23:33

މުޒާހަރާ ވަނީ މިރެއަށް ނިންމާލާފައި.

23:31

ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތައް ހެދުމުގެ މިނިވަންކަމަކީ އަސާސީ ޙައްގެއް ކަމަށާއި ރައީސް ސޯލިހަށް މިއަދަކު އޮބިއަޅައިގެން މިނިވަންކަން ނުހިފެހެއްޓޭނެ ކަމަށް. "ރާއްޖެ އަނބުރާ ހޯދުމަށް ސިޔާސީ ޚިޔާލު ތަފާތުވުން އެއްކިބާކޮށް ޕީޕީއެމް އަދި ޑިމޮކްރެޓްސް އެކުގައި މަސައްކަށް ކުރެވޭނެ. ތިޔަ ރޫޙަށް މަރުޙަބާ." ޑރ.ޖަމީލް ވިދާޅުވި.

23:30

ޕީޕީއެމް އާއި ޑިމޮކްރެޓްސްގެ މެންބަރުން މުޒާހަރާގައި - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ޕީޕީއެމް އާއި ޑިމޮކްރެޓްސްގެ މެންބަރުން މުޒާހަރާގައި - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ޕީޕީއެމް އާއި ޑިމޮކްރެޓްސްގެ މެންބަރުން މުޒާހަރާގައި - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ޕީޕީއެމް އާއި ޑިމޮކްރެޓްސްގެ މެންބަރުން މުޒާހަރާގައި - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

23:21

23:16

މުޒާހަރާގެ ތެރެއިން އެކަކު ހައްޔަރުކޮށްފި.

23:13

ޓްރެފިކް ޖޭމްވާ ގޮތައް މުޒާހަރާ ކުރާނަމަ ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލާނެ ކަމުގެ އިންޒާރު ފުލުހުން ދީފި.

23:11

ޑިމޮކްރެޓްސް އާއި ޕީޕީއެމްގެ މެންބަރުން މުޒާހަރާ ރޫޅާލަން އެސްއޯ ފުލުހުން މަސައްކަތް ކުރަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ޑިމޮކްރެޓްސް އާއި ޕީޕީއެމްގެ މެންބަރުން މުޒާހަރާ ރޫޅާލަން އެސްއޯ ފުލުހުން މަސައްކަތް ކުރަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

23:11

ޑިމޮކްރެޓްސް އާއި ޕީޕީއެމްގެ މެންބަރުން މުޒާހަރާގައި - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ޑިމޮކްރެޓްސް އާއި ޕީޕީއެމްގެ މެންބަރުން މުޒާހަރާގައި - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

23:09

އިލެކްޝަންސް ކޮމިޝަނުން ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގެ ހުއްދަ އަދި ނުދޭން ނިންމުމުން އެކަމުގައި ސަރުކާރުގެ އަތެއް އޮތްކަމަށް ބުނެ އެޕާޓީގެ މެންބަރުން ޕާޓީގެ ޖަގަހަ ކައިރިން ބޮޑުތަކުރުފާނު މަގުގައި މުޒާހަރާ ފެށުމުން އިލެކްޝަންސް ކޮމިޝަންގެ ރާގު ބަދަލުވެއްޖެ.

ސަރުކާރާއި ދެކޮޅަށް މުޒާހަރާ ފެށުމުން އިލެކްޝަންސްގެ ރާގު ބަދަލުވެއްޖެ

ޕީޕީއެމް އާއި ޑިމޮކްރެޓްސްގެ މެންބަރުން ޑިމޮކްރެޓްސްގެ ހަރުގެ ކައިރީ ދުވާރު މަތީގައި ތިބެ ސަރުކާރާއި ދެކޮޅަށް އަޑުއުފުލަން ފެށުމުން އެމީހުން ފައްސާލަން އެސްއޯ ފުލުހުން ނިކުމެއްޖެއެވެ.

ޑިމޮކްރެޓްސް ޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ނުދޭން މިރޭ އިލެކްޝަންސް ކޮމިޝަނުން ނިންމުމުން އެޕާޓީގެ މެންބަރުން ވަނީ ތޫމް ރެސްޓޯރެންޓް ކައިރީ ހުންނަ ޕާޓީގެ ހަރުގެއަށް ޖަމާވެފައެވެ. ހަރުގޭގައި އޮތް ބައްދަލުވުމަށްފަހު ޕާޓީގެ މެންބަރުން މަގުމައްޗަށް ނިކުމެ އަޑުއުފުލަން ފެށިއެވެ.

އާއްމުކޮށް ކޮންމެރެއަކު ޕީޕީއެމްގެ އޮފީސް ކުރިމައްޗަށް މުޒާހަރާއަށް ނިކުންނަ މީހުން ވެސް މިރޭ ވަނީ ޑިމޮކްރެޓްސް ޕާޓީގެ ހަރުގެ ކައިރިއަށް ގޮސް އެޕާޓީގެ މެންބަރުންނާއިއެކު ސަރުކާރާއި ދެކޮޅަށް އަޑުއުފުލަން ފަށާފައެވެ. އެއާއިއެކު ގިނަ އަދަދެއްގެ އެސްއޯ ފުލުހުން މިހާރު އެސަރަހައްދަށް ގޮސް، މީހުން ދުރުކުރުމުގެ މަސައްކަތް ކުރަމުން އެބަގެންދެއެވެ.

ޑިމޮކްރެޓްސްގެ މެންބަރުންނާއިއެކު ޕީޕީއެމްގެ ސީނިއާ މެންބަރުން ވެސް އެބަތިއްބެވިއެވެ. އޭގެތެރޭގައި ޕީޕީއެމް ހިންގުމާއި މިވަގުތު ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް ހިމެނެއެވެ.

ޑިމޮކްރެޓްސްގެ ޖަގަހައިން "ނިމެނީ ނިމެނީ، ޗޯރޭ، ޗޯރޭ" އަޑު ބާރުކޮށް ކިޔަމުން އެބަގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    ކޮއްކޮ، ބޭބެ، ޅިއަން ފަހަރިން އިލެކްޝަން ގައި ތިބެގެން އަންނަން އޮތް އިންތިޙާބު އިންސާވެރި އެއް ނުކުރެވޭނެއެވެ. އިލެކްޝަން ގައި އިންނަ އާސިފް އަކީ "ކާޕަޓް ވަގު" ޝާހިދު ގެ އަންހެނުންގެ އެއްބަނޑު އެއްބަފާ ބޭބެ އެވެ.

    25
    1
    • ސުރައްޔާ/ތޮއްޑޫ

      "ކާޕެޓް ވަގު" އޮތީ ހުރިހާ ތާކަށް އަތް ބާނާފަ. މިފަހަރު އިންތިޙާބު ގައި "ކާޕެޓް ވަގު" އަށް ގޮވާލަ ދޭނެ ފިސާރި!

    • މާރނީ

      އަސްލުވެސް މިފަހަރު ވަރަށް ހުށިޔާރު ނުވިއްޔާ "ޗޯރު އިބުރޭ" އަތް ބާނާނެ. އާސިފު މެން ބޭރުކޮށްފަ ނޫނީ އިންތިޙާބު ބާއްވާކަށް ނުވާނެ!!!

      8
      1
  2. ރާއްޖެތެރެ

    ސަރުކާރު ވެއްޓެނީ އަނިޔާ ކުރަނީ ރައްޖެ ފުންޑާލަނީ އިންޑިޔާ ސިފައިން ބޭރުކުރޭ. އިންޑިޔާ އައުޓް

    31
    1
  3. އުމަރު ނަސީރު

    ކަލޯމެން ތިޔަ މަސައްކަތް ކުރަމުން ދަނީ ގައުމަށް ހެޔޮއެދިގެން ނޫން ކަލޯމެން ތިޔަ ތެޅެނީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމު އަނދަވަޅަކަށް ވައްޓާލުމަށް މިއަދު ކަލޯމެން ނަށް ވެއްޖެ އަންނި ހުދު ފޮތި ކޮޅަކަށް

    11
    23
  4. ހައްގުބަސް

    ޝުކުރިއްޔާ ވަގުތު ނޫހަސް : ގިނަ ނޫސްތަކުން ކުރަން ނުކެރުނު ވަގުތުން ހަބަރު ގެނެސްދޭކަށް އެކަމު ވަގުތު ނޫހުން ހަބަރު ވަރައް ފުރިހަމަ ކޮށް ގެނެސްދިން ކަމައްޓަކައި

    31
    1
  5. ސުރައްޔާ/ތޮއްޑޫ

    "ކާޕެޓް ވަގު" އޮތީ ހުރިހާ ތާކަށް އަތް ބާނާފަ. މިފަހަރު އިންތިޙާބު ގައި "ކާޕެޓް ވަގު" އަށް ގޮވާލަ ދޭނެ ފިސާރި!

  6. ޑައެލޯގް

    އަހަރެމެންނަށް އަންނިހުދުފޮތިކޮޅަކަށްވީކީ ނޫނެވެ. އަންނިއަށްވުރެ ނުބައިމީހެއް އިބޫއަކީ އެހެންވެ އަދި މީހުންނަށް ތެދުމަގުދައްކަވާކަންވެސް އޮވޭ އަންގަވާފައި ވީމާ އިބޫގެ ނުލަފާކަން ކަލޭމެނަށްނުފެންނަނީއެވެ. މިއޮތްހުރިހައި ދުވހަކު ކަލޭމެނަށް އަންނި ހުދުފޮތިކޮޅަކަށްވެ އުޅުނީ މިހާރު ޕީޕީއެމާއި އޮރިޖިނަލް އެމްޑީޕީ އެއްވީއެވެ. އަލްހަމްދު ލިﷲ ދެން ދިވެހިން އެކުވެދާނެއެވެ. އެދުވަސް ދެކެންބޭނުންވެއެވެ.

  7. ކކ

    ޕީޕީއެމްއާއި ލާދީނީ "ދަ ޑިމޮކްރެޓްސް" ގުޅިފައޮތުން ބަލައެއް ނުގަންނަން

    4
    4
  8. ޒަމީރު

    ލާދީނީއާ އިންޑިޔާއަުޓާ އެއްވީ؟ ދައްކަވަންހުރިތަނެއް ދައްކަވާފަ ގެންދަވާނީ..

  9. ޕަރީ

    ގެންދަވަންޏާގެންދަވާނީ ދައްކަވަންހުރިތަނެއް ދައްކަވާފަ!