1988 ވަނަ އަހަރުގެ ނޮވެމްބަރު 3، ވަނަ ދުވަހު ތަމަޅައިގެން ހަނގުރާމަވެރި ޖަމާއަތަކާއި ގުޅިގެން ރާއްޖޭގެ ވެރިކަން ވައްޓާލަން ދިން އުދުވާނީ ހަމަލާގެ އެންމެ އިސް މޭސްތިރިޔާ، އަބްދުﷲ ލުތުފީގެ މައްޗަށް އެމައްސަލައިގައި އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ އެވެ.

ނޮވެމްބަރ 03 ގެ ހަމަލާ އާއި ގުޅިގެން ލުތުފީގެ މައްޗަށް ވެސް ފުރަތަމަ އިއްވީ މަރުގެ ހުކުމެވެ. ނަމަވެސް އެމައްސަލައިގައި މަރުގެ ހުކުމް އިއްވި އެހެން މީހުންގެ ހުކުމް ވެސް އޭރުގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް 25 އަހަރުގެ ޖަލު ހުކުމަކަށް ބަދަލު ކުރީއެވެ.

ލުތުފީ ޖަލުގެ ހުކުމް ތަންފީޒުކޮށް ނިމުނު ނަމަވެސް އޭނާ އަދި މިނިވަނެއް ނުވެއެވެ. ލުތުފީ މިހާރު ތަންފީޒު ކުރަމުންގެންދަނީ، ނޮވެމްބަރ 03 ގައި ދިން ހަމަލާ އާއި ގުޅިގެން ޖަލަށް ހުކުމްކޮށްފައި ވަނިކޮށް އޭނާ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލައިގެން އުޅުނު މައްސަލައިގައި އިއްވި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެވެ.

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށް ހޯމް މިނިސްޓްރީން ލުތުފީއަށް ދޫކުރި އެއް އަހަރު ދުވަހުގެ ޓްރެވަލް ޑޮކިއުމެންޓެއްގެ ދަށުން އޭނާ އަމިއްލަ ހަރަދުގައި ބޭސްފަރުވާ ކުރަން ލަންކާއަށް ދާން ޖެނުއަރީ 16، 2010 ގައި ފުރި ގޮތަށް އުޅުނީ ސްރީލަންކާގައެވެ.

ލުތުފީ ހޯދައި ހައްޔަރުކޮށް އޭނާގެ ހުކުމް ތަންފީޒުކުރުމަށް ފުލުހުންނާއި ކަރެކްޝަންސްގެ މައްޗަށް މާޗު 2012 ވަނަ އަހަރުގެ ކްރިމިނަލް ކޯޓުން އަމުރެއް ވެސް ނެރުނެވެ. އެއަރުމާއި ގުޅިގެން ލުތުފީ ހޯދަން ފުލުހުން އިންޓަޕޯލް މެދުވެރިކޮށް ރެޑްނޯޓިސް ވެސް ނެރުނެވެ.

ފިލައިގެން އުޅޭތާ ނުވަ އަހަރު ފަހުން ލުތުފީ ރާއްޖެ ގެނައީ، ލަންކާގައި ދިން އީސްޓާ ބޮމުގެ ހަލަމާތަކާ ގުޅިގެން އެ ގައުމުގެ ސިފައިން ފެށި އޮޕަރޭޝަނާއެކު، މެއި 1، 2019 ގައި އޭނާ އަމިއްލައަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީއާ ހަވާލުވެ އެތަނުގައި ދިރިއުޅެމުންދިޔަކަން ފަޅާއަރުވާލުމުންނެވެ. ދިވެހި އެމްބަސީއަށް ލުތުފީ ދިއުމުން ވެސް ދިވެހި ސަރުކާރުން އެކަން އިއުލާން ނުކޮށް އޭނާ ފޮރުވައިގެން ދެމަހެއްހައި ދުވަހު އުޅުނެވެ. އެެންމެފަހުން އޭނާ ރާއްޖެ ގެނައީ އެމައްސަލައިގައި ދިވެހި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވުމުންނެވެ.

ފިލައިގެން އުޅުނު މައްސަލައިގައި ލުތުފީގެ މައްޗަށް ހުކުމް އިއްވީ 2021 ވަނަ އަހަރުގެ މާޗް 10 ގައެވެ.

ލުތުފީ މިނިވަންވުމާއި އެކު ނޮވެމްބަރ 03 އާއި ގުޅިގެން ބަންދުގައި ތިބި އެންމެން މިނިވަން ވީއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ކަކުނި

    9 އަހަރު ޖަލުން ފިލައިގެން އުޅުނީމަ 7 މަހުގެ ޖަލު ހުކުމެއް. ކިހާ ތާހިރު!

    66
    3
  2. ްއަލީ

    ފިލައިގެން އުޅުނު މުއްތަދު ގޮޅީގައި އޮންނަން ޖެހޭނެ
    ފިލީމަ 7 މަސް ޖެހިޔަސް ނުވާނެ
    މި މައްސަލަތަ ބެލޭނެ ދުވަހެއް ބޭނުންވޭ

    54
    1
  3. ކޮވިޑް

    މަރުހަބާ މައުމޫން. ކޮބާ 19 ދިވެހި ޝަހީދުންގެ އާއިލާ އަށް ލިބުނު ހިތާމަޔާ އަނިޔާތައް.؟ 19 ދިވެހިން ޝަހީދު ކުރި ބޮޑެތި އެންމެން މިނިވަން ކަމާ އުފަލުގަ.

    52
    1
  4. ހަސަނު

    މަހީކުރަނީ އުމުރަށްޖަލަށް ލުންކިޔަނީ މާރުވެދާންދެން ޖަލުގަކަމަށް. ...އެއީދޯއުމުރަކި...އެކަމު އެހެނެއް ނޫންތާމިވީކީ😔

    42
  5. ސަގަރޭ

    ދެން ވަޒީރުކަން ދީބަލަ މަޖާވާނީ އޭރުން ހުރިހާ ބާގީންތައް އެއްތަންވީމަ

    15
  6. ޜައްޔިތުމީހާ

    2010ވަނަ އަހަރު ކްލެމެންސީ ބޯޑްގަ އިސްކޮއްތިއްބެވި ބޭފުޅުންނައް އިންގޭނެ ފުރަތަމަ ނިންމަންއުޅުނީ ލުތުފީއައް މާފްދޭންކަން މިކަން ދޮގެއްނުކުރެވޭނެ. ނަމަވެސް މާފްދީފިނަމަ ރައްޔިތުންގެ ސަކުވާބޮޑުވާނެކަމައްދެކި ބޭސްފަރުވާއައްކަމައްބުނެ ފުރުވާލީ

    15
    1
  7. ޢައިޝަތު

    ދެން މައުމޫން ގެ ނުބައިކަން ވިސްނިބަލަ
    ކީއްވެ ގިސޯސް ނުހިފީ...

    15
  8. އަޙްމަދު

    9 އަހަރު ފިލީ
    އެންބަސީގައި ފޮރުއްވައިގެން ގެންގުޅުނީ، ބޮޑު ކުއްވެރިޔެއް...
    އަދަބް އައީ 7މަސް
    ބަފާބެ ވީމަ

    19
  9. ނިހާދު

    ދިވެހީންގެ ޓިކްޓޮކްގެ މެޖޯރިޓީއަކީވެސް ވަރަށް ސިކް ބައެއް. ކުރިން ރެއަކު ލަތީފާ ކިޔާ އައިޑީއަކުން ލައިވްވެ، 800 އަށްވުރެ ގިނަ މީހުންގެ ކުރިމަތީގައިވަނީ ކުޑަ ފިރިހެން ކުއްޖެއް "ރަނޑުކަމުން" ރޭޕްވި ސްޓޯރީ ކިޔާ، ވިކްޓިމް ބްލޭމްކޮށް ހިއުމިލިއޭޓްކޮށްފަ. ދެރައީ ލަތީފާއަކީ ޓިކްޓޮކް ކުއީން ހެދިގެން އުޅޭ ސަމާގެ ބެސްޓީކަމަށް ބުނާއިރު، އެކަމާ ދެކޮޅަށް އެއްޗެއް ނުބުނާކަން. އަދި މޮޑަރޭޓަރުންވެސް ދިޔައީ އެބިއުޒްގެ ވާހަކަ ނުދައްކަން ބުނާ މީހުން މިއުޓްކުރަމުން.

  10. ޒަރީނާ

    ރައީސް މައުމޫނު ރަނގަޅުކަމުން މަރާނުލާހުރީމަ...

  11. ނަސީމު

    ފިލައިގެން އުޅެންވީ ދޯ. 9 އަހަރު ފިލައިގެން އުޅެ، ގައުމަށް އެތައް ހަރަދެއް ކުރަން ޖެހުނީމަވެސް 7 މަހުގެ ހުކުން. މިބައިގަނޑު ޖުޑީޝަރީ އިސްލާހު ކުރާގޮތް ހާދަ ތާހިރޭ

  12. އއ

    ދިވެހިރާއްޖޭގެ ގާނޫނު ހަދާމަޖިލިސް އަކީ ހަމަ ބުއްދިހުރި މީހުންތިބިތަނެއްނޫން ! މިކުށާ ދެމީހަކު ރުޅިއައިސްގެން ތަޅާފޮޅުމުގެ ތެރޭގަ އެކަކުމަރުވުމާ މީއެއްފަދަ ކުއްބާ؟؟؟

  13. ފަލާޙް

    25 ހަމަކުރި ގޮތެއް ބުނެދެވޭނެތޯ! މެރި މީހުންގެ އާއިލާތަކަށް ލިބޭ އިންސާފަކީ ކޮބާތޯ؟ ﷲ ގެ ހަޒްރަތުގައި ޖަވާބުދާރީ ވެވޭނެތޯ؟ މާތް ﷲ މި ޤައުމުގެ ޖުޑިޝިއަރީގެ އިސްވެރިން ހަލާކުކުރައްވައި ސުންނާފަތިކޮށް، ދެ ދުނިޔޭގައި ވެސް ނިކަމެތި ކުރައްވާށި! އާމީން