ކެންސަރު ބަލީގައި އުމުރުން 40 އަހަރުގެ ދިވެއްސަކު ނިޔާވުމާ އެކު، ހދ. މަކުނުދޫ ރައްޔިތުންނާއި ވޮއްމުލި ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބޮޑު ހިތާމައެއް ލިބިއްޖެއެވެ.
އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ރޭ ދަންވަރު ނިޔާވެފައި ވަނީ ހދ. މަކުނުދޫ ކެނެރީގެ އަލީ އާމިރެވެ. އޭނާއަކީ ވޮއްމުލި ރިސޯޓުގައި ވަޒީފާ އަދާކުރަމުންދިޔަ މީހެކެވެ.
އަލީ އާމިރުގެ ގާތް މީހަކު "ވަގުތަށް" މިއަދު ބުނި ގޮތުގައި އަލީ އާމިރަކީ 12 އަހަރު ވަންދެން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް ކަމަށެވެ. އެކަމަކު، 2016 ވަނަ އަހަރު އޭނާ ވަނީ ފުލުހުންގެ ވަޒީފާ ދޫކޮށްލައި، ރާއްޖޭގެ މަޝްހޫރު އެއް ރިސޯޓު ކަމަށްވާ ވޮއްމުލި ރިސޯޓާ ގުޅިފައެވެ.
އަލީ އާމިރު އެންމެ ފުރަތަމަ އެ ރިސޯޓުގައި އަދާ ކުރީ ސެކިއުރިޓީއެއްގެ ވަޒީފާއެވެ.
އޭގެފަހުން، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު އަލީ އާމިރުގެ ބަނޑުގައި ރިއްސަން ފެށުމުން ޑޮކްޓަރަށް ދެއްކުމުން ކިޑްނީ މައްސަލަ ހުރި ކަމަށް ބުނެ އެއް ކިޑްނީ ނެގި ކަމަށް ކުރިން ވާހަކަ ދެއްކި މީހާ ބުންޏެވެ. އޭގެ ފަހުން، ކޮވިޑް ބަލި ޖެހި، އެތައް ދުވަހެއް އެ ވޭނުގައި އުޅުނު ކަމަށް އޭނާ ބުންޏެވެ.
"އެ ދުވަސްކޮޅު ހަމަ ކެންސަރު ޖެހިފައި ހުރި ކަން އެނގުނީ. ކެންސަރަށް ބަރާބަރަށް ފަރުވާ ކުރަމުން ދިޔައީ، އަނެއްކާ އިންޑިއާގައި ވެސް އެތައް ދުވަހެއް ވަންދެން އުޅުނު،" އެމީހާ ކިޔައި ދިނެވެ.
"އަނެއްކާ ނިއުމޯނިއާ ވެސް ޖެހި ނޭވާލާން ވެސް އުނދަގޫވެގެން އެތައް ފަރުވާއެއް ކުރި."
"ވަގުތު" އާ ވާހަކަ ދެއްކި މީހާ ބުނީ އިންޑިއާގައި އެތައް ދުވަހަކު ފަރުވާ ކުރުމަށް ފަހު، އެނބުރި އައިތާ ދުވަސްކޮޅެއް ތެރޭގައި އިތުރަށް ބަލިވެގެން ޓްރީ ޓޮޕް ހޮސްޕިޓަލްގައި ވެސް ފަރުވާ ދިން ކަމަށެވެ. ޓްރީ ޓޮޕްގައި ދުވާލަކަށް 20،000ރ. ހޭދަވި ކަމަށް އާއިލާ އިން ވަނީ ބުނެފައެވެ.
"އިންޑިއާ އިން އައިއިރު ވެސް ޑޮކްޓަރުން އުންމީދު ކަނޑާލާފައި ވަނީ. ޓްރީ ޓޮޕްގައި ވެސް އެތައް ދުވަހަކު އޮތުމުން ބިލަށް އެކަނި އެރި 300،000ރ." އެމީހާ ބުންޏެވެ.
ޓްރީ ޓޮޕްގައި އެހާ ބޮޑު ހަރަދެއް ހިނގާތީ އާއިލާ އިން ވަނީ އަލީ އާމިރް އައިޖީއެމްއެޗަށް ބަދަލުކޮށްދޭން އެދިފައެވެ. އެކަމަކު، ބަލި ހާލަތު ހުރި ގޮތުން ފުރަތަމަ އެ ހޮސްޕިޓަލުން އެކަމާ ދެކޮޅު ހެދިއެވެ. ނަމަވެސް ފަހުން، އައިޖީއެމްއެޗަށް ބަދަލު ކުރި ކަމަށް އޭނާ ބުންޏެވެ.
"އައިޖީއެމްއެޗްގައި ފަރުވާ ދެނިކޮށް ރޭ ދަންވަރު 2:11 ގައި ނިޔާވީ،" އެމީހާ ބުންޏެވެ.
އެމީހާ ސިފަ ކުރި ގޮތުގައި އަލީ އާމިރަކީ އެންމެންނާ ގުޅޭ ވަރަށް މަޖާ އަހުލާގު ރަނގަޅު މީހެކެވެ. ކޮންމެ އީދެއްގައި ވެސް އާއިލާއާ އެކުގައި ވަރަށް މަޖާ ކުރާ ކަން އޭނާ ފާހަގަ ކުރިއެވެ. އޭނާ ބުނި ގޮތުގައި އަލީ އާމިރަށް ރިސޯޓުގެ ފަރާތުން ވެސް ވަރަށް ފުރިހަމަ އެހީތެރިކަމެއް ލިބިފައިވެއެވެ.
"މުސާރަ ވެސް ދޭނެ ފުލްކޮށް، ފަންޑް ރައިސްކޮށްގެން ވެސް ރިސޯޓުގެ ފަރާތުން އެބަހުރި އެހީތެރިކަން ފޯރުކޮށްދީފައި،" އެމީހާ ބުންޏެވެ.
އެ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު "ވަގުތަށް" ކިޔައި ދިން ގޮތުގައި އަލީ އާމިރަކީ އެންމެ އާދައިގެ ސްޓާފުން ފެށިގެން ގޮސް، ޖެނެރަލް މެނޭޖަރުންނާ ހަމައަށް ވެސް ގުޅުން ރަނގަޅު މީހެކެވެ. އަލީ އާމިރަކީ މީހުންނަށް ވަރަށް އަޅާލައި މީހުންގެ އިހްތިރާމާއި ލޯބި ލިބިފައި ހުރި މީހެއް ކަމަށް ވެސް އޭނާ ބުންޏެވެ.
"މީހުންގެ އިހްތިރާމާއި ލޯބި އެއް މީހަކަށް ލިބިފައި ހުންނާނީ އޭނާ އަށް. ބަލިކޮށް އުޅޭ އިރު ވެސް ޖީއެމް ގުޅައި ހާލު ބަލާނެ. މާލެ އޮފީހަށް ވެސް ބަދަލުކޮށްލީ ގިނަ ގިނަ އިން ޑޮކްޓަރަށް ދެއްކުމާއި އެހެނިހެން ކަންކަން ކުރުމަށް،" ހުޅުމާލެ ސަހަރާގައި ހުރި އެ މީހާ ކިޔައި ދިނެވެ.
އަލީ އާމިރުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދުގެ މެންދުރު ނަމާދަށް ފަހު، ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.
އޭނާ ނިޔާވި އިރު، އަންބަކާއި ތިން ކުދިން ދުނިޔޭގައި އެބަތިބިއެވެ.
އަލީ އާމިރުގެ ވަކިވުމާއެކު މަކުނުދޫ އާއި ވޮއްމުލި ރިސޯޓަށް ވެސް ވަނީ ބޮޑު ހިތާމައެއް ލިބިފައެވެ.
އިންސާނާގެ ފުރާނަ ސަލާމަތްކުރުމަށް ވުރެ ފައިސާ މާމުހިންމު ސިއްހީ މާހިރުންނަށް
ވެކްސިން ޖެހުމުން ކެންސަރު ބަލި ޖެހޭ ފަރާތްތައް މުޅި ދުނިޔޭގައި ވެސް ދަނީ ގިނަވަމުން. ކޮވިޑް ވެކްސިން ގެ ސަބަބުން ކެންސަރު ބަލި އަދި އެހެނިހެން ބޮޑެތި ބަލިތައް ޖެހޭ ކަމަކީ މިހާރު އެތައް އެތައް ޑޮކްޓަރުންނެއް ދައްކަމުންދާ ވާހަކައެއް. އަދި ފަންނީ ދިރާސާތައް ހެދެމުންދާ ކަމެއް.
انا لله وانا اليه راجعون
اللهم اغفرله وارحمه وعافه وعف عنه
މާތް ﷲ މައްޔިތާގެ ފާފަ ފުއްސަވާ ރަޙްމަތް ލައްވާށި.އަދި މައްޔިތާގެ އާއިލާއަށް ކެއްތެރިކަން މިންވަރު ކުރައްވާށި. آمين
ވަރައް އެކުވެރި އޯގާތެރި މަސައްކަތްތެރިއެއް ނެތިގެން އެދިޔައީ. ބަލިވެގެން ބޭސްކުރަމުން ދިޔައިރުވެސް އާއިލާގެ މީހުނަށާ އެކުވެރިންނައް އެހީތެރިވުމުގަ އާމިރު އުޅުނީ. ހިތާމައިގެ ކޮޅެއްނެތް!
انا لله وانا اليه راجعون
اللهم اغفرله وارحمه وعافه وعف عنه
މާތް ﷲ މައްޔިތާގެ ފާފަ ފުއްސަވާ ރަޙްމަތް ލައްވާށި.އަދި މައްޔިތާގެ އާއިލާއަށް ކެއްތެރިކަން މިންވަރު ކުރައްވާށި. آمين
ލާދީނީ މީހުން ވަރަށް ބިރުގަންނާނެ މަރު ދެކެ. ހަމަ ހަތަރު އުދަރެސް ފެނުޖެހޭނެ
ވަރަށް ދެރަވެއްޖެ. އާއިލާއަށް ތައިޒިޔާފޮނުވަން އަދި ރާއްޖޭގެ އެންމެ ރަގަޅު އެއްރިސޯޓަށް ދިމާވި ވަރަށްބޮޑު ހިތާމައެއް. މާތްރަސްކަލާނގެ ހެޔޮގޮތް މެދުވެރިކުރައްވާށިއެ އަދި މައްޔިތާގެ ފާފަތައް ފުއްސަވާށިއެވެ.
"ޢުމުރު ހުސްވުމުން މަރުވެގެންނޭދަނީ
އުޅުނު އެކުވެރިންނާ ގެއާވަކިވާނީ"
މަރަކީ އެންމެ ބޮޑު ޙަޤީޤަތް. އެންމެން ވެސް ތައްޔާރު ވަމާ.
މަރްޙޫމްގެ ފާފަތައް ފުއްސަވައި ދާއިމީ ސުވަރުގެ މިންވަރު ކުރައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި އާމީން
انا لله وانا اليه راجعون
اللهم اغفرله وارحمه وعافه وعف عنه
މާތް ﷲ މައްޔިތާގެ ފާފަ ފުއްސަވާ ރަޙްމަތް ލައްވާށި.އަދި މައްޔިތާގެ އާއިލާއަށް ކެއްތެރިކަން މިންވަރު ކުރައްވާށި. آمين
ކޮވިޑްގެ ފަހުން ރާއްޖޭގައި ކެންސަރު ބަލި ވަރަށް ގިނަވެއްޖެ ސަރުކާރުން ސިއްރުކޮށްގެން އުޅެނީ
ޢަލީ އާމިރުގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި!