ޕީޕީއެމް/ޕީއެންސީން މާލޭގައި ކުރަމުންދިޔަ މުޒާހަރާ ހިނގަމުން ދިޔަ ސަރަހައްދުން ސައިކަލުގައި މީހަކު ދަތުރު ކުރި ވަގުތެއްގައި އެސްއޯ ފުލުހުންތަކެއް ކުޑަކުއްޖަކާއި އެކު ހުރި އެކުއްޖާގެ ބައްޕަ ހައްޔަރުކޮށް، އާންމުންނާއި ދިމާލަށް ބުނި ބަހަކުން އާންމުން ރުޅިގަދަ ވެއްޖެއެވެ.

ރޭގެ ވަގުތެއްގައި ސުލްހަވެރި އިހްތިޖާޖު ހިނގަމުން ދަނިކޮށް އެސަރަހައްދުން ކުޑަކުއްޖަކާއެކު ސައިކަލެއްގައި ދަތުރު ކުރަމުން ދިޔަ މީހަކު އެއްވެސް ބެލުމެއް ނެތި، ވީނުވީއެއް ނޭނގި ކުޑަ ކުއްޖެއްގެ ކުރިމަތިން އަނިޔާވެރިކަމާއެކު ފުލުހުން ހައްޔަރު ކޮށްފައިވާއިރު، އެތައް ބަޔަކު ވަނީ އެކަން ކުށްވެރިކޮށްފައެވެ.

އޭނާ ހައްޔަރު ކުރާ މަންޒަރު ފެންނަ ވީޑިއޯތަކަކާއި ހައްޔަރު ކުރުމުގެ ފަހުން ނަގާފައިވާ ވީޑިއޯތަކެއް މިހާރު މީސްމީޑިއާގައި ފެތުރެމުން އަންނައިރު، އެ ވީޑިއޯއިން އަޑު އިވިގެން ދަނީ އާންމުންގެ ބަޔަކު އެމީހާ އޭނާގެ ދަރިފުޅާއި އެކީ ހުއްޓާ ހައްޔަރު ކުރުން ބަލައި ނުގަނެވޭ ކަމަށް ބުނެފައެވެ.

އެއަށް ރައްދު ދެއްވައި އެތަނުގައި އެވަގުތު ހުރި އެސްއޯ ފުލުސް މީހާ ބުނެފައިވަނީ "އޭނަ ބައްޕަ އަންނާނެ" ކަމަށެވެ. އެސްއޯ ފުލުސް މީހާގެ ފަރާތުން އެފަދަ ގޮތަކަށް ބަސްތައް ހުރުމާއި އެކީ އެތައް ބައެއްގެ ގާތަށް ވަނީ ރުޅި އައިސްފައެވެ.

ފުލުހުންގެ ފަރާތުން އެފަދަ މަންޒަރެއް ފެނިފައިވާތީ އިދިކޮޅު ކޯލިޝަނުން ވެސް ވަނީ އެކަން ކުށްވެރި ކޮށްފައެވެ.

މިހާދިސާއާއި ގުޅިގެން ވިދާޅުވީ، އޭނާ ހައްޔަރު ކޮށްފައިވަނީ ސަފަކަށް އެތުރިގެން ތިބި ފުލުހުންގެ ކުރިމައްޗަށް އަރައި ފުލުހުންނާއި ދިމާއަށް އެއްޗެއް އެއްލި މައްސަލައާއި ގުޅިގެން ކަމަށެވެ. އަދި އޭނާ ހައްޔަރު ކުރިއިރު، ކައިރީގައި ކުޑަކުއްޖަކު ވެސް ނެތް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ލޮލް

    މުޒާހަރާތަކުގެ ކުރީސަފަށް މިސަރުކާރުން ފުލުހުން ނެރެނީ ވާނުވާ ނޭނގޭ ނުވަތަ ތަންދޮރު އޮޅުންނުފިލާފަދަ މަސްތުކުރުވާ އެއްޗެއް ބޯންދީފައިތަ؟ ލޯކުރިމަތީ އާންމުންނަށް ފެނުނަސް ފުލުހުންނަށް ނުފެނެޔޭ އެބުނަނީ އެހެންވީމައެއް ނޫންތަ.

    59
    2
  2. އަހްމަދު

    މިހާރު ރައްޔިތުންނައް އެބައެނގޭ ސޯލިހައް ދެވަނަދައުރެއްދޭންޖެހޭކަން އެދައުރެއްގަ މަގުމައްޗަށް މީހުންނުކުމެއުޅުންވެސް ހުއްދަނުވާނެކަން

    49
    1
  3. މސ

    ފުލުހުންނޭވެ. ތިހެންކަންތައް ނުކުރައްވާށެވެ. ކުޑަކުދީން މަގުމަތިވާގޮތަށް ކަންތައް ނުކުރައްވާށެވެ.

    52
    1
  4. ކިޔުންތެރިއެއް

    ދަރިން ގޮވައިގެން މުޒާހަރާ އަށް ދަނީ އެތަންތަން އެކުދިންނަށް ދައްކަން ނޫންބާ؟

    22
    65
    • އައިމަން

      އަސްލުވެސް ތިހެން ނުބުނެވޭނެ. ސަބަބަކީ ތިމާމެން ބަސް ބުނާއިރު އެވަގުތާއި އެހާލަތަށް ބެލުމެއްނެތި ބަސްބުނެވޭކަން ދަރިންނަށް ދައްކަން ބޭނުންނުވިޔަސް އެކުދިންނަށް ފެންނާނެ އަޑުވެސް އިވޭނެ މިހެންލިޔާ ކޮމެންޓުވެސް ބަލާނެ ފެންނާނެ މީހުން ކިޔާތީ އަޑުވެސް އިވޭނެ އެހެންވީމާ ބަސް ބުނަންވާނީ ވިސްނާފަ އެހެންނޫންތޯ؟ ތިމާއަށްވެސް އެފަދަ ޙާލަތެއް ދިމާވީމަ އެކަން ވީގޮތް އެނގޭނީ. والله اعلم

      38
      2
      • ކިޔުންތެރިއެއް

        އަސްލު ވެސް. ސިޔާސީ މީހުން އަޑީގައި ތިބެގެން އެމީހުންގެ ބޭނުމަށް ފޮޓޯ އެއް ނަގަން ވެސް އެބަ ގެންދޭ ޅަ ދަރިން. މުޒާހަރާ ކުރާ މީހުން ގޮވަނީ ދަރިން ނާއި މައިންބަފައިން އެއް ތާކު ތިބެ އަޑު އަހަން ކެރޭ ފަދަ އެއްޗިއްސެއް ނޫން.

        3
        3
  5. Anonymous

    މުޒާހަރާއަށް ތިބުނާ ދަރި ގޮވައިގެން ދިޔަ މީހާ ނުވޭ ދޯ މައްސަލައަކަށް.

    ޕޕމ މުޒާހަރާތަކުގައި މިހާރު އުޅޭމީހުންގެ އެއްވެސް އަޚުލާޤެއް ނުހުރޭ. ހީވަނީ އަންނި ފޮނުވައިގެން އުޅޭ ބައެއްހެން.

    12
    39
    • ޙެހެހ

      ބަލަ މިސަރުކާރު ގެންނަންވެގެން މީހުން ދެއްކިވާހަކަތީ ، ތިމަންނަމެން ހަމަ މީހަކު އެއްޗެއްބުނާއިރަށް ހައްޔަރުނުކުރާނަމޭ ، އަދި މަޖިލީހުގައި ކޮންމެކަމެއްކުރިޔަސް ފާރުމަތިން ނުނެރަެނަމޭ ، މިއަދު ހަޖަމެއް ނުވޭދޯ

  6. ބޭކާރު ޕާޓީ

    މިއީ އަނެއް ދިވެހިރާއްޖޭގެ އޯގާތެރި ސަރުކާރު. ބޯހަލާކު!

    33
    1
  7. ހުސޭނުބޭ

    ރަށުތެރޭ އުޅޭ ޕާޓޭން ޔުނީފޯމްލައްވައިގެން ފުލުހުން އެމީހުން ނެރެގެން ގެންގުޅޭ. އެވަރަށް އެ މީހުންގެ އަގު ވަނީ ވެއްޓިފައި.

    39
    1
  8. ސސސ

    އެމް.ސީ.ހަމީދު އަކަށް ނޭނގޭނެ ފުލުސް އޮފީސް ހިންގާކަށެއް..ޖާސޫސް ކުރަން އިނގިދާނެ...

    36
  9. ސސސ

    ދަރިން ގޮވައިގެން އެތަނަށް ދިޔައަކަސް އެހެނެއް ނޫން ވާންވީކީ...އެމްސީ ހަމީދޫ...

    31
    1
  10. ްަގަމާރު

    ރިވެތި ނަމޫނާ ބައްޕަ ދަރިފުޅަށް ދަސްކޮށްދޭކަށް ނުޖެހޭތަ؟ ކޮންމެ ގޮތަކަށް ދަރިފުޅު ކުރިމަތީގައި ބައްޕަ އުޅުނަސް ވަރިހަމަ؟

    1
    3
  11. ކަލުބެ

    ޔާމީނު ބުނީ އެމިހުން ކާރިންއަހާބަލަ ދެބަފައިން ތިބީ ސަލްމާން މިސްކިތުގައި ސަޖިދައިގަތޯ؟

  12. ނަޝީދު

    މިހާރަކަށް އައިސް ދިވެހި ފުލުންގެ ނާތަހުޒީބް އަމަލުތައް ވަރަށްގިނަ އެފަދަ ފަރާތްތަކަށް އާއްމުން ކުރިމަތިލާންން ޖެހޭ އެމީހުންވެސް ޤާނޫނުން ބޭރުވާނަމަ ވާނީ ހަމަ އެއްވަރު.

  13. ޖޯން

    މީ އަނިޔާވެރިކަން

  14. ިސސެ

    މުޒާހަރާއަށް ތިބުނާ ދަރި ގޮވައިގެން ދިޔަ މީހާ ނުވޭ ދޯ މައްސަލައަކަށް. ނުުުުޫނިިީޓުރޭނިންކުރަނީދޯ...

    1
    3
  15. ސުިޓި

    ސސސ އެބުނީ ތެދެއް. މަގޭ ފަހަތުންވެސް ފާރަލަމުން އެބައުޅޭ. މާދަމާ ކަންނޭގެ މުޒާހަރާ އޮންނަ މަގުގެ އަނެއްކޮޅުގަ ހުރި ފިހާރަޔަކަށް ބިލެތްގަޑެއް ގަންނަން ވަންނަތަނުން އުފުރާލާނީ!

  16. Anonymous

    ކުޑަކުއްޖާ އާއިއެކު ހުއްޓާ ހައްޔަރުކުރުން ގޯސް.
    ކުޑަކުއްޖާ ގޮވައިގެން ރޯ އަވަގުރާނަގޮވާ މުޒާހަރާއަށްގޮސް ގައްޑާވެފައި، ހަމަނުޖެހުން ހިންގަން އުޅުން އޯކޭ.
    ދިވެހިންގެ ފެންވަރު

    1
    4
  17. މަހާރެހެންދި ފެނަޑޯލް ފާތުމަ އެޅި ވަގު މިސްކިތް ހުޅުމާލެ

    ކުޑަކުދިން ގޮވައިގެން ގޮސް ފުލުހުން ގެ ޒިއްމާތަކަށް ހުރަސް އެޅުން.....ވަރަށް ސަޅި ގޮތެއް....

    1
    3
  18. ސަމްރާ

    ފްރާންސް ވެސް އޮތީ ފުލުހުންގެ އިހްމާލުން ވަރަށް ދަށުދަރަޖަޔަކަށް ގޮއްސަ.
    ވީމާ ފުލުހުން ރައްޔިތުންނާއި ގުޅެން އެބަޖެހޭ.
    އަމުރުކުރަން ތިބޭނީ 50 ވަރަކަށް މީހުން، އެކަމަކު އެތައްލައްކަ މީހުން އެކުރާ އަމުރާއި ހިތްހަމަނުޖެހި އެވާހަކަ ދެއްކީމާ ފުލުހުން ދާންޖެހޭނީ އަމުރު އައްނަފަރާތާއި ސުވާލުކުރަން.
    ތިބެންޖެހޭނީ ރައްޔިތުންގެ ހިދުމަތުގައި.

  19. ކޮރަލް

    ތިޔަ ފުލުސް މީހާ އަކީ ކާކު؟

  20. މި ތުރު

    ފުލުހުން ގެ ތެރޭގައި ހުރި މާ ހަށިގަނޑުން ބިޔަ މީހަކު މާ ފުއްޕާފަ އުޅުނު. އޭނަ ކުޑަވާ ދުވަސްވެސް އަދި އަންނާނެ

  21. 2023 ޔާން

    ޜިވެތި އަދަބު ދަސްކޮއްދޭންވީ ހުރިހާ ބަލަދު ވެރިން...މައިން ބަފައިން..ޓީޗަރުން..ގައުމުގެ ވެރިން...އޭރުން ރަނގަޅުވާނެ...#ޕޮލިސް ފެއިލް އަގެއިން...

  22. ނަރުގިސް

    މުޒާހަރާ އަށް ފުރަތަމަ ދަރިފުޅު ގޮވައިގެން ދިއުމަކީ ގޯހެއް. އެކަމުން އެނގެނީ ބައްޕަ އަކީ ދަރިންގެ ސުލޫކާއި މެދު މާބޮޑު ފަރުވާލެއް ހުރިމީހެއްނޫން ކަން. އަހަރުމެންގެ ދަރިން ގޮވައިގެން މުޒާހަރާ އަށް ނުދަން.