ހުޅުމާލޭގައި ހަދަމުން އަންނަ ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތަކާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގައި ރާއްޖެ އިން ބޭރަށް ނުދެވޭ ގޮތަށް ޕާސްޕޯޓް ހިފަހައްޓާފައިވާ ހަސަން މަމްދޫހް (މަންޑޭ)ގެ ޕާސްޕޯޓު ދޫކޮށްލުމަަށް ކްރިމިނަލް ކޯޓުން މިއަދު އަމުރު ނެރެފިއެވެ.

ފުލުހުން ބުނީ ކޭ ޕާކް މައްސަލައިގައި ތުހުމަތު ކުރެވޭ މަމްދޫހް ފުރުން މަނާ ކުރުމަށް ނެރެފައިވާ އަމުރު ބާތިލްކޮށްފައިވާ ކަމަށެވެ. މި ނިންމުން ހައި ކޯޓުގައި އިސްތިއުނާފްކޮށް ދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި އެދޭނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ހަންބޯ މޯލްޑިވްސް ކުންފުނި ބޭނުންކޮށްގެން ދިވެހި ހިއްސާދާރު މަމްދޫހު، ކޭ ޕާކްގެ ފްލެޓްތައް މަކަރާއި ހީލަތުން ނުއަގުގައި ވިއްކި ކަމަށް ބުނާ މައްސަލައެއް ފެންމަތިވުމާ ގުޅިގެން މަމްދޫހް ރާއްޖެ އިން ބޭރަށް ނުދެވޭ ގޮތަށް ޕާސްޕޯޓް ހިފެހެއްޓީ މިދިޔަ މެއި މަހުގެ ތެރޭގައެވެ.

ކޭ ޕާކް އިމާރާތް ކުރަމުންދާ ހަންބޯ ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ ޝިއުން ޖިން ވަނީ މަމްދޫހްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް، ފުލުހުންނަށް މައްސަލަ ހުށަހަޅައިފައެވެ.

ކްރިމިނަލް ކޯޓުން ބުނި ގޮތުގައި ޕާސްޕޯޓް ދޫކޮށްލީ ޒަރޫރީ ބޭނުމެއްގައި ދަތުރު ކުރުމަށްޓަކައި ކަމަށާއި އަދި 45 ދުވަސް ތެރޭގައި ދަތުރު ނިންމުމަށްފަހު ކޯޓަށް އަންގަން މަމްދޫހަށް ޝަރުތުކޮށްފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން ވެސް ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް ބުނެފައެވެ.

ހުޅުމާލޭގައި 14 ބުރިއަށް އިމާރާތް ކުރަމުން އަންނަ ކޭ ޕާކް ރެޒިޑެންސްގެ ލޯކަލް އެޖެންޓް، ހަންބޯ މޯލްޑިވްސްއާ އެކުގައި ހެދި ކޮންޓްރެކްޓް އުވާލައި ޕްރޮޖެކްޓު ވީ އެންމެ އަވަހަށް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް ކޮރެއާގެ ހަންބޯ ކުންފުނިން ވަނީ ބުނެފައެވެ.

ހުޅުމާލޭގައި މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސްއެއް ތަރައްގީ ކުރުމަށް ހަންބޯ ޓެކް ކޮރެއާ އާއި އާބަންކޯއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ އޮކްޓޯބަރު 9، 2016 ގައެވެ. އެ އެއްބަސްވުމަށް ފަހު، ފްލެޓް ގަންނަން މީހުންނަށް އެހީތެރިވުމުގެ ގޮތުންނާއި މާކެޓްކުރުމުގެ ގޮތުން ރާއްޖޭގެ އޭޖެންޓެއްގެ ގޮތުގައި ހަންބޯ މޯލްޑިވްސް ވަނީ ހަމަޖައްސައިފައެވެ.

ނަމަވެސް ތުހުމަތުތައް ދޮގުކޮށް، މަންޑޭ މީގެ ކުރިން ބުނެފައިވަނީ ކޭޕާކް ޕްރޮޖެކްޓް މައްސަލައިގައި ރާއްޖޭގެ ލޯކަލް އެޖެންޓުގެ ހިއްސާދާރުންގެ މެދުގައި މައްސަލަޖެހިފައިވާ ކަމަށް ބުނެ އޭނާގެ އަބުރު ކަތިލަން ބަޔާނެއް ނެރުނީ ހަންބޯ ކޮމްޕެނީގެ ޗައިނާ ހިއްސާދާރު ޝިއުން ޖިން ފައިސާތައް ހިފައިގެން ފިލަން ފުރުސަތު ނުދިނުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޟަނޓޭ

    އިންސާފް މިއޮއް ވާރޭ ވެހޭހެން ވެހި ނަގަނީ ލޮލް ކޮބާތަ ޗޯރޭ

    13
    1
  2. ހަގީގަތް

    އިބޫ ސޯލިހައް ސަޕޯޓް ކުރާ މީހަކު ވެއްޖެޔާ ނުވާނެ ކުއްވެރިއެއް ނުކުރާ މީހަކު ވެއްޖެޔާ ވާނެ ކުއްވެރި.
    ވާނީ ޑީލްހެދީ ކަމަށް

    13
    1
  3. އައްޔަބޭ

    ހައްގު ގެއްލުނު މީހުނަށް އިންސާފެއް ނުލިބޭ
    ކުއްވެރިޔާ އައް ލުވި ދީފި
    ކޮބާ އިންސާފް

  4. ބަޑަންޑޫ

    ކްރިމިނަލް ކޯޓަސް މިހެން ހަދައިގެން ނުވާނެދޯ އަހަރުމެން އުމުރުދުވަހު ކުރިމަސައްކަތުން އެއްކުރި 3 މިލިއަން ރުފިއާ ދެއްކީ ކޭޕާކުން ތަނެއް ގަންނަން، މިހާރުދެން ނޭގޭ ފައިސާކޮޅުލިބޭނެކަމެއް ނޫނީ ފައިސާދެއްކި ފްލެޓް ލިބޭނެކަމެއް ސިޔާސީ ކަމެއް ނޫންވީމަ ރައީސްމީހާވެސް މިކަމަކާއަަޅައެއްނުލާ

  5. އަޙްމަދު

    ސަރުކާރުން ފިލަން ފުރުސަތު ތިޔަދިނީ
    45 ދުވަސް ފަސް އެއީ ވޯޓް ދުވަސް ކޮޅު

  6. އަހައްމަދޫ

    ދެން އެނިމުނީނު އެކަންތައް. ނުވާކަމަކަށް ހަދައިގެން ތިބޭނީ

  7. މުހައްމަދު

    މަދްދޭ ނުފިލާނެ
    ކޭޕާކްގެ މަސައްކަތް ނިންމާފަ އެތަނުން އެޕާޓްމަންޓްގަތް ފަރާތަށް އެތަންތަން ހަވާލުކޮށްދޭނެ
    ކޮބާ ޗައިނާ މީހާ އޭނަ އުޅޭ ތަނަކާއި ބަލަންވީ ނޫންތަ އޭނަގެ ޕާސްޕޯޓް ހިފެހެއްްޓުން މާމުހިންމު އެއީ ބޭރު ބިދޭސީއެއް

    1
    2
  8. ލިކާ

    ޗޯރުން ނައް މާލޭބިން ހައްގު

  9. ފރނޑ

    ދަރާފަ އޮއި މިލިޔަނަރަކައް ހެދިގެން އުޅުނު މީހާ ފިލިގެން ނުވާނެ..އަހަރެމެންގެ ލާރީގަ އުޅުނީ.

  10. ޙާމަ

    ކޮބާ އެޕާރޓްމަނަޓް ގައްނައް ލާރިދެއްކި މީހުންގެ ހައްގު..އުމުރުދުވަހު މަސައްކަތް ކޮއްގެން މީހުން ހޯދި ފައިސާ އޮޅުވާލައިގެން އަތުލިމީހާ ތި ދޫކޮއްލީ.. ދެންވެސް ވީ ހަމަ މިސަރުކާރައް ވޯޓްދޭންތަ...