ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަފާތެރިން އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ދަ ޑިމޮކްރެޓްސް ޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ އަދި ހުއްދަ ނުދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ މިރޭ ބޭއްވި އިލެކްޝަންސް ކޮމިޝަންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސް ޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދިނުމާއި ގުޅޭ ގޮތުން ނެގި ވޯޓްގައި އެޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދޭން ވޯޓް ދިނީ ދެމެންބަރުން ކަމަށާއި، ދެމެންބަރަކު ވޯޓް ދިނީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދޭން ނުފެންނަ ކަމަށެވެ.

"އެބޭފުޅުން ތުހުމަތު ކުރައްވާ ގޮތުގައި އަޅުގަނޑު މަސައްކަތް ކުރަމުން ގެންދަނީ ނުފޫޒެއްގެ ދަށުގައި ހުރެގެން." ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދޭން ނުފެންނަ ކަމަށް ވޯޓް ދެއްވި ދެމެންބަރުން ވިދާޅުވާ ގޮތުގައި ފޯމްތަކުގެ ސައްހަކަން ކަށަވަރުކޮށް ޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދިނުމަށް ތިން މަސްދުވަހުގެ މުހުލަތެއް އިލެކްޝަންސް ކޮމިޝަނަށް ލިބޭތީ އޭގެ ކުރިން އެހުއްދަ ދޭން ދެމެންބަރުން ބޭނުންފުޅެއް ނުވެއެވެ.

ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދިނުމާއި ދެކޮޅު ހައްދަވަނީ އިލެކްޝަންސް ކޮމިޝަންގެ ކޮން ދެމެންބަރުންނެއް ކަމެއް ފުއާދު ހާމައެއް ނުކުރެއެވެ.

ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުން ތިން މަސް ދުވަހަށް މަޑުޖައްސާލަން ވޯޓު ދެއްވީ ކޮމިޝަނަރު އަލީ ނަޝާތު އާއި މުހައްމަދު އާސިފް ކަމަށް މައުލޫމާތު ލިބެއެވެ. ފުއާދު އާއި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވޯޓު ދެއްވީ ރަޖިސްޓްރީކުރަން ހުއްދަ ދޭން ފެންނަ ކަމަށެވެ. އިލެކްޝަންގެ މެމްބަރުންގެ ތެރޭގައި ދެން ހިމެނިވަޑައިގަންނަވާ ކޮމިޝަނަރު މުހައްމަދު ޒާހިރު މި ވަގުތު ހުންނެވީ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ްއަލީ

    ގާނީގޮތުން ހުރިހާ ކަމެއް ފުރިހަމަ ކުރީމާ ވެސް....
    ވޯޓު ލިޔަސް ނަތީޖާ އަށް ވެސް ހަމަ ތިޔަގޮތް ދޯ މިފަހަރު އޮތީ...
    ވަރަށް އިންސާފު ވެރި...
    ޒީރޯ ޓޮލަރޭސް،،

    58
    2
  2. ްއަލީ

    އޯޑަރ އައީ ހުއްދަ އަދި ނުދިނުމަށް

    61
    1
  3. ހަންޑިކުޑަ

    ކުދިންނޭވެ! އަތްފައިން ގޯސް ނުހަދާށެވެ. ލޭހިނގާ ދިވެހި ދަރިން އެބުނާ ޑިމޮކްރަޓްސް ޕާރޓީ އެއް އުފައްދަން އެތިބީ ކެތްމަދުވެފައެވެ. މަމެން އިތުރަށް ބުނާނެ އަދި ދޭނެ ނަސޭހަތެއްވެސް ނެތެވެ. ބޮޑު މަންޒަރު ބަލަން މަމެން މިތިބީއެވެ. ވާގޮތެއް އެނގިދާނެތާއެވެ.

    21
    3
  4. ހާމިދު ޝާޙިދު

    އަހަރުމެންނަށް އިނގިއްޖެ އެއީ ކޮން ދެ މެމްބަރުންނެއްކަން!

    24
  5. ތުއްތުނާ

    ތަންރޯކޮށްނުލާތި!! މާޒީއަށްބަލާފަ ބުނިއެއްޗެއް.. ތިޔަފިކުރަކީ ވަރަށްވަރަށް ނުރައްކާމާޒީއެއްއޮތްފިކުރެއްކަން ފާއިތުވި މާޒީއިންއެއޮތީއެނގިފަ.

    18
    8
  6. ޜައްޔިތުމީހާ

    މިހާރުކަންތައްތިދާގޮތުން ރިއާސީއިންތިހާބުނެ ނަތީޖާ 5މެންބަރުން ވޯޓަކުން ނުނިންމައިފިއާ ރަންގަޅު

    27
    2
    • Anonymous

      ވަފާތެރި ކެހިވެރިން އުފައްދާން އުޅޭ ދަޑިމޮކްރޭޓް އަކީ ޗޯރުން ގިނަ ޕާޓޭން ގިނަ ގުރޫޕެއް، ސިޔާސީ ހަރަކާތް ހުއްދަދޭވަރުގެ ބަޔެއްނޫން !

  7. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    އިލެކްޝަން ގައި އުޅޭ އާސިފް އަކީ "ކާޕަޓް ވަގު"، ޝާހިދު ގެ އަންހެނުންގެ އެއްބަނޑު އެއްބަފާ ބޭބެ އެވެ. މީނާ ގެ ނަން "ޗޯރު އިބުރޭ" މަޖްލިސް އަށް ފޮނުވީ އެތައް އެތައް ކިޔަވައިގެން ތިބި ބައެއްގެ ނަން ކަޓުވާލާފައެވެ. "ކާޕަޓު ވަގު" ޝާހިދު ގެ ޅިއަނު ވީމައެވެ. ޅިއަން ފަހަރިން އިލެކްޝަން ގައި ތިބުމަކީ އަންނަން އޮތް އިންތިޙާބު ނުރައްކާވެ، އިންސާފުވެރި ނުވާނެ ކަމުގެ ބޮޑުވެގެންވާ ފާލެކެވެ.

    12
  8. ފުއާދު

    ޕާޓީގެ ވެރިން ހަސަދަވެރިވެ ދެކޮޅުވެރިވާ ކޮންމެ ފަހަރަކު، އާ ޕާޓީ ތަކެއް ކޮންމެ ފަސް އަހަރަކުން ފަސް އަހަރަކުން ހަދައިގެން ދިވެހި ގައުމުގެ ހުރިހާ ފައިސާއެއް ސިޔާސީ ޕާޓީ ތަކަށް ހަރަދުކޮށް ނިމިއްޖެ، މިއީ އެއްވެސް ހައްލެއްނޫން، މިއީ ވަރަށް ނުރައްކާތެރި މަކަރާއި އެކުލެވޭ ސިސްޓަމެއް

    3
    4
  9. Anonymous

    ޤާނޫނީ ގޮތުންނޭ ނުކިޔާ.
    3 މަސްދުވަސް އޮންނާނެ ޤާނޫނުގައި ފޯމްތައް ޗެކް ކުރަން.
    އަންނި އަށްވެސް ބޭނުންހާ އެއްޗެއް ނެހެދޭނެ.

    3
    6
  10. ފައިބާ!!!!!

    ނަން ވާނީ މައުމޫން ގެ ހުދުމުހުތާރުކަމާއި ހުރިހާ ބާރުތަކެއް އެއްކޮއްގެން އޭރު ކަން ހިނގި ގޮތް. މިހާރު ގާނޫނުން ހުރިހާ ބާރެއް ވަކިވެ އޮވެ ތިމާގެ އަންބޮނޑިއަށް އެހުރިހާ އެއްޗެއް ލައިގެން ސޯލިހު ރާޖުކުމާރު އެހިންގަނީ މާ ހުތުރު މުޑުދާރު ވެރިކަމެއް. ބާލާ!!!!

    13
  11. ހަސަނަ

    ނުބައިނުލަފާ ޑިކުޓޭޓަރ 3 ބާރު މުށުތެތެއައްލައިގެން ގައުމުދަވާލައިފި ބަދަލުގެ ގޮތުގައި ބިލިއަނަކައްވުރެގިނަރުފިޔާ ވަނީ ގާތްރައްޓެހިންނައް ބަހާފަ މިމުސީބާތުން ގައުމުމިންޖުވާން އެބަޖެހޭ ބެހިފައިސާތަެް އަބުރާ ހޯދަންޖެހޭނެ ދިވެހިރައްޔިތުންނައްވުރެ މީނަގެ ކުރިމަތީ އިންޑިއާ ރައްޔިތުންގެ އަގުބޮޑު މުޅިގައުމުގަ އިންޑިއާ ހިންދޫން ގެނެސް ދިވެހިރައްޔިތުން ބާކީކުރަމުންދާ ބޮޑު ގައްދާރެއް ވެރިކަމުން ފައްސާލަން އެބަޖެހޭ..

  12. ގލޅ

    ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު ނޫނީ ހުއްދަ
    ދެވިގެން ނުވާނެއެވެ ވަގުފޯއްތަކާއި ސައްހަ ފޯމްތައް ވަކިކޮށް، ޕާޓީއުފައްދަން ބޭނުންވާ އަދަދަށް މެމްބަރުން ހަމަތޯ ބެލުމަކީ އީސީގެ ޒިއްމާއެކެވެ އެޒިއްމާ އަދާކުރުމަށް
    އީސީ ފަސްޖެހިގެން ނުވާނެއެވެ!