ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކި ފަނޑިޔާރުންނާއިމެދު އެކި ގޮތައް އަމަލު ކުރާކަމުގެ ޝަކުވާ އިންތިހާއަށް ބޮޑުވެފައި ވަނިކޮށް އަނެއްކާވެސް އެފަދަ ތަފާތުކުރުންތައް ފެންނަ ނިންމުމެއް އެކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީ އިން މިފަހަރު ނިންމީ ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ޤަޟިއްޔާއެއްގެ ޝަރީޢަތް ފެށިގެން ގޮސް، ދެފަރާތުން ޚުލާސާ ބަޔާން ހުށަހެޅުމުން ޤަޟިއްޔާގެ ޝަރީޢަތުގެ އަޑުއެހުންތައް ނިމުނީކަމާއި، ޚުލާސާ ބަޔާން ނިމުނު ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ޙުކުމް ކުރުމުގެ މަޖިލިސް ބާއްވާފައިނުވާތީ މެޖިސްޓްރޭޓް ރަފީއްދީން އަޙުމަދަށް ނަސޭހަތް ދިނުމަށެވެ.

ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 151 ވަނަ މާއްދާގެ (ބ) ގައި ބުނާ ގޮތުން ހުލާސާ ބަޔާން ހުށަހެޅުމަށްފަހު 30 ދުވަހުގެ ތެރޭގައި ހުކުމް ކުރަން ޖެހެއެވެ. ނަމަވެސް ރާއްޖޭގެ ވަރަށް ގިނަ ކޯޓުތަކުގައި އެގޮތައް އަމަލެއް ނުކުރެއެވެ. އެމުއްދަތުގައި ހުކުމް ނުކުރުމުން ބައެއް ފަނޑިޔާރުންގެ މައްސަލަ މީގެ ކުރިން ޖޭއެސްސީ އިން ބަލާފައި ވެސް ވެއެވެ. އޭގެތެރެއިން އެއްމައްސަލައަކީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ސޮފްއަތު ހަބީބް 30 ދުވަހުގެ ތެރޭގައި ހުކުމެއް ނުކޮށްގެން ބެލި އޭނާގެ މައްސަލައެވެ. އެފަހަރު ޖޭއެސްސީ އިން ނިންމީ ސޮފްއަތުގެ މައްޗަށް މައްސަލަ ސާބިތު ނުވާކަމަށާއި އޭނާއަށް އެއްވެސް ފިޔަވަޅެއް އަޅަން ނުޖެހޭ ކަމަށެވެ. ނަމަވެސް ސޮފްއަތު ހަބީބް މައްސަލައިގެ ހުކުމް ލަސްކުރިކަން މީޑިއާގެ ޚަބަރުތަކުން ވެސް ކަށަވަރު ކުރެވުނެވެ.

ޖޭއެސްސީ އިން މިއަދު ވިދާޅުވީ ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ޤަޟިއްޔާއެއްގެ ޙުކުމް ކޮށްފައިވަނީ ޤަޟިއްޔާގެ އަޑުއެހުންތައް ނިމުނު ތާރީޚުން ފެށިގެން ރަސްމީ ބަންދު ދުވަސް ނުހިމަނައި 107 ދުވަސް އަދި ރަސްމީ ބަންދު ދުވަސް ހިމަނައިގެން 157 ދުވަސް ފާއިތުވި ފަހުންކަން ތަޙުޤީޤަށް ހޯދުނު ލިޔެކިޔުންތަކުންނާއި މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދުގެ ބަހުން އެނގެން އޮންނަ ކަމަށެވެ.

ޖޭއެސްސީގެ ނިންމުންތައް އެކިފަހަރު އެކިގޮތައް އަންނަނީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން ކަމަށް އެކި ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އާދަނު

    ޔާމީން ޢަބުދުލްޤައްުޔޫމުގެ މައްސަލައެއްގައި ސްޕްރީމްކޯޓުން އަޑުއެހުންތައް ނިންމާލުމަށްފަހު 4 މަސް ޙުކްމްނުކޮށްދިޔަ! މީ ކޮންބާވަތެއްގެ ނުފޫޒެއްބާ!

    16
    1
  2. ހައިރާން

    މަގޭ ހިތަށް އަރަނީ ހުޅުމާލޭ ކޯޓަކީ، ޝަރުއީ ކޯޓެއް ހޭ؟ މިހެން މިއަހާލީ ކަނބުލޭގެ އެއީ ކޯޓެއް ނޫން ކަމަށް، ޝަރުޢީ ކޯޓަކަށް ނުވާނެ ކަމަށް ލައްކަ ހުއްޖައި ދައްކައި ލައްކަ ވާހަކަ ދައްކައިފައި ހުރީމައޭ. އެބުނާ ހުއްޖަތަކާއި ޤާނޫނީ ހަމަތައް މިހާރު ކޮބައިހޭ؟ އެކަނބުލޭގެ އޭރު އެ ދެއްކި ވާހަކައާއި މިހާރު އެކަނބުލޭގެ ކަންކުރާ ގޮތާ ދިމާވޭހޭ؟

  3. އަމާ

    އިސްލާހުވެފަ އޮތްވަރުން ވާގޮތްގޮތް. އަމާ!!

  4. ދެބޯގެރި

    ތިޔަ ޖޭއެސްސީއަކީ އަކުންބަކުން ކުޅޭ ބައިގަނޑެއް ތިޔަ ގޮތަށް ފިޔަވަޅު އަންޏާ ފިޔަވަޅުއަލަން ނުޖެހޭ އެއްވެސް ޤާޟީއެއް އެއްވެސް ފަނޑިޔާރަކު މިޤައުމުގަ މަދުންނޫނީ މިހާރު ހުންނާނެ ހެނެއް ހިޔެއްނުވޭ ތިޔަ ކޮމިޝަނުގެ އިންސާފަކީ ސަދޫމުގެ އިންސާފުގާއިމުކުރާ ކޮމިޝަނެއް ވަކި މެޖިސްޓްރޭޓަކު ދައުލަތަށް ދޮގު މައުލޫމާތުދީ ދޮގުހެކިދީގެން މާލީ މަންފާ ހޯދީމާ 14 ދުވަހަށް ގޭގަ މަޑުކުރުމަށް އަންގާފަ ވަކިވަޔަކު މައްސަލަ ނިންމުން ލަސްވީމަ ކުށެއްނޫންކަމަށް ނިންމާފަ އަނެއްބަޔަކު މައްސަލަ ނިންމުން ލަސްކުރީމަ ކުށެއްކަމަށް ކަނޑައަޅާ ނަސޭހަތްދީ ފިޔަވަޅު އެޅުމަކީ ކިހާ އިންސާފުވެރި ގޮތެއްތަ؟ ތިޔަ ގޮތަށް ފިޔަވަޅު އަޅަންޏާ ސިވިލްކޯޓުގަނެތް ފިޔަވަޅުއަލަންނުޖެހޭ އެއްވެސް ޤާޟީއެއް

  5. އިބޫ ހޯލިސް

    ދެވައްތަރެއްގެ ނުފޫޒު އޮވެއެވެ. އެއީ ގާނޫނީ ނުފޫޒާއި ގައިރު ގާނޫނީ ނުފޫޒެވެ. މިއީ ގާނޫނީ އިމުގެ ގިމާޔަތުގައި ތިބެ ފޯރުވާ ނުފޫޒެވެ. އެހެންކަމުން މިއައް ގާނޫނީ ނިފޫޒޭ ކިއިދާނެއެވެ.

  6. އާމިރު މޫސާ

    އަދުލޭ އިންސާފޭ ނުކިޔަބަ.. ހެޔޮނުވާނެ..