ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ މެންބަރަކު ކަނޑަނާޅައި، އަނެއްކާވެސް މަޖިލިސް ޖަލްސާ ހުއްޓުމަކަށް ގެނެސްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅައި ނޯޓިސް ދީފައި އޮތުމުން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތެއް އީވާއަކަށް ނެތެވެ. އޭގެފަހުން ނަޝީދު ގެންދަވަނީ އެމަނިކުފާނުގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅުމުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން އުޒުވެރިވާ ކަމަށް ވިދާޅުވެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ދެކޮޅު ހަދަމުންނެވެ.
ނަޝީދު މަޖިލިސް ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުވެރިވުމަށްފަހު މަޖިލިސް ޖަލްސާގެ ރިޔާސަތު ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ބަލަހައްޓަވަމުން ގެންދަވަނީ މަޖިލިސް ގަވައިދުގެ ދަށުން ރިޔާސަތު ބެލެހެއްޓުން ނަޝީދު އޭނާ އާއި ހަވާލު ކޮށްފައި އޮތުމުންނެވެ. ނަމަވެސް ގަވައިދުގައި ބުނެފައިވާ ގޮތުގައި އެގޮތައް ރިޔާސަތާއި ހަވާލުވާ މެންބަރަކަށް ރިޔާސަތުގައި އިންނެވޭނީ ޖެހިޖެހިގެން ތިން ޖަލްސާ ގައެވެ. އަފީފް ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާތާ އިއްޔެއަށް ވަނީ ޖެހިޖެހިގެން ތިން ދުވަސް ވެފައެވެ.
މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ދެން ނަޝީދަށް ހަވާލު ކުރެވޭނެ މެންބަރުންގެ ގޮތުގައި ތިއްބެވީ އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް އާއި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމްގެ އިތުރުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އަދި ގާސިމް އިބްރާހިމް އެވެ. އޭގެތެރެއިން އަސްލަމް، ސިޔާމް އަދި ޝަރީފް އަކީ ސަރުކާރަށް ތާއިދުކުރާ ފަރާތްތައް ކަމަށް ވާތީ އެއިން ބޭފުޅަކާއި މަޖިލީހުގެ ރިޔާސަތު ހަވާލު ކުރަން ނަޝީދު ބޭނުމެއް ނުވެއެވެ.
އަފީފް ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަމުން އަންނަތާ ތިން ދުވަސް ވުމުން ދެން މަޖިލީހުގެ ޖަލްސާތައް ނުބޭއްވޭނެ ކަމަށް އިއްޔެ ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ނަޝީދު އިއްޔެ ވިދާޅުވީ މަޖިލިސް ޖަލްސާތައް ދެން ކުރިއަށް ގެންދެވެނީ އެމަނިކުފާނުގެ އިތުބާރުނެތް ކަމުގެ މައްސަލަ ނުވަތަ އީވާގެ އިތުބާރުނެތް ކަމުގެ މައްސަލަ އެމްޑީޕީން އަނބުރާ ގެންދިއުމުންނެވެ.
އިތުބާރު ނެތް ކަމުގެ މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ އަނބުރާ ނަގަން ނަޝީދު ގޮވާލެއްވިޔަސް އެއިން އެއްވެސް މައްސަލައެއް އަނބުރާ ނުގެންނާނަން ކަމަށް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަސްލަމް ރޭ ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވި އޮންނަތާ ދެހަފްތާއަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު މިހަފްތާ ނިމުމުން މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ނިމި، މަޖިލިސް ޗުއްޓީއަށް ދާނެއެވެ.
ލާދީނީ އެމް ޑީ ޕީ ފެއިލްޑް ، ބުއްޅަބެ ފެއިލޑް އަލަ ގަހްކުން ކެޔޮ ނިރެއް ނުފަޅާނެ ރެޓްސް ތީ ހަމަ އެކައްޗެއް ، ތީ ޖީބަށް ބޮޑު ނުކުރެވިގެން އުޅޭ ބައެއް ، ރައްޔިތުންނަށްޓަކާ އުޅޭ ބައެެއް ނޫން
ތި ޑިމޮކުރަސީގެ އައްޕަ. ކަލޭގެ މައްސަލަ ވެއްދީމަ މަޖުލިސް ބަންދު
ލަފުގަހިފާނެރެލާ! ދަމާކޫއްތާފަ ބޭރުކުރޭ! ހަވަރަށްދީ !!!!!!
އަދިވެސް މޮޅުވާހަކަ ދައްކަނީ.. ކަލޭ ބުނީ ދެމައްސަލަ އިން އެކަތި ނެގީމަ ނޫނީ ޖަލްސާ ނުބާއްވާނަމޭ!
މިހަރު ރައީސްގެ ބޮލަށް ކަނޑަލަން ކޮންހާ ސްޓަންޓެއް.. މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ކަލެއްއަށް އޮތް ހުރަހަކީ ކޮބާ؟
އުޒުރުވެރިޔޭ ކިޔާފައި ގޭގައި ތިހުންނަނީ؟
ވެރިކަން ލިބުނީމަވެސް ކުރަން ނޭގުނީ.. މަޖިލިސް ވެސް ތިއުޅެނީ މެނޭޖް ނުކުރެވިގެން
އަމިއްލައެދުން މާބޮޑުވީމަ ވާގޮތް..
ދެން ކަލެޔަށް މިގައުމުގެ އެއްވެސް ކަމެއް ހަވާލުކުރަނީ މޮޔަބަޔަކު.
އެއް މައްސަލަ އަނބުރާ ނަގަން ނަޝީދު ގޮވާލުމަކީ ބްލެކް މެއިލް ކުރުން.. އަވަހަ ދައުވާކުރޭ ގާނޫނީ އިމުގެބޭރުން އެއުޅެނީ..
ޤަނޫނީ ގޮތުން މީނަ އުޒުރުވެރިވާން ޖެހޭ އެއްވެސް ސަބަބެއްނެތް.. ހަމަ އަމިއްލަ ބޭނުމުގައި މަޖިލިސް ބްލެކް މެއިލް ކުރަނީ..!
މަޖިލިހެ ރައީސް ގެ މުސާރަ ނުދީ ހިފަހައްޓާ ރައްޔިތުންގެ ހައްގުނިގުޅައަގަނެގެން އުޅޭ މީހެއް އުޅޭގޮތް ވަރަށްހަޑި
ނަތަންޔާހޫއެކޭތަފާތެއްނެތް.. މިވަރުގެމީހަކަށް އީމާންވާބަޔަކުވެސް އެބައުޅޭ އެކަމަކު އެތިބީ މަގުފުރެދިފަ !
ތިކަލޭގެކުރޮމަތީގަ ފިނޑިވާކަށްނުވާނެ ޖަލްސާކުރިއަށްގެންދެވޭނެގޮތެއްވެސް އޮންނަންޖެހޭނެ. އެހެންނޫނީ ތިތާތިތިބީ ފިނޑިން
މުސާރަލިބޭނެދޯ އެންމެނަށް ބަރާބަރަށް...؟؟ އެހެންވިއްޔާ އޯކޭތާ ކޮންމެދުވަހަކު ކެންސަލްކޮށް އަހަރު ދިގުދާނޑމާލިޔަސްދޯ..
ޑިމޮކްރެޓްސްގެ މެންބަރުން ކޮމިޓީތަކުން ވަކިކޮށް އައުލާދާއި އައުވާނުން އެކަނި އެޔަށް ލައިގެން ހުރިހާ ބާރެއް އެކެއްގެ އަތް މައްޗަށް ނަގަން ކުރާ މަސައްކަތް. ޗެކް އެންޑް ބެލްންސް އުވާލުން. މީ މިހާރު ތަހްޒީބް ޑިމޮކްރެޓިކް ގައުމެއް ނަމަ ރައްޔިތުން ނިކުމެ މަޖިލިސެއް ނޫން، ގައުމު ވެސް ހުއްޓުވާލާނެ. އިޒްރޭލްގެ ރައްޔިތުން ނިކުމެ މުޒާހަރާކޮށް އެއަރޕޯޓާއި ފްލައިޓްތައް ހުއްޓުވި ތަން ފެނުނު ތަ. ނަޝީދަށް ސާބަސް. 100%
އަންނިގެ އަނިޔާވެރިކަން ހައްދުފަހަނަ އަޅާގޮއްސި
ޑީމޯކޮރަޕިސްޓު
ކެނެރީގޭ ނަޝީދަށް އަތްޖަހާދޭ ކުދިންނަށް އެނގެންވެއްޖެ ނޫންތަ މީނަގެ ހުރި އިހްލާސްތެރިކަން ، ބޮޑުމުސާރަނަގައިގެން އެއުޅެނީ މަޖިލިސް ހިސާރުކޮށްގެން ، މަޤާމުން ބޭރުކޮށްފާނެތީ އެއުޅެނީ ބިރުން ، އިހްލާސްތެރިކަމެއް ހުރިނަމަ ޤާނޫނުތަކަށް ބޯލަބަންވީނު ، ތިމާބޭނުންވީނު ޤާނޫނު ޤާނޫނަށްވެފަ ، ތިމާ ހިތްހަމަނުޖެހުނީމަ ޤާނޫނު އޮންނަ އެއްޗަކަށް ނުވެ ، ކޮބާ ކޮއްކޯފުޅުވެސް ފޮރުވީނު