ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރުމުގައި، ސައިންޓިފިކް ދިރާސާތަކާއި ސިޔާސަތުތަކުގެ ބޭނުން ހިފައިގެން ކުރިއަށްދާންޖެހޭ ކަމުގައި ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ވިލާ ކޮލެޖުގެ އިންސްޓިޓިއުޓް ފޮރ ރިސަރޗް އެންޑް އިނޮވޭޝަން (އައި.އާރު.އައި) އިން "އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސަރޗް އެންޑް އިނޮވޭޝަން" ނަމުގައި ބޭއްވި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރަސްމިއްޔާތު އޮތީ މިއަދު ހަވީރު ވިލާކޮލެޖުގައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، މިފަހަރުގެ ކޮންފަރެންސްގެ ޝިޢާރު "ބްރޭކް ތްރޫ އެކްސެލެންސް: އެޗީވިންގ އަ ނެޓްވޯކް ކޮމިއުނިޓީ" އަކީ މިވަގުތަށް ވަރަށް އެކަށޭނަ މުހިއްމު ޝިއާރެއް ކަމަށެވެ. އަދި އިޖުތިމާޢީ މައްސަލަތައްކަމުގައިވާ، ފަޤީރުކަން ނައްތާލުމާއި، ހަމަހަމަކަން ޤާއިމްކުރުމާއި މޫސުމީ ބަދަލުތައް ފަދަ އެތައް ގޮންޖެހުންތަކެއް މިއަދު ކުރިމަތިވެފައިވާކަން ފާހަގަކުރައްވައި އެކަންކަމަށް ހައްލު ހޯދުމުގައި ބައިނަލްއަޤުވާމީ މުޖުތަމަޢާއި ގުޅިގެން މަސައްކަތްކުރަންޖެހޭކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި ޢިލްމާއި ފަންނުވެރިކަން ޙިއްޞާކުރުމުގެ ޘަޤާފަތުގެ މައްޗަށް ބިނާކޮށް، އެމައްސަލަތަކަށް އީޖާދީ ހައްލުތަކެއް ހޯދުމުގެ މުހިއްމުކަމުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

ނައިބު ރައީސް ވާހަކަފުޅުގައި، ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ވެއްޓަށް ލިބޭ ގެއްލުންތަކުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން، ކުރިމަތިވާ މޫސުމީ ކާރިސާތަކާއި، މުރަކަ ހުދުވުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން އޮތް ނުރައްކާތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިއާއެކު، ތެލަށް ބަރޯސާވުން ކުޑަކުރުމަށާއި، އިޢާދަކުރަނިވި ހަކަތަ އުފެއްދުމާއި، ގޮނޑުދޮށްތައް ހިމާޔަތްކުރުމުގެ މަޝްރޫޢުތައް ހިންގައި، މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް މިސަރުކާރުން މަސައްކަތްކުރަމުންދާނޭ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ތެޔޮ އިމްޕޯޓްކޮށްގެން ހަކަތައުފެއްދުމަށް ބަރޯސާވުން ކުޑަކުރުމަށް، ކުނިން ހަކަތަ އުފެއްދުމަށް ހިންގޭ، ގްރޭޓާ މާލެ ވޭސްޓް އެނަރޖީ ޕްރޮޖެކްޓާއި، ތަޢުލީމު ކުރިއަރުވައި އިންސާނީ ވަޞީލަތްތައް ޤާއިމްކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިން، ހިލޭ ޑިގްރީ ޕްރޮގްރާމާއި، ޖޫނިއަރ ކޮލެޖްތައް ބިނާކުރުމާއި، ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރޭނިންގ ސެންޓަރުތައް ޤާއިމްކުރުމުގެ މަސައްކަތް މުޅިރާއްޖޭގައި ހިނގަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި މިމަސައްކަތްތަކުން ޙާޞިލްކުރަން ބޭނުންވާ އަމާޒަކީ، މިއަދުގެ ޒުވާނުންނަކީ މުސްތަޤުބަލްގެ ލީޑަރުންކަމުގައި ހެދުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"ތެޔޮ އިމްޕޯޓްކޮށްގެން ހަކަތައުފެއްދުމަށް ބަރޯސާވުން ކުޑަކުރުމަށް، ކުނިން ހަކަތަ އުފެއްދުމަށް ހިންގޭ، ގްރޭޓާ މާލެ ވޭސްޓް އެނަރޖީ ޕްރޮޖެކްޓާއި، ތަޢުލީމު ކުރިއަރުވައި އިންސާނީ ވަޞީލަތްތައް ޤާއިމްކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިން، ހިލޭ ޑިގްރީ ޕްރޮގްރާމާއި، ޖޫނިއަރ ކޮލެޖްތައް ބިނާކުރުމާއި، ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރޭނިންގ ސެންޓަރުތައް ޤާއިމްކުރުމުގެ މަސައްކަތް މުޅިރާއްޖޭގައި ހިނގަމުންދޭ. އަދި މިމަސައްކަތްތަކުން ޙާޞިލްކުރަން ބޭނުންވާ އަމާޒަކީ، މިއަދުގެ ޒުވާނުންނަކީ މުސްތަޤުބަލްގެ ލީޑަރުންކަމުގައި ހެދުން" ނައިބު ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ފައިސަލްގެ ވާހަކަފުޅުގައި ވަނީ، ތަޢުލީމާއި ވަޒީފާ އާއި ޞިއްޙީ ދާއިރާ ފަދަ ހުރިހާ ދާއިރާތަކެއްގައި ވެސް ޖިންސުގެ ހަމަހަމަކަން ޤާއިމްކުރުމަށް ސަރުކާރުން ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭނެއް އެކުލަވާލާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެ އެކްޝަން ޕްލޭން ފަރުމާކުރެވިފައި ވަނީ ދެމެހެއްޓެނިވި އަދި ހަމަހަމަ މުސްތަޤުބަލަކަށްޓަކައި، ދެމެހެއްޓެނިވި ތަރައްޤީގެ ދަނޑުދަނޑިތަކާއި އެއްގޮތްވާނޭގޮތަށް ސައިންޓިފިކް ދިރާސާތައްކޮށް، ސިޔާސަތުތައް އެކަށައަޅައިގެން ކުރިޔަށް ދިޔުމަށްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅު ނިންމަވާލެއްވީ، ދުނިޔެ އާއި ދުނިޔޭގެ މުސްތަޤުބަލް ރައްކާތެރިކުރުމަށްޓަކައި ޒުވާނުން މިހާރުން މިހާރަށް މަސައްކަތްތައް ކުރުމަށް ގޮވާލައްވަމުންނެވެ.

ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސަރޗް އެންޑް އިނޮވޭޝަން (އައި.ސީ.އެސް.އާރު.އައި) އަކީ، އިލްމީ ދިރާސާތައް ކުރައްވާ ބޭފުޅުންނާއި، އިލްމުވެރިންނާއި ދަރިވަރުންނާއި ސިނާޢަތްތަކުގެ ތަޖުރިބާކާރުންނަށް އެ މީހުންގެ ދިރާސާތަކުގެ ހޯދުންތައް ހުށައަޅައި، ގުޅުންތައް ބަދަހިކޮށް، އާ ޚިޔާލާއި މަޝްވަރާތަކުގައި ބައިވެރިވުމަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ސަނާ

    އެއްކަަލަ ބޭކާރު މީހާ ކޮންމެސް އެއްޗެއް ކިއަން ފެށީ..

    • ރައްޔިތު މީހާ

      ބޮދު މުސާރަ ކައިގެން ކަންކަން ކުރަން ޒިންމާއާއި ޙަވާލުވެހުރެ، ކުރަންޖެހޭ، ވާންޖެހޭ އޮންނަން ޖެހޭ.... ކިޔާތާ 4 އަހަރާއި އެތައް މަހެއް..... މީނަ ކުރި ކަމެއް ކުރެވުނު.؟؟؟

  2. ޗފެގރެ

    ސައިންޓިފިކް ދިރާސާތައް ބޭނުން ކުރުމަކީ އެމްޕީއިންނަށް ސަލާންޖެހުމާ ޕެޓިޝަން ހަދައިގެން ޕްރޮޖެކްޓުތައް ހޯދުމާ ކަޓުޖެއްސުން ކަމަށް ވާނަމަ ދިވެހިން އެކަމަށް ވަރަށް މޮޅު...

  3. އާދަނު

    ޖެހޭ ޖެހޭ ޖެހޭ ޖެހޭ ޖެހޭ ޖެހޭ! މިކަލޭގެ މި 5 އަހަރުގެތެރޭގައި ޖެހޭ ޖެހޭ ޖެހޭ ޖެހޭ މިހެން ހާހެއްހައިފަހަރު ބުނެފި! ވާކަމެއް ހަމަ ޙަރާމުން ޙަރާމް

  4. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    ސައިންޓިފިކު ދިރާސާ ކުރި ވާހަކަ ޤާސިމް އެ ވިދާޅުވަނީ. ޤާސިމް ވިދާޅުވަނީ ތިމައްނާ އަށް މިއަދު ލަނޑު ދެވިދާނެއޭ ފައިސަލް ނަސީމް އަށް. ނަމަވެސް ސަލާން ޖަހަން ގެންގުޅުނު ނާށިގަނޑު މަތިން ހަނދާން ނައްޓާ ނުލައްޗޭ! އެއީ ވަރަށް ވާހަކަ!

  5. ސަނާ

    މީ އަޅެ ކީއްކުރާ މީހެއް ؟ ބޮޑު މުސާރަދީފައި ގަނޑުވަރު ދީފައި ހުންނަ ބޮލެއް

  6. ޙުސެން

    ޏޫން ރާއްޖޭގަ ތިކަން ހާސިލްކުރަން ތަންކޮޅެއް ހިއްވަރުގަދަ ތެދުވެރި ބަޔަކުބޭނުމީ ގައުމަށް ވަންނަހާ ފައިސާ ނުކާކަހަލަ..

  7. ރައްޔިތު މީހާ

    ބޮދު މުސާރަ ކައިގެން ކަންކަން ކުރަން ޒިންމާއާއި ޙަވާލުވެހުރެ، ކުރަންޖެހޭ، ވާންޖެހޭ އޮންނަން ޖެހޭ.... ކިޔާތާ 4 އަހަރާއި އެތައް މަހެއް..... މީނަ ކުރި ކަމެއް ކުރެވުނު.؟؟؟ ފޫހިކަމުގެ ހައްދެއްނެތްހާ ފޫހި މީހެއް..

  8. ފަރު

    5 އަހަރުވީ ކުރަން ޖެހޭ ކުރަން ޖެހޭ ކިޔާތާ

  9. އަބްދޫ

    ގައުމު ތަރައްގީ ނުވެގެން މިއުލެނީ ސައިޓިފިކް ދިރާސާގެ މައްސަލަަކުންނުން .ގާއުމު ތަރައްގީ ނުވެގެން މިއުލެނީ ރާއްޖެއަށް ލިބޭއާމްދަނީގެ އިތުރުން ދަރަނި ނަގައިގެން ގައުމަށް ފައިދާނެތް ބޭކާރު ހަރަދުކޮށްގެން ފައިސާ އިސްރާފުކުރަމުންދާތީ.

  10. ހީހީ ހަލާކު

    ޢެޑިޔުކޭޝަން މިނިސްޓަރުވެސް ކުރަން ޖެހޭ ދޯ. އެހެމް