އަންނަ ރިޔާސީ އިންތިހާބަށް ކުޑަތަންވެ، އިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ވާދަ ނުކުރެވިދާނެކަމާމެދު ސުވާލު އުފެދިފައިވާ އިރު އެ މައްސަލައިގައި ސުޕްރީމް ކޯޓަށް ގޮސްފިނަމަ ރައީސް ޔާމީންގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ(އަދުރޭ) ވިދާޅުވެއްޖެއެވެ.

ރައީސް ޔާމިންގެ މައްޗަށް 11 އަހަރުގެ ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވާ އިރު އެ ހުކުމް ބާތިލު ނުކުރަަނީސް ރައީސް ޔާމިންގެ ކެންޑިޑެސީ ގަބޫލު ކުރެވެން ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ ބުނެފައެވެ

އެހެންވެ އެ މައްސަލައިގައި އިދިކޮޅުން މިއަދު ވަނީ އީސީއަށް ގޮސްފައެވެ.

އީސީގެ ބައްދަލުވުމަށް ފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން އަބްދުއް ރަހީމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައި ނުގެންފިނަމަ ސުޕްރީމް ކޯޓަށް ދާނެ ކަމަށެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ބަލާއިރު މީގެ ކުރިން ބަލާފައިވާ މައްސަލަތަކަށް ރިއާޔަތްކުރާނެ ކަމަށް ވެސް އަބްދުއް ރަހީމް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނަަށް އިދިކޮޅުން ދިއުމަށް ފަހު އަދުރޭ މީޑިއާތަަކަށް ަމައުލޫމާތު ދެނީ--

އެގޮތުން މީގެ ކުރިން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ފަދަ ބޭފުޅުންގެ ކެންޑިޑެސީގެ މައްސަލަ ވެސް ސުޕްރީމް ކޯޓުން ނިންމާފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"އެހެންވީމާ އަޅުގަނޑުމެންނަށް ޔަގީންކަން އެބައޮތް އިރާދަ ކުރެއްވިއްޔާ ރައީސް ޔާމީންގެ މައްސަލަ ވެސް. ކުރުކޮށް ދަންނަވަންޏާ ރައީސް ޔާމިންގެ ނަންފުޅު މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ކަރުދާސްގައި އޮންނާނެކަން" އަބްދުއް ރަހީމް ވިދާޅުވި އެވެ.،

އަންނަ ރިޔާސީ އިންތިހާބަށް ރައީސް ޔާމީންއަށް ކުރިމަތިލެވޭނީ އެމަނިކުފާނު މިހާރު ފުރުއްވަމުން ގެންދަވާ 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށްގެން ނެވެ. އަދި އެ ހުކުމް ބާތިލު ކުރި ނަމަވެސް ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ މައްސަލަތައް ސާބިތުވެ ދިގު މުއްދަތަކަށް ޖަލަށް ލައިފިނަމަ ވެސް ކެންޑިޑެސީ ރައީސް ޔާމީނަށް ގެއްލޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮވިޑް

    އިންޝާﷲ. ﷲގެ ރަޙުމަތާ އެކު.

  2. އއ

    ދެން ކޮން ދުވަހަކުދަނީ؟ 2028 ތަ؟؟

  3. ާއަހްމަދު

    ދެން އަވަހަށް ދާންވީނު ވަގުކަލޭގެ ސަލާމަތް ކުރަން ކީއްވެ ތިޔަ ލަސްކުރަނީ