ޕީޕީއެމް/ޕީއެންސީން މާލޭގައި ކުރަމުންދިޔަ މުޒާހަރާ ހިނގަމުން ދިޔަ ސަރަހައްދުން އަނިޔާވެރި ގޮތަކަށް ހައްޔަރު ކުރި މީހާ ދޫކޮށްލަން ކޯޓުން އަމުރު ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލާފައިވަނީ މިއަދު އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުންނެވެ.

ރޭގެ ވަގުތެއްގައި ސުލްހަވެރި އިހްތިޖާޖު ހިނގަމުން ދަނިކޮށް އެސަރަހައްދުން ކުޑަކުއްޖަކާއެކު ސައިކަލެއްގައި ދަތުރު ކުރަމުން ދިޔަ މީހަކު އެއްވެސް ބެލުމެއް ނެތި، ވީނުވީއެއް ނޭނގި ކުޑަ ކުއްޖެއްގެ ކުރިމަތިން އަނިޔާވެރިކަމާއެކު ފުލުހުން ހައްޔަރު ކޮށްފައިވާއިރު، އެތައް ބަޔަކު ވަނީ އެކަން ކުށްވެރިކޮށްފައެވެ.

މިހާދިސާއާއި ގުޅިގެން ވިދާޅުވީ، އޭނާ ހައްޔަރު ކޮށްފައިވަނީ ސަފަކަށް އެތުރިގެން ތިބި ފުލުހުންގެ ކުރިމައްޗަށް އަރައި ފުލުހުންނާއި ދިމާއަށް އެއްޗެއް އެއްލި މައްސަލައާއި ގުޅިގެން ކަމަށެވެ. އަދި އޭނާ ހައްޔަރު ކުރިއިރު، ކައިރީގައި ކުޑަކުއްޖަކު ވެސް ނެތް ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި އޭނާއަށް އަނިޔާވީ ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ދެކޮޅު ހެދުމުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަހްމަދު

    ފުލުހުން ބޮޑީކެމެރާހަރުކޮށްފަހުންނައިރު މިފަދަކޭސްތައްކޯޓުންވެސްއެބަޖެހޭ އެކެމެރާތަކުގެ އަލީގަހަގީގަތްހޯދަން އެހެންނޫނީ ރައްޔިތުންނައްލިބޭމިކަހަލަ އަނިތަކުގައިންސާފެއްނުލިބޭނެ

    13
    1
  2. ބުރޯ

    ފުލުހުންގެ ބަހުރުވަ ހުރީ ވަރަށް ހަޑިކޮށް. ކިތަންމެ ޕްރެޝަރެއް ކުރިމަތި ވިޔަސް، ފުލުހުންގެ ސްޓޭންޑާރޑްސް ހިފެހެއްޓެން ޖެހޭނެ. މައްސަލަ ބަލައި އެ ފުލުހުންނަށް ފިޔަވަޅު އެޅެން ޖެހޭނެ. ފުލުހުންނެކޭ ތަގްސް އެކޭ އެއްވެސް ތަފާތެއް ނެތް.

    15
  3. Anonymous

    ގައުމެއްގެ ސަލާމަތީބާރުން މިފަދަ ބޮޑެތި ދޮގުތައް ހަދާކަމީ ހިތާމަހުރިކަމެއް، ވީޑިއޯ ނުނެގޭ ޒަމާނުގައި ކޮންމެއެއްޗެކޭ ކިޔާފަވެސް އަނގައިން ރެކިދާނެ، އެޖަރީމާހިންގި ޕޮލިސް ބޭކަލުން އެމީހާ ގަޔަށް އަރާއގަތްއިރު ފެނުނީ ދައްޖާލުންތަކެއްހެން، މީޑިއާތަކުން ކަންހިނގިގޮތް އެހެރީ ފެންނަން ،ކުށެއް ނުކުރާ މީހެއް ނުވަތަ ކުށްވެރިއަށްވިޔަސް އެމީހަކު ހައްޔަރުކުރަން އުޅެފިއްޔާ އެކަމަށް ދެކޮޅުހަދާނެކަމީ ހަގީގަތެއް.

    16
  4. ޟަނޓޭ

    ގޮތްކުޑަ ސޯލިހާ އިމުރާނު މި ދޭތިފަހަރު ޖަލުގެ ކުޑަގޮޅިއައް ކަނޑާލާދުވަސް ދެކެން ބޭނުންވަނީ

  5. ޖުލައި

    ފުލުހުން މީހުންގެ އަތް އަބުރާ ހެދުން ވީދާ އޮރިޔާން ކުރީމަ ކުށަކަށް ނުވަންޏާ ޢާއްމުން ކުރާ ކަންތައްވެސް ކުށަކަށް ވެގެން ނުވާނެ

  6. ނަރުގިސް

    ކޯތުން 200 ކިލޯގެ ޑްރަގު ފެނިގެން ހައްޔަރު ކުރާމީހާ ވެސް އެކަށީގެންވާ ހެކި ނެތިގެން ދަނީ ދޫކުރަމުން