ އަގުވެސް ބޮޑުވެއްޖެ އެހެންވީމާ މަސައްކަތް ކުރާ ދުވަހަކަށް (ވޯޓްލާ ދުވަހު) -/2000 ރުފިޔާ ހަދާލުމުން މީހުން އިތުރުވާނެ

  3. އަހްމދުު

    އިންޑިއާ އިން ގެނައިމަ ރަނގަޅުވާނެ

    6
    1
  4. ސުބު

    ދެންސިވިލްސާވިސް މުއައްޒިފުން ނެރެން ވީނޫންތޯ؟

    5
    1
  5. ޢިޔާބު

    ފޯޑޭމެން ކަހަލަ އިތުބާރު ގެއްލިފަތިބި މީހުން ތަންތަނުގެ ވެރިންނަށް ލީމަ ވާނީ ތިހެން. ތީ 2008 ގަ ޓެސްޓް ކުރެވި ނަޒާޙަތްތެރިކަން ގެއްލިފަ ހުރި މީހެއް

  6. Anonymous

    ކުޑަ ލާރި ކޮޅަކައް މަށެއްވެސް ނުދާނަން ، މަދުވެގެން ދުވާލަކައް 5000 ލިބެންޏާ ދާނީ ، މިސަރުކާރަކީ ލާރި އޮތްބައެއް ލާރި ހަރަދުކުރާ ބައެއް ބޭކާރު ކަންކަމައް.