ޕީޕީއެމް އަކީ ޓެރަރިޒަމަށް ހިތްވަރުދޭ ޖަމާއަތެއް ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ނުވާނެ ކަމަށް އަދާލަތު ޕާޓީގެ އެކްޓިވިސްޓް ޑރ.މުހައްމަދު އިޔާޒް އަބްދުލްލަތީފް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ސަޕޯޓަރުންތަކެއް އިއްޔެ މަގުމަތިން އިޔާޒް އާއި ދިމާކޮށްލުމުން އޭނާ ގެންދަނީ ތަކުރާރުކޮށް އެކަމާއި ނުރުހުން ފާޅުކޮށް ޓްވީޓް ކުރަމުންނެވެ.

މިއަދު ހެނދުނު އިޔާޒް ކުރި ޓްވީޓެއްގައި ބުނީ ހަގީގަތުގައި ޕީޕީއެމް އަކީ ޓެރަރިޒަމަށް ހިތްވަރުދޭ ޖަމާއަތެއް ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް އޭނާ ނުދެއެވެ.

އިޔާޒް ކުރި އިތުރު ޓްވީޓެއްގައި ބުނީ ކިތަންމެ މުޒާހަރާއެއް ކުރިޔަސް, ކިތަންމެ ވަރަކަށް މުއައްސަސާތަކުގެ ދޮށަށް އެއްވިޔަސް, ކިތަންމެ ވަރަކަށް މަގުމަތިން މީހުންނާ ފޮށުނަސް, ޖަލުގައި އޮތް މީހާ މިނިވަނެއް ނުވާނެ ކަމަށެވެ. އޭނާ މިނިވަންވާނެ ހަމައެކަނި ގޮތަކީ މަތީ ކޯޓަކުން ދަށުކޯޓުގެ ޙުކުމް ބާޠިލްކުރުން ކަމަށް އިޔާޒް ބުންޏެވެ. އިޔާޒް އިޝާރާތް ކުރީ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށެވެ.

އިޔާޒް އިއްޔެ ބުނި ގޮތުގައި ޕީޕީއެމްގެ މެންބަރުން އޭނާއަށް ކުރީ ޖިންސީ ފުރައްސާރައެވެ.

އިއްޔެ މަޖީދީމަގުގައި ޕީޕީއެމް އިން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއަށް އިޔާޒް ސައިކަލްގައި ގޮސް ވަނުމުން ޕީޕީއެމްގެ ސަޕޯޓަރުން ވަނީ އޭނާ އާއި ދިމާކޮށް ސައިކަލު ފަހަތުން ދުވެފައެވެ. އަދި ބައެއް ސަޕޯޓަރުން ވަނީ އިޔާޒް އާއި ދިމާލަށް "ކާފަރަށް" ވެސް ގޮވާފައެވެ. ބައެއް މީހުން ވަނީ އިޔާޒަކީ "ބޮޑު އިނބިލީސް" ކަމަށް ބުނެ ވެސް އަޑުއުފުލާފައެވެ.

އިޔާޒަކީ ކުރީގެ ރައީސް ޔާމީނާއި ޕީޕީއެމް އަށް އެންމެ ބޮޑަށް ފާޑުކިޔާ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އެހެންވެ ޕީޕީއެމް ސަޕޯޓަރުންގެ ފާޑުކިޔުން އަބަދުވެސް އޭނާއަށް އަމާޒުވެއެވެ. ނަމަވެސް މިއީ އޭނާ އާއި މިގޮތައް ދިމާކޮށްލި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

66 ކޮމެންޓް

  1. ކުލޮ

    މީނަހިތުން މިވަރެއް..

    126
    5
  2. އަލަމެޓާ

    ކަލޭ މިހާރު މައިތިރި ވާން ވެއްޖެ. ކަލޭ ތީ އިންޑިޔާގެ ކުލީމީހެއް ، ދީނެއް މިއްލަތެއް ދަންނަ މީހެއްކަމަކަށް ގަބޫލެއް ނުކުރެވޭ ، ކަލެޔާހުރެ ގައުމު މިދަނީ ފަސާދަވެގެން ، ތިޔައީ ދީނީ އިލްމްވެރީން ނަށް ހުރި ބިރެއް! މިގައުމަށް ހުރި ނުރަށް ކަލެއް .

    183
    7
  3. މުހައްމަދު

    ޕީޕީއެމް ގެ ހަލާކަކީ އަދުރޭ.. އަދުރޭ ގެ ގޮތްގަނޑުތާ ސަޕޯޓަރުންގެވެސް ހުނާނީ..

    15
    104
  4. މާމީ

    ކަލޭ ތިހެންބުނެފަ އުޅޭ އިރާދަކުރެއް ވިއްޔާ ކަލެއައް މާގިނަދުވަހެއް ނުވެ

    89
    3
  5. އައްމި

    މި ސޮރާއި ދިމާ ކޮށްފީމަ މަ ހަމަ ހިނިއައިސްފި، މާމަތީގައި އުޅޭ މީހެއް، މީނަ މިހާރު ދީނީ ގޮތުން ދައްކާ ވާހަކަ މީހުން ޤަބޫލު ނުކުރާތީ، މިހާރު ސިޔާސީ ވާހަކަ ދައްކަން ފެށީ،

    94
    1
  6. ހުސެން

    މުޒާހަރާތައް ހިނގަނިކޮށް އެތަނައް ވަދެގަތީމަ ވާނެގޮތް ވަކި އިޔާވެގެނެއްނޫން ކުޑަކުއްޖަކުވެސް ނުކުރާނެކަމެއް ދޯއެއީ ދެންއަދިތީ މިހާރު އެންއުޅޭވަރުގެ މީހެއްވެސްނޫން ތަންކޮޅެއް ރީއްޗައްއުޅެން ދަސްކުރުން ރަނގަޅުވަނީ

    74
    2
  7. ހުސެން

    ތިޔައީ ތިޔައީ ވަރައްނުރައްކާތެރި އިލްމުވެރިއެއް ހުރިހާ މީޙުންވެސް ސަމާލުވާންޖެހޭ

    81
  8. ލޮލް

    ދުކްތޫރު ޖަޒުބާތުގައި ޖެހިއްޖެ.

    71
    1
  9. މުލޭ

    މިހާތަނަށް ރާއްޖޭގައި ޓެރަރިޒަމްގެ ޢަމަލު ހިންގާަފައި ހުރީ މަނިކުފާނު ތިޔަ ތާއީދުކުރާ ޖަމާޢަތުންކަން އެންމެންނަށް ވެސް އޮތީ އެނގިފައި.

    77
    1
  10. Anonymous

    ތިޔަފަދަ ދީން ދަންނަކަމަށް ބުނާމީހެއްގެ ބަސްމަގު ތިހިރީ ޒައިނިސްޓްގެ ބަހުރުވަ. ކަލޭ ހެއްދެވި ފަރާތް ގަބޫލު ކުރާއިރު މިހަކާމެދު ނަފުރަތު އުފެދި އެމިހެއްގެ ހަލާކަށް ގޮވުމަކީ ކޮން ކަހަލަ ކެމެއް. ކަލޭ ނިކަން ބަލާ ހުރޭ ﷲ އިރާދަ ކުރެއްވިއްޔާ ރ. ޔާމިން މިނިވަންވާނެ ދުވަސް ވަރަށް ކާޜި. ތިޔަކަހަލަ ދެއްކުން ތެރިންގެ ޕާރޓީ ތައް މިގައުމުގަ އޮންނަން އަހަރުމެން ބޭނުމެއް ނޫން.

    66
    1
  11. ހައިރާން

    މަގޭ ހިތަށް އޭރުވެސް އެރިއޭ މީނާ ނުވާނެއޭ ދީނީ އިލްމުވެރިއަކަށް. އެހެންވެގެންނޭ ސައޫދީންވެސް ދީނީ އިލްމުވެރިންގެ ލިސްޓުން މީނާ ވަކިކުރީ. އަދި ފަހަރެއްގައި އަނގަގަދަ މިތުރަށް ވެދާނެއޭ ހީކޮށްގެން ހުއްޓާ މިފެންނަނީ އެ މަންޒަރޭ.

    73
    1
  12. ހުސެން

    މީނާ އެއުޅެނީ ބޮނޑިއެއް ނުބޮވިގެން ކަންނޭނގެ ކަންނޭނގެ

    61
    1
  13. ހިމާރުލްގައުމު

    ކަލޭ ތިއީ ދީން ވިއްކައިގެން ކައިގެން ބޮއެގެން އުޅޭ އިންޑިއާ ކުލީ އަޅެއް.

    70
    1
  14. މުހައްމަދު ހަނީފު

    އަހަރެން ހަމަހައިރާންވޭ ކަލޭ ކަނޑުން އެއްގަމައްއަރާ ވާހަކަ ދައްކަންފެށީމަ ކަނޑުގެރި ނުވާނެ އެއްގަމައް އަރަން ކޮއްޓަކައް ލާހައްޔަރުކޮއްފާނެ އާންމުކޮއް ކަނޑުގަ އުޅޭ އެއްޗެހީގެ އަމަލުތައް ހުންނާނީ ބޮޑެތި އެއްޗެހި ކުދި އެއްޗެހިކާލާ އުސޫލު ހަމަޔެއްލަމަޔެއް ނޯންނާނެ

    52
    2
  15. ޙުތރ

    ދީނުގެ ވިޔަފާރި ރާއްޖޭގަ ކުރާ ހަމައެކަނި ޕާޓީ

    59
    1
  16. ޢަބުދުﷲ

    ތިޔަ ބޭފުޅާ ހާސިލު ކުރެއްވީ ޢިލްމާއި ފެންވަރާއި މެދުގައި މިއަދު ސުވާލު އުފެދޭ ދީނުގެ ޢިލްމު ލިބިފައިވާ ބޭފުޅުން އެއީ ކަންކަމާއި ގުޅުވައިގެން ރައްދު ދޭ ބަޔަކަށް ވާ ނަމަ އެއީ ނުރައްކާތެރި ކަމެއް ރަނގަޅުވާނީ ކެއްތެރި ކަމާއެކު އެ ދިމާވި ކަމަކާއިގުޅުވައިގެން އޯގާތެރި ކަމާއެކު ނަސޭހަތް ތެރި ވުން އެއީ ދީނަކީ އެއީ ޢިލްމުވެރިޔާ ގެ އިލްމުވެރިކަންސާބިތުވާ ގޮތަކީ އިޔާޒު އަށް ވަރަށް ވެދުންޝުކުރިއްޔާ🇲🇻

    56
  17. ތައްޓޭ

    މިއާޓިކަލްގައި ޕީޕީއެމް މުޒާހަރާގެ ތެރެއަށް ވަދެގެންކަމަށް އޮތުމަކީ ވަރަށް ބޮޑު ޖޯކެއް، އެގޮތައް ކަމަށްވާނަމަ ތިބުނާ މުޒާހަރާއަކަށް ހާދަ ގިނަބަޔަކަށް ވަދެވިފަވާނޭ، ތަހުޒީބު ބައެއް ކުރާނެކަމެއްނޫން މީހުނާ ފޮށި ގަނާ ކުރުމަކީ އަހަރެންގެ ދީންވެސް މަނާކުރާކަމެއް، ކޮންމެ ގޮތެއްވިޔަސް ޑރ.އިޔާޒު ވާނީ ރާއްޖޭގައި ތިބި އިސްލާމީ ތަޢްލީމް އުގެނިގެންތިބި ބޭފުޅުންގެ ތެރެއިން އަރާހުންނެވި ބޭފުޅަކަށް އެފަދަ ބޭފުޅުންނަށް އިޙުތިރާމް ކުރަންވާނެ

    5
    56
    • ދޮކްތޫރު

      އެބޭ ފަހާގަތީމަ ބިރުން ތެޅިލާފަ ހުރި އިނގޭ. ކިރިޔާ ކަހާލައިގެން 4 ބިހުގެ ބިސްގަނޑެއް ޖެހޭހެން ނުޖެހުނީ. މަގޮލާ ހީހީ. ދީނޭ ކިޔާފަ އަނގަ ގަޅާއިރު އަޙްލާޤް ނެތުނީމަ މީހުން ފޮށޭނެ ، ގާނާވެސް ކުރާނެ.

      22
    • ޓުއްޓު

      ބައްލަވާ ޢިލްމުވެރިންނަށް ކުރާ އިހްތިރާމް ޖުރަނީ ހޯދާ ސެޓިފިކެޓަކަކަށްނޫން. މީހާއަށް. މީހާއަށް ކުރާނީ އޭނާގެ އަމަލާ ބަހަށް. ވަރަށް ކުރުކޮށް މިބުނީ

      18
      1
    • ޖަންބޭ

      ކޮންތާކަށް އަރާ؟ އޭނަ ނުޖެހޭތަ އެހެންމީހުނަށް އިޙްތިރާމް ކުރާކަށް؟ އިހްތިރާމް ލިބޭނީ އިޙްތިރާމް ދޭން އެނގޭ މީހުންނަށް.

      15
  18. ކަން

    އަހަރެން މީ އެއްގޮތަކަށްވެސް ތި އިޔާޒަށް ތާއީދުކުރާ މީހެއް ނޫން. އަހަރެން ގަބޫލުކުރާ ގޮތުގައި ތީ ފިތުނަވެރިކަމުގެ ތެރޭގެ ފިތުނަވެރި ދަރިޔެއް. އެކަމަކު އެކަހަލަ މީހުން ފަހާ ދުވުމަކީ އަހަރެން ތާއީދުކުރާ ކަމެއް ނޫން ! މިފަހަރު އެ އަންހެންވެރިންގެ ޕާޓީން އެހެދަން ފެށީ ގޯސް. މަވެސް ބުނާނީ އެއީ ޓެރަރިޒަމްއޭ

    9
    38
  19. ޓިނު އަދުރޭ

    މަނީ އެކްސްޗޭންޖް ހުންނަހެން ދީނީ އެކްސްޗޭންޖް ވެސް އެބަހުރޭ. ދީނީ އެކްސްޗޭންޖު ތަކުން މިކުރާ ކަމަކީ ސިޔާސީ ބޭނުމަށް ކެމްޕެއިން ކުރަން ބޭނުންވާ ފައިސާ ގެ ބަދަލުގައި ދީން ވިއްކަނީ . މިހެންވެ މިވެރިން އަޑުގަދަކޮށް ކުރާ ދަޢުވާއަކީ ދީނާ ސިޔާސަތު ވަކި ނުކުރެވޭނެ ކަމަށް ކުރާ ދަޢުވާ . އެހެންތާ ވާނީ އެކަން އެހެން ވެއްޖެއްޔާ ދީނީ އެކްސްޗޭންޖް ތަކުގެ ބޭނުން ދިއައީނު

    36
    1
  20. އއ

    މިޔޭ ދީނުގެ ހުރުމަތް ކަނޑާ ދޮގުވެރިންނަކީ.! ރަނޑުއަންހެނުންތަކެއް މީނަފަހަތުން ދުވީމަ އެވީ ޓެރަރިސްޓް ޖަމާއަތަކަށް؟ ދެން އެމެރިކާއަށް ކިހާފަސޭހަވާނެ ތުނބުޅިލީ އެއްމެން ޓެރަރިސްޓުންނައް ހަދަން؟؟

    41
    1
    • ކެރޭ ޢަބްދުﷲ

      އިއާޒަކީ ސޭހުގެ ތާޖު އަޅުވައިގެން ހުރި ބޮޑު މުނާފިގެށް. ހެދެވިހާ ދޮގެއް ދަނީ ހަދަމުން. ތިމާމީހާ ހީކުރަނީ ތިމާމީހާ ދައްކާ ވާހަކަ ރަޔިތުން ގަބޫލު ކުރާނެ ކަމަށް. ތިދަކާ ވާހަކައެށް ރަޔިތުން ގަބޫލެއް ނުކުރާނެ. އަދާލަތު ޕާޓީ އަކީ މިހާރު މުނާފިގު ޕާޓީ.

  21. ކްބާ

    އެހެންވެ މިބުނަނީ މީނާ މީ ޝޭހެތް ހެއްޔޭ ސުވާލު އުފެދޭތީ އަހާލީ

    47
    2
  22. Anonymous

    ދީނީ އިލްމުވެރިންގެ އަގު ވެއްޔާ މޮޑެވިގެންދާ އެންމެ ބޮޑު ސަބަބަކީ މާ ބޮޑަށް ސިޔާސީވުން!

    48
    2
  23. ކަމަނަ

    ދީނީ އިލްމުވެރިންގެ ލޭބަލް ޖައްސަވައިގެން އުޅޭ ޢިލްމުވެރިން ޒާތީ ވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެެވެ.

    45
    1
  24. އިޔާޒް

    މަށަށް ހީވަނީ ބޮޑަށް ޓެރަރިސްޓަކާ ވައްތަރީ މަށާ ހެން.

    31
    1
  25. އައިމަން

    މިކަލޭގެއަކީ މީ ގިންތި ކުރަންވެސް ދަންނަ އަރާހުރި މީހެއްދޯ؟ ދީނީ ޢިލްމުވެރިންނަށް ބަދުބަސް ނުބުނުމަށް ޙަދީސްގައި ވަނީ، އެކަމު މިއީ ދީނީ ތާކިހާ އަޅައިގެން ހުރި މުނާފިގެއްކަން މިހާރު މި ޔަގީންވީ.

    43
  26. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    ޢިޔާސް އާއި އިމްރާން ގެ ދުލުގެ ސަބަބުން އަދާލަތު ޕާޓީގެ އަގު ވެއްޓެނީ. ދީނީ ޢިލްމުވެރިންނަކީ ބަސްމަދު ބަޔަކަށް ވާންޖެއެވެ. މިބުނީ ބޭކާރު އަނގަތަޅާ ބަޔަކަށް ވެގެން ނުވާނެ ވާހަކައެވެ. މީހަކު ކޮންމެ ފަދަ ނޭދެވޭ ޢަމަލެއް ހިންގިޔަސް، މަޢާފު ކޮށްފައި، ކުރިޔަށް ދެވޭ ބަޔަކަށް ވާންޖެހޭނެއެވެ. އިމްރާން ވެސް އިބޫ އަށް ވައިޖެހުން ނޫން ކަމެއް ޓްވީޓަރު ގައި ނުކުރެއެވެ.

    39
  27. މުފައްކިރު

    ލިބިފައިވާ ޢިލްމަށް ވުރެ ޙަސަދަ ވެރިކަން ބޮޑުވީމާ ގޮވޭނީ ކޮސް.

    46
  28. ބީޓޭ

    ހެހެހް ތީއެޖަމާއަތުގެ ބޮސް ވީމައެކަން އެންމެރަނގަޅައް އެނގޭނީ ހަމަތިބޭޅާއަށް. އިލްމުގެ ބޭނުމަކީ ރ ޔާމީންއާ އަޅައިގަނެގެން އުޅުންތޯ؟

    38
    1
  29. Anonymous

    ބޭފުޅާގެ ވާހަކަ ފުޅު ހުރީ ހައްދުފަހަނައަޅާ އަށް އަރާފައި@ ޕާޓޭންގެ ގެ ދަރަޖަ އަށް

    38
    1
  30. ތުންދިގު

    އެހެންމީހުންނަށް ޓެރަރިޒަމްގެ ތުހުމަތު ކުރާއިރު މި ކަލޭގެއަކީ އުސާމާ ބިން ލާދިންއަކީ މުޖާހިދެކޭ ކިޔައި ތައުރީފުކޮށް ދިވެހި ޖީލެއްގެ ބޯ ކާލި ފަނިތަކުގެ ތެރެއިން އެކަކު.

    29
    1
  31. ޖުލައި

    ހެންވިއްޔާ މީވެސް ޓެރަރިސްޓެއް

    32
    2
  32. ޖޯރޭ

    ސިޔާސީ ޕާޓީއަކާމެދު ޓެރަރިސްޓް ޖަމާއަތެއްގެ ލަގަބު އެޅުވުން ބަލައިނުގަނެވޭ. މީނާގެ މައްސަލަ ބެލުމަށް ޕީޕީއެމްއަށް ގޮވާލަން.

    38
    1
  33. ކިޔުންތެރިޔާ

    ދީނީ ތާކިހާ އަޅައިގެންއުޅޭ ޖާހިލު އިންސާނާ. ޔާމީނަށް ކަލޭ ތިވަރަށް ނަފުރަތުކޮށްފަ، ލިވާތު ޕްރޮމޯޓުކުރާ ސަރުކާރުގެ ޕްރޮޕެގެންޑާ ހިންގަމުން ދުވާކަށް ލަދެއްވެސް ނުގަނޭތަ؟

    39
  34. ޗާގޯސް

    މިއަކީ އިލްމުވެރިއެއް ނޫން ފައްކާ ޖާހިލެއް..

    36
    1
  35. އިސްޢާފް ސަލީމް

    އޭނަ ސައިކަލުގައި ދަމުން މަޑުކޮށް އެއްފައި ބިމުގައި ޖައްސާފާ " ބާރަށް ތެޅޭ" މިގޮތަށް ބުނެ ދިމާކުރީމާ މުޒާހަރާގެ ބައިވެރިން އޭނަޔާ ދިމާކުރީ! މީނައަކީ ފައިސާފޮއްޗެއް ލިބޭނޭގޮތެއްނެތި ވަހުތާނެއް އެނބުރޭހެން އެބުރެމުންއައި ކޫދެއް! މިއަދު މުސާރަލިބެންފެށީމާ މުސާރަ ދިފާޢުކުރަން ކުރަންޖެހޭކަންކަން އޭނަ އެ ކުރަނީ! ޙަޤީޤަތުގައި އިޔާޒަކީ ޖަހުލަށްވުރެ ސުންޕާ މީހެއް! މުޖުތަމަޢު ބަލައިގަންނަމީހެއްވެސް ނޫން! އެހެންވީމާ މީނަގެ ނަން ގިނަމީހުން ކިޔާނީ މިކަހަލަ ސުރުޚީ ހަދައިގެންކަމަށްވާތީ އެގޮތް އޭނަ އެ ބޭނުންކުރަނީ! މާތްﷲ އަށްޓަކައި ފަނޑިޔާރުން ޢަދުލުވެރި ޝަރީޢަތެއް ހިންގައިފިނަމަ މާތްﷲ ގެ ރަޙުމަތްފުޅާއެކު ރައީސް ޔާމީން މިނިވަންވާނެ! މިހާރު ކްރިމިނަލްކޯޓުގައި ހިނގާ ޝަރީޢަތުންވެސް އެކަން ވަރަށް ސާފު! ހައިކޯޓުގައި ހިނގާ ޝަރީޢަތުން އަދި އެކަން މާ ސާފު!

    22
    1
  36. ×ޮއދޮިެ

    އިބޫ ޖަހުލު ފަހަތު އުޅޭނީ މިކަހަލަ "ފޭކް ސަނާ"ކިޔާ މީހުން

    25
    1
  37. ސަލާމް

    ޔާމީންގެ ޝަރިޢަތަކީ ކުޑަކުއްޖަކަށްވެސް އެގޭނެފަދައިން ސިޔާސީ ޝަރީޢަތެއް. ސިޔާސީ ޙުކުމެއް.ޔާމީންއަކީ ސަރުކާރު ޖެހިލުންވާމީހެއް. ބިރުގަންނާނެ.ސިޔާސީ ޝަރީޢަތަކީ ޔާމީންއާ އިދިކޮޅު ކީއްކުރަން މުޅި އެމްޑީޕީ އަށާ އެމްޑީޕީ އަށް ބައިއަތުހިފައިގެން ތިބި އެމެން ކައިރީން އެހިއަސް ބުނާނީ މިނިވަންނުވނެޔޭ. ިކޮންޓްރޯލް އޮތީ ސަރުކާރުއަތުގައި. އެބާރަކީ އެމްޑިޕީ އާމުޅި ސަރުކާރު އަތުގައި އޮތްބާރެއް.

    20
    1
  38. ޜައްޔިތުމީހާ

    ޖަޒުބާތުގަޖެހިގެން ނަމަވެސް އެއްވެސްބައެއްގެބޮލުގަ ޓެރަރިޒަމްގެ އިލްޒާމް އެޅުވުމަކީ ވަރައްބޮޑުމައްސަލައެއް

    19
    1
  39. Anonymous

    މީނަގެއުޅުމާއިއެއްމެ ވައްތަރުމީހަކީ މޔނާސިރާ !!

    13
    1
  40. އަބުޅޯ

    މިތަނުގައި ކޮމެންޓުކޮށްފައިހުރި މީހުންގެ ކޮމެންޓުތަކުންވެސް މަށަށް އެނގިއްޖެ ޑރ. މުޙައްމަދު އިޔާޒު ޢަބުދުއްލަޠީފް އަކީ އޭނަ ޙާސިލްކޮށްފައިވާ ތަޢުލީމާއި ގާތްކުރާ މިންވަރަށްވެސް ރަނގަޅު ތަރުބިއްޔަތެއް ނެތް މީހެއްކަން. ފަހަރެއްގައި ވެދާނެ އޭނާ އުޅެ ބޮޑުވި މާޙައުލުގައި އަށަގެންފައި އޮތް ތަރުބިއްޔަތު މީނަގެ ގައިގާވެސް ހަރުލާފައި ހުރީކަމަށް.

    21
    1
  41. މަރޮށި އަލީ

    އިލުމުވެރިންނަކީ ތިފަދަބަދުބަސް މުއްސިމުުންނާދިމާލަށް ބުނާނެބައެއްނޫ. ތިއީހަމަ އިލުމުވެރިއެއްރަ؟

    10
  42. Anonymous

    💯💯💯

    5
    2
  43. އަދާލަތު

    އިޔާޒަކީ، ޤާނޫނާއި ޤަވަޢިދަށް އިޙުތިރާމް ނުކުރައްވާ، ނުދަންނަވައްތަރެއްގެ ދީނީ ޕީއެޗްޑީ ހޯލްޑަރެއް. އަމިއްލަ އެދުމުގެ ލާމަސީލު ލީޑަރެއް.

    14
  44. 2023 ޔާން

    ކަލެ އަށް ވުރެއް ބޮޑީ ﷲސުބްޚާނަޙޫ ވަތައާލާ..

  45. އސސ

    މިއީ އިންޑިއާ ކުލީ ޕަންޑިތެއް.

    13
  46. ސޫއޫދު

    ޢިމްރާން ބޭރުކުރޭ މިހާރުމިއެގުނީ އަދާލަތު މީހުންސަރުކާރުތެރެއިން ނުފޫޒްފޯރުވާ ހިންގާ ޖަރީމާއެއްކަން އަދާލަތީ ޓެރެރިސްޓްޖަމާއަތެއް ގޮގޮތުގަ މާފަސެހައިންބަލާގައްނާނެދުނިޔެއިން މިޖާމާއަތުގެ މީހުނައްދަތުރުނުކުރެވޭނެރާއްޖޭގެ ރައްޔިތުންގޮވަންފެޝީމާ ތިގޮވާގޮތައް އޭރުން ރާކަނިމަސްކެވިފައޮއްނާނީ

  47. ފާރިސްް

    މިގޮލާ ފެނުނީމަވެސް ޖަހަނީ ބިރުވެރި ވައްތަރެއް، އިސްލާމްދީނަކީ ސާފްތާހިރުކަމާ، އޯގާތެރިކަމާ، ރިވެތި އުސޫލުތަކެއް ހިފާއްޓާ ދީނެއް، އެވަރު މިމީހާއަށް އެނގޭކަމެއް ހިޔެއްނުވޭ

    10
  48. ޙަސަން

    މީނާއަކީ އިސްލާމީ އަޚުލާުގުގެ އެންމެ އަކުރެއް ވެސް ދަންނަ މީހެއްނޫން. ޒާތީ ތައައްސުބުން ފުރިގެންވާ ޖާހިލޭ ވެސް ބުނެވިދާނެ.. މިރާއްޖޭގައި މީނަޔާ ޒައިދާ ނޫނަސް ޝައިޚުން ވެސް އެބަތިބި. ކަލޯ މަޅި މައްޗަށް ހުނިއެޅުމާ ކުޅަދުރު ހަތަޔަށް އޮއްގާ އުކުމަކީ ދީނީ އިލްމުވެރިން ކުރާކަމެއްނޫން. ތިއުޅެނީ މައިނަކަށް ފައިން އެރިގެން.

    12
  49. ކަލޯދަރި

    އިޔާޒް ތަޤުރީރެއްގައި ބުނެފައިވޭ ބަޔަކު ރުޅި ފާޅުކުރިޔަސް ތިމާމެމް ބަދަލަށް ބަސްބަސް، ޚާއްސަކޮށް ނޭއްގާނީ ބަސް ނުބުނާށޭ. ދެން ދީނީ އިލްމު ދަންނަކަމުގެ ސަނަދުއޮވެ މިފަދަ ބުނުން ބުނީމާ ހުތުރު. ބަޔަކު ފަހަތުން ދިމާކުރީމާ އެކަމާ އަޅުގަނޑު ހިތްހަމަ ނުޖެހުނު. އެކަމަކު މި ބަސް އިވުނީމާ އިޔާޒާ ނުރުހެވިއްޖެ

    13
  50. ާދަލޭކް

    ކަލެޔަކީ ކޮން ޖަމާއަތެއްގެ މީހެއްތަ ތީ ޢިލްމެރިންނާ ޝޭޚުންގެ އަމަލު ހުންން ގޮތެއް ނޫން އިލްމުވެރިން ތިބެންވާ ގޮތް ދަސް ކުރަންވީނުން އިލްމުވެރިންނޭ މީހުންވީ މުފުތީމެން ކަހަލަ މީހުނައް ތިކަހަލަ ވާހަކަ ދައްކާމީހުނަށް ކިޔާނެ ނަމެއް ހޯދަން ޖެހޭނީ.

  51. އުމަރު ނަސީރު

    ޔާމީނު އަކީ ބޮޑު ވަގެއް ވައްކަން ނުކުރާ ކަމަކަށް ނުވާނެ ކިތައްމެ ވަރަކަށް ފޮނު އެރުވިއަސް ޔާމީނު 5ތަރީގެ ޖަލެއްގައި އެއޮތީ ވައްކަން ކުރިކަމަށް ސަރިއްޔަތަށް ސާބިތުވެގެން ހެކި ލިބިގެން

  52. ބަނީ

    އިޔާޒު އަކަށް ނޫންއިގޭނީ މިނިވަންވާނެ ގޮއި…. 1 މޭއި ހަދާން ނެތުނީބާ … ދީނޭ ކިޔާގެން ތިމާބޭނުން ފަތުވައެއް ނެރެވޭތަ …. ހަމަ ހަވަރަށް ދޭންވީ

  53. ޝޮކްތެރަޕީ

    އަދާލަތު ޕާޓީ ދުވަނީ އިންޑިޔާގެ ހަދިޔާ ދޮލަގު ފަހަތުން.

  54. Anonymous

    އިޔާޒު ފަހަތުން ޔާމީން މިނިވަންކުރޭ ޖެހި ބޯޑެއް ހިފައިގެން އަންހެނަކު ހިނގީމަ ޓެރަރިސްޓް ޖަމާއަތަކަށް އެއަންމީހާ ނިސްބަތްވާ ޕާޓީ ހެދީ ދީނުގެ ކޮން ދިމާލަކުން ހުކުމް ނެރެގެންތޯ. މަސްތުވާތަކެތި ބޭނުންކޮށްގެން ރޭޕްކުރަމުންދާ މީހުންނާއި އެއްޖިންސުން ގުޅުން ހިންގާ މީހުންނާއި ފާޅުގައި ވަތަން ފޭރި ބަނޑަށް އަޅާ މީހުންނާއި މިއެންމެނަށް ހިމާޔަތް ދޭ މީހުންނަށް އިޔާޒު ހިމާޔަތްދީ އެކަމަށްރުހެނީ ކޮން ހަމަޔަކުންތޯ.

  55. އަބްދޫ

    ތިޔަހެން ބުނާއިރު ހޭލާތިބެގެން އަފްރާސީމް އަވަހާރަކޮށްލީ ކޮންބައެްއް ތިޔަބޭފުޅާގެ ތާއިދު އޮއްސާ ޖަމާއަތަށްވުރެ ބޮޑަށް ދިވެހިގައުމުގަ ގޭންގް ހަރަކާތްތަކާއި ޓެރަރިސްޓް ހަރަކާތް ހިންގާ ބަޔަކު ރާއްޖޭގަ ނޫލޭ. ކުޑަހެންވޭރަޢި ގަލޮޅު މަސްއޮޑި ގޭންގް އެއީ ކޮންބައެއްގެ ހަރަކާތެއްތަ؟

  56. އެ ވީޑިއޯ ފެނިފައި ހިތަށް އަރަނީ......

    ޤައުމުގެ އަންހެނުންގެ އަޚުލާޤު ވެއްޓިފައިވާ ދަށު ދަރަޖަ އެވެ. ކަމުވޮށިގެންވާ ބޮޑު ފިރިހެނެއްގެ ފަހަތުން ރޯމާ ދުވާލު މަގުމަތީގައި ހޯބޯލަވާ ހަޅޭލަވަމުން ދެބައި ޢުމުރުން މަތީގެ އަންހެނަކު ދުވެނެގުމަކީ ވަރަށްވެސް ދަށުދަރަޖައިގެ ޢަމަލެކެވެ. ހިތަށް އަރަނީ އެއަންހެންމީހާގެ ދަރިން އެބަތިބި
    ބާއެވެ؟ ތިބިނަމަ އެވަގުތު އެދަރިން ތިބީ ކޮބްތާކުބާ އެވެ؟ އެފަދަ މީހުންނަށް ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތު ނުކުރެވޭނެކަން ޔަޤީނެވެ!

  57. the Maldivians

    މާ ފުއްޕަންޔާ ޕީއެޗްޑީ ނެގި ގޮތް ފަޅާ އަރުވާލަން ޖެހިދާނެ ޓުވިޓަރ ގަ

  58. ޝާން

    މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއަކީ ފެންވަރުދެރަ ތަނެއްކަން މިދަނީ ހާމަވަމުން.

  59. ފަސީ

    ކީރިތި ރަސޫލާގެ ސުންނަތަށް ބެލުމަށް އިޔާޒްއަށް ނަސޭހަތްތެރިވަން. ތޯއިފަށް އެކަލޭގެފާނު ފައިމަގުގައި ވަޑައިގެން ދީނަށް ގޮވާލެއްވީމަ އެރަށުގެ މީހުންގެ ފަރާތުން ލިބުނު އަނިޔާއާއި ހިތް ދަތިކަމަށް އެކަލޭގެފާނު ރައްދުދެއްވީ ކިހިނަކުންކަން އިޔާޒަށް ހަނދާންކޮއްދޭކަށެއް ނުޖެހޭނެ. އެކަމަކު އެ ހާދިސާގައި މުސްލިމުންނަށް ފިލާވަޅެއް އެކުލެވިގެންވެއެވެ. އެކަލޭގެފާނު އެ ރަށުގެ މީހުންނަށް ބަދްދުއާއެއް އަދި ހިތްބުރަކަމެއްގެ ބަސްފުޅެއް ވިދާޅެއް ނުވެއެވެ. އެކަމަކު ކުރެވީ ހެޔޮ ދުއާ އެވެ.

  60. ކެރޭ ޢަބްދުﷲ

    އިއާޒަކީ ސޭހުގެ ތާޖު އަޅުވައިގެން ހުރި ބޮޑު މުނާފިގެށް. ހެދެވިހާ ދޮގެއް ދަނީ ހަދަމުން. ތިމާމީހާ ހީކުރަނީ ތިމާމީހާ ދައްކާ ވާހަކަ ރަޔިތުން ގަބޫލު ކުރާނެ ކަމަށް. ތިދަކާ ވާހަކައެށް ރަޔިތުން ގަބޫލެއް ނުކުރާނެ. އަދާލަތު ޕާޓީ އަކީ މިހާރު މުނާފިގު ޕާޓީ.

  61. ބަރުދަމާނިޒާމު

    މިއިޔާޒަކީ ބޮޑު ދީނީތާކިހާ އަޅައިގެންހުރި ޓެރަރިސްޓެއްކަން މީނަގެ ކީހިލިފަތް ދޮށުންވެސް އެބަހެކިދޭ......ކަލޭދޭ މިގައުމުގެ ޖާހިލު ޗޯރޭއާއިއެކު އިންޑިއާގަ ދިރިއުޅެން.

  62. ކަޅުސޮރު

    ދައްޖާލެއް މީނަޔަކީ އިލްމުވެރިޔަކަށް ވެގެން އުޅޭ