އެމެރިކާއަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހައިން ވިސާ ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޯނިއޯ ބްލިންކެންގެ އަރިހުގައި އެދިލައްވައިފިއެވެ.

މިނިސްޓަރު ޝާހިދު އެކަމަށް އެދިލެއްވީ އެމެރިކާގެ ވޮޝިޓަންގައި ގާއިމް ދިވެހިރާއްޖޭގެ އެމްބަސީއެއް ހުޅުވުމަށް އެ ގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މިނިސްޓަރު ކުރައްވި ޓްވީޓެއްގައި ވިދާޅުވީ ބްލިންކެން އާއި ބައްދަލުކުރައްވައި ރާއްޖެއާއި އެމެރިކާގެ ގުޅުން އިތުރަށް ވަރިގަދަކުރެވޭގެ ގޮތްތަކާއިމެދު ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

އެގޮތުން އެމެރިކާގެ ޔުނިވާސިޓީތަކުގައި ކިޔަވެވުމުން ފުރުސަތެއް ފަސޭހައިން ފަހިކޮށްދިނުމާއި ދެ ގައުމުގެ މެދުގެ އިގްތިސޯދީ ގުޅުން ވަރުގަދަކުރުމަށް މަޝްވަރާކުރެއްވި ކަމަށް ވިދާޅުވިއެވެ.

އަދި އެމެރިކާއަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހައިން ވިސާ ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށާއި މޫސުމަށް އަންނަ ބަދަލުތަކަށް ދެ ގައުމުން އެއްކޮށް މަސައްކަތް ކުރެވޭނެ ކަންކަމާއި އިންޑޯ ޕެސިފިކް ރީޖަންގެ ރައްކާތެރިކަން ވަރުގަދަކުރުމާއި ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ އެމްބަސީއެއް 2007 ވަނަ އަހަރު ވެސް އެމެރިކާގައި ހުޅުވިއެވެ. ނަމަވެސް އެމްބަސީއަށް ކުރަން ޖެހޭ ޚަރަދުތައް ބޮޑުވުމުން 2008 ވަނަ އަހަރު އެމްބަސީ ވަނީ ބަންދުކޮށްފައެވެ.

2020 ވަނަ އަހަރު އެމެރިކާގެ އޭރުގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ރާއްޖެއަށް ކުރެއްވި ދަތުރުގައި، ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ހުޅުވަން ނިންމާފައި ވާކަން އިއުލާނު ކުރެއްވާފައިވެ އެވެ. އެމެރިކާގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.

މިހާރު އެމެރިކާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހުންނަވަނީ ސްރީލަންކާ ގައެވެ. އެމެރިކާ އިން މިހާތަނަށް ރާއްޖެއަށް ކަނޑައަޅަމުން އައީ ނޮން ރެސިޑެންޓަލް ސަފީރެކެވެ. ނަމަވެސް ރާއްޖޭގައި އެމްބަސީއެއް ހުޅުވުމުން އެމެރިކާގެ ރެސިޑެންޓަލް ސަފީރެއް ރާއްޖެއަށް ކަނޑައަޅާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ދުނިޔޭގައި އޮތް އެންމެ ބޮޑު ޓެރަރިސްޓް ދައުލަތަށް، ދާހިތެއް އަހަރެން ނެތީން. އެއީ އަދި ހިލޭ ދެވޭ ކަމަށް ވިޔަސް.

    • ހަނޫމާން

      ކަލޭ ހުރެބަލަ މަ މި ނައްޓާލީ ޔޫއެސްއޭ ޖޮބައް

  2. Anonymous

    ކަލެއަށް ދެވޭނީ އެމެރިކާއަށް ވިސާ ލިބުނަސް..އަހަރެމެން މިއުޅެނޯ އަގަޔާއި އަތާއި ދިމާނުވެގެން.

  3. ކޮވެލި

    އެމެރިކާއަކީ ދުނިޔޭގެ އެންމެ ބޮޑު ޓެރަރިސްޓު ގައުމު އެތަނަށްދާކަށް ދިވެހިން ނޫޅޭ ހޭބަލިނުވޭ.

  4. ޕަޕެޓޯ

    ދިވެހި ގައުމަށް ޑީމޮކުރޮސީ ގެންނަންވީ ދޯ؟ ޗައިނާ ޢާއި ދެކޮޅު އިއްތިހާދުގައި ބައިވެރިވަނީ ދޯ؟ އެމެރިކާ އެމްބަސީ ތީ ކީއްކުރާ ތަނެއް؟ ކަލޭމެންގެ ފޮރިން ޕޮލިސީ ކޮންޓުރޯލް ކުރަނީ ގެރި މޯދީ އެއް ނޫންތަ؟ ގޮރު މޯދީގެ އެދިލެއްވުމަކަށް ކުރާ ކަމަކާ ވައްތަރީ. ޟާހިދު އަށް އެމެރިކާގެ ނައިބު ރައީސްކަން ދޭންފެނޭ.

  5. 😡😡😡

    އެލޖބޓީ ފާޅުގައި ފަތުރަން ވައުދުވި ޔަހޫދީ ޓެރަރސްޓެއް ކައިރީ އެހުރީ ގޮސް