އިލެކްޝަންސް ކޮމިޝަނުން ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގެ ހުއްދަ އަދި ނުދޭން ނިންމުމުން އެކަމުގައި ސަރުކާރުގެ އަތެއް އޮތްކަމަށް ބުނެ އެޕާޓީގެ މެންބަރުން ޕާޓީގެ ޖަގަހަ ކައިރިން ބޮޑުތަކުރުފާނު މަގުގައި މުޒާހަރާ ފެށުމުން އިލެކްޝަންސް ކޮމިޝަންގެ ރާގު ބަދަލުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިރޭ ވިދާޅުވީ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ނުދޭން ކޮމިޝަންގެ ދެމެންބަރަކު މިރޭ ވޯޓް ދިނީ ވަކި ސަބަބެއް ދެއްކުމެއް ނެތި ކަމަށެވެ. އެދެމެންބަރުން ބޭނުންފުޅުވަނީ ތިން މަސް ދުވަސް ވަންދެން ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ނުދީ މަޑުޖައްސާލަން ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.

ނަމަވެސް އޭގެ ފަހުން މުޒާހަރާ ފަށާފައި ވަނިކޮށް ދެންމެ އިލެކްޝަންސް ކޮމިޝަނުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ޖޫން 1 ވަނަ ދުވަހު ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމުތައް ވެރިފައި ކުރުމުގެ ހުރިހާ މަރުހަލާއެއް ނުނިމެނީސް ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަދޭން ކޮމިޝަންގެ މިއަދުގެ ޖަލްސާއިން ފާސްވެފައިނުވާ ކަމަށެވެ.

ޕާޓީ ރެޖިސްޓަރީ ކުރުމާ އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުން އެއީ ދެ މަރުހަލާއެއްގެ ދެ ކަމެއް ކަމުގައި ފާހަގަކުރާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަންގެ މެސެޖުގައި ވެއެވެ.

ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުން ތިން މަސް ދުވަހަށް މަޑުޖައްސާލަން ވޯޓު ދެއްވީ ކޮމިޝަނަރު އަލީ ނަޝާތު އާއި މުހައްމަދު އާސިފް ކަމަށް މައުލޫމާތު ލިބެއެވެ. ފުއާދު އާއި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވޯޓު ދެއްވީ ރަޖިސްޓްރީކުރަން ހުއްދަ ދޭން ފެންނަ ކަމަށެވެ. އިލެކްޝަންގެ މެމްބަރުންގެ ތެރޭގައި ދެން ހިމެނިވަޑައިގަންނަވާ ކޮމިޝަނަރު މުހައްމަދު ޒާހިރު މި ވަގުތު ހުންނެވީ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ސާމް

    ރަޖިސްޓުރީ ނުވަނީ ސިޔާސީ މަސައްކަތް ޕާޓީއެއްގެ ނަމުގައި ނުހިންގޭނެ. އޭރުންވާނީ ޣައިރުގާނޫނީ އެއްވުމަކަށްނޫންތޯ.؟

    14
    14
    • Anonymous

      ޣައިރު ޤާނޫނީ އެއްވުމަކަށް ވާނެ ގޮތެއް ނޯންނާނެ. ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށްލިބޭ ހައްގެއް ސިޔާސީ ކަންކަމުގައި ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމަކީ.

      17
      4
      • މަކަރުވެރި ހިޔަޅު

        އެކަމަކު ރަޖިސްޓްރީނުކުރާ ޕާރޓީ ޖަމާއަތް ޖަމްޢިއްޔާގެ ނަމުގައި ހަރަކާތްތައް ހިންގުން އެވާނީ ހަމަ ޢައިރު ޤާނޫނީ ކަންކަމަށް، ކަލޭމެން ކުރީމަ ކޮއްމެ ކަމެއްވެސް ހުއްދަވަނީތޯއްޗެއް، އެހެންތާވާނީ މިޤައުމަށް ދިމާވެފައިވާ އެއްމެބޮޑު މުޞީބާތެއްކަހަލަ މީހާ އިސްވެހުރެގެން އުފައްދަންއުޅޭ ޕާރޓީއެއްވިއްޔާ އެއީ، މިޤައުމުގެ މާސިންގާހާ ޖީލެއް އެ ސުންޕާކަލޭގެ އެވަނީ ހަލާކުކޮށްލާފަ އަނެއްކާ އަނެއްޖީލް ހަލާކު ކޮށްލަން މިހާރު ތެދުވެގެން އެ ގަންޖާބޯއެއުޅެނީ އެއްޖިއްސުން ގުޅުންހިންގުމަށް ހިއްވަރުދެމުން އެއޮތް ތެޅިބާލަނީ މިހާރުގެ އަލަށް އުފެދެމުންދާ ޅަ ސިކުނޑިތަކުގެ ކުދިން މުޅިން މަގުފުރައްދަންވެގެން

        6
        1
  2. އުގުރި

    ފުވާދޫ... ކީއްތަތިޔަކުރީ.... ކިރިޔާ އެއްނޫން ސޯލިހު ސޯޓު ނުބޭލުނީ.

    26
  3. ގާދިރު

    ހާދަ ބިރުގަނެއޭދޯ

    23
    • Anonymous

      އަސްލު ނުޖެހޭނެ ބިރުގަންނާކަށް. މިހާރު އީސީ މެންބަރުން ވަކި ކުރެވޭނެ އެއްގޮތެއްވެސް ނޯންނާނެ.

      6
      1
  4. މުޙައްމަދު

    ޖައްލާ ބޭއްވުން ހުއްދަޔަށް ފަހު...
    އެކަމު ދެން ކޮންމެ ރެޔަކު މުޒާހަރާ އޮންނާނެ...

    19
  5. ފާތުން

    ފުއާދު ބުނެފަ އެއޮތީ ތިމަންނާއަށް ޔަގީނޭ ސައްހަ 3000 ފޯމް އޮތް ކަން...
    ދެން ކޮން ކަމެއް ޔަގީން ކުރާކައް...
    ސަރުކާރުން އޯކޭ ނުޖަހާ ތަންކޮޅު ދޯ އޮތީ..
    ސަރުކާރަށް ފަސޭހަ ވާނީ ނުހިފެއްޓީޔާ...
    މިރޭވެސް ބޮޑުކޮށް އޮންނާނެ

    22
    1
  6. ސުވާސްތީ

    ޗޯރުގެ ބާރު ކުޑަވަނީ ބިރުންތެޅެނީ ޗޯރުހަށްޔަރުކުރޭ މިގައުމަކަށް ޗޯރު ބޭނުމެއްނޫން ގާނޫނާއި ގަވައިދު މުގުރަން ޗޯރަކަށް ދެން ނުކެރޭނެ މިބުނަނީ ވަރަށްސާފުކޮށް.

    24
    4
    • ބޯބޮޑުގިރި

      މިޤައުމަށް ގަންޖާބޯމެންކަހަލަ މީހުންނާއި އެއްޖިއްސުން ގުޅުންހިންގުމަށް ހިއްވަރުދޭ ހިންގަމުންދާ މީހުން އަމްދުން މިހާރަކު ބޭނުމެއްނޫން، މިޤައުމަށްބޭނުންވަނީ އިސްލާމީވަންތަ އިސްލާމްދީނަށްލޯބިކުރާ ފުރިހަމަ މުސްލިމުން،

      6
      3
  7. ލަމޭ

    ވެއްޓެނީ ވެއްޓެނީ ވެއްޓެނީ ކޮތަޅޭ ޗޯރު ވެއްޓެނީ ބުރިޖު ޗޯރު ވެއްޓެނީ ދެން މިގައުމަށްެ ޗޯރުގެ ބަލާވެރިކަން ޖެހުނަދީގެން ނުވާނެ.

    26
    3
  8. Anonymous

    ރާއްޖޭގައި މިއަދު ކޯޗެއް ނެތިގެން މިއުޅެނީ މިނިވަންކަން ވެސް އެންމެ ފުޅާކޮށް ރައީސުގެ ކާޓޫނު ހަދައިގެން އެތިބީ މަގުމަތީގައި ބޭނުން އެއްޗެއް ގޮވަން ވީމާ މިތާގައި ޑިމޮކްރެޓިކް އުސޫލް މިއޮތީ ވަރަށް ފުޅާކޮށް !

    3
    7
  9. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި "ޗޯރޭ ފައިބާ" އެއް އަޑަކުން ހަރު އަޑުން ގޮވަމުން ދިޔައީ. ހިތަށް ގެނެވޭ އެއްޗަކީ 9 ސެޕްޓެމްބަރާ ކައިރި ވީ ވަރަކަށް "ޗޯރު އިބުރޭ"، "ކާޕެޓް ވަގު"، "ޗޯރު އިބުރޭ ފައިބާ"، "ޗޯރޭ ފައިބާ" ގޮވުން މުޅި ރާއްޖޭގައި ގުގުމާލާ، އަޑުފައް ގަނޑު، ހާދަހާވާ ގަދަވާނެޔޭ!!! އިބޫ އެހެރީ ބާތިލް ގައި. އަހަރެންގެ ވޯޓު ދަމައިގަތީ މަރު ތަކުގެ މައްސަލާ ބަލާނަމޭ ކިޔާ ދޮގު ހަދައިގެން.

  10. ޕީޖީ

    މައްކާގާ ހުއްޓަސް މިހާރު އޭނާގެ ވޯޓް ހޯދޭނެދޯ؟

    4
    1
  11. އާދަނު

    ފުދޭވަރަށް ފައިސާ އަޅާލީމަވެސް ތިހެން ބަދަލު ކުރުވޭނެ. ލިބުނީ ކިހާ ވަރެއްބާ؟

  12. ހިތުވިންދު

    އަހުރެންމިބަލަނީ ހަސަންތާޖުށްދީނުގެ 2ދަރިންނާ ހަދިހަސަންރަސްގެފާނުންގެ ވެލާނާގެ ދީދީނާއި އިބްރާހިންނާ ސިރުގެވެރިކަންނިމުގޮއި ގޮތާއި މައުމޫނުގެ 30 އަހަރުގެދިގުމާޒީ ދިޔަގޮއި އަދިމިތަނަށް އަމީނުލާޖެހޭ އަދި މޮހައްމަދުނަސީދުގެނަށް ވެރިކަމުގާފަހަގަކުރަން ދެންމިހާރުވެގެން މިއުޅެނީ ހަމަވެރިކަމުގެދަހިވެތިކަމުގާ ޕެޓްރޯލު އާ އަލިފާނާ އަބަދުވެސް ބޭނުންވާނެ ބައްދަން ވީމާމިހާރުވެސްވެގެންމިއުޅެނީ ވެރިމީހާ ކަމުނުދާތީއެއްނޫ ވެރިކަން ވެރިކަން ހެޔޮނިޔަތެއްނެއް ކޮންކަމެއް ނުވެގެން 57 އަހަރު ދިވެހިރައްޖޭގާ ރަގަޅަށް ވެރިކަންކޮއްފި ވީކަމެއްހަމަރާން ސާފްބޯފެންފޮދެއްވެސް ދިއްނުކޮއްލުން ދެންމިހާރުބަލާ ފެނަކާ

  13. ހިތުވިންދު

    5 އަހަރުގެދައުރެން ނިމެންދެން ކެއްނުކުރެނުމީހާ އެއްދުވަސްވެސްވާނީ 50 އަހަރަށް މިހާރުމިއުޅެނީ އަދައްގޮވައިގެން

    1
    1
  14. ޢަލީ އިބްރާހިމް

    ކަލޯގެޔާ، މެންބަރުން ވޯޓްލާގެންތަ ޕާރޓީ ރެޖިސްޓްރީ ކޮށްދޭން ޖެހެނީ،، އެހެން އޮންނަކަމެއްބާ މީ