ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބަދަލުގައި ޕީޕީއެމްއިން އެހެން ކެންޑިޑޭޓަކު ނެރެން އުޅޭ ކަމަށް ދައްކާ ވާހަކަތަކަކީ ސަރުކާރުގެ ޕްރޮޕަގަންޑާއެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަބްދުއް ރަހީމް އެގޮތަށް ވިދާޅުވީ ރައީސް ޔާމީންގެ ކެންޑިޑެސީގެ މައްސަލައިގައި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއި ބައްދަލު ކުރެއްވުމަށް ފަހު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

ހަމަ އެވަގުތު ނޫސްވެރިއަކު ވަނީ ރައީސް ޔާމިންގެ ބަދަލުގައި އެހެން ކެންޑިޑޭޓަކު ނެރުމާއި ގުޅޭ ގޮތުން ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި އަބްދުއް ރަހީމް ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ބައިބައި ކުރުމަށްޓަކައި ސަރުކާރުން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އަދި އޭނާއާއި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ފަދަ ބޭފުޅުންނާ ގުޅޭ ގޮތުން ފާޑު ފާޑުގެ ވާހަކަތައް އަންނާނެ ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް ގްރާސް ރޫޓް ލެވެލްގައި އެކަން ހިނގި ނަމަވެސް ރައީސް ޔާމީން ނޫން އެހެން ބޭފުޅަކު ވެރިކަމަށް އަންނަން އެއިން އެއްވެސް ބޭފުޅަކު ބޭނުންފުޅުނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުގެ ޕްރޮޕެގަންޑާ ވަރަށް ބޮޑަށް އުޅޭ ކަމަށާއި އޭގެ ބޭނުމަކީ ޕީޕީއެމް/ޕީއެންސީ ބައިބައިކޮށްލުން ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ހިޔާލުތަފާތުވުން އުފައްދައި ފިތުނަ ފަސާދަ އުފައްދައި އެއީ އެ ބޭފުޅުންނަށް އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމަށް އެ ބޭފުޅުންނަށް ގަބޫލު ކުރެއްވޭނީ ޕީޕީއެމްގެ ކެންޑިޑޭޓެއް ނެތި. ނުވަތަ ޕީީޕީއެމް ބައިބައިކޮށްލައިގެން" އަބްދުއް ރަހީމް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޕިސްޕިސް

    ޕަކާސް . . . މޮޔަވަނީދޯ . . . ހޭބަލިވޭ ދެން . . . ތިހެން ތިއްބަ ތިކިޔާ ޗޯރު އިބޫ އެްއްބުރުން ކިހިލި ޖަހާލައިގެން ގެންދާނީ ( މި ޕީ ޕީ އެމް މީހުން އެހެން މީހުންނަށް ޗޯރު ކީމަ ހާދަ ޖޯކޭ ހަހަހަހަ ) ޗޯރު އޮއްނާނެ ޖަލުގަ ހުކުމް ކޮށްފަ

    3
    7
  2. އަޒީޒާ

    ނުވެސްކެރޭނެ . .ޔާނު ދެކެ ގައްންބިރުން . . އެއީ ސީދާ ހުދު މުހުތާރު ' ހަސަދަވެރި ؛ ބަދަލު ހިފުމާ މިހުރިހާ ކަމެއްގަ އަރާ ހުރި މީހެއް ( ކައިރީގަ އުޅުނު މީހުންނާ ؛ އާއިލާ މީހުންނާ ؛ ސިޔާސީ މިހުން ނާ ނޫސްވެރިންނާ އެއްމެ ގިނައިން ޖަލަށް ލީ ޔާމިނު) ރާއްޖޭގައި މަސްތުވާ ތަކެތީގެ އެއްމެ އަޑީގަވެސް ހުރީ ޔާމިނު . . ގަބޫލް ކުރިޔަސް ނުކުރިޔަސް މީ ހަގީގަތް . . ޔާމިނުގެ ގަދަ ދުވަސްވަރު އަފްޤާނިސް ތާނުގަ މީނަގެ ކޮކެިން އާ ވީޑް ފާރމް އެއް އޮށްނަ ކަމަށްވޭ

    9
    6
    • ޚައިލާ

      ޢެކަމަކު ދުނިޔޭގެ އެންމެ ބޮޑު ޑްރަގް ޑީލަރުން އާތަރބްރަދާރސް އާއެކު ހުޅުމާލެއިން ފެނުނީ ނާޒިމްއާ އަދީބު ދޮއްތަ . މިހާރުވާ ގޮތެއްވެސް ނޭނގެ އެތެރެ ކުރާލެއް ހައްތާ ގިނަވަނީ އެއްދޮރުން ވައްދާފަ އަނެއް ދޮރުން ދޫކުރާތަން ފެންނަނީ.

  3. ސުބު

    ޕީޕީއެމްއަށް މިފަހަރު ކާމިޔާބެއް ލިބޭނީ ޑރމުއީޒު ނޫނީ ޑރވަހީދު ނެރިގެން މިއަހަރަކު ޔާމިނެއް ނުވިއްކޭނެ.

    1
    1
  4. މުޖައްރިބު

    ބައިބައި ކޮށްގެން ވިއަސް ފަޅިފަޅި ކޮށްގެން ވިއަސް ހަމަހިލާ ޔާމީނަށް ކުރިމަތި ނުލެވޭނެ.

  5. އަބްދޫ

    އަދުރޭ ކިތަންމެ ވަރަކަށް އުޅުނަސް ޔާމީނު ވަރިކަމަކަށް ނުގެނެވޭނެ. ޔާމީނު އެކަނި ނުކުމެ ކާމިޔާބު ނުކުރެވޭނެ. ޔާމީނަށް އިތުބާރު ކުރާ އެއްވެސް ސިޔާސީ ލީޑަރަކު ނެތް ޔާމީނު ކުރިޔަށް ނެރެގެން ޔާމީނުގެ ފަހަތުން ހިގަންބޭނުންވާ ސިޔާސީ ލީޑަރަކު ނެތް އިރު ޔާމީނު ނެރެގެން 2023 ޕިޕީއެމަށް ކާމިޔާބު ނުކުރެވޭނެ. 2018 ޕިޕިއެމަށް ކާމިޔާބު ނުވީވެސް ޔާމީނުގެ ޕާޓީ ހިންގުމުގެ ގާބިލްކަންނެތުމުން. މަޖިލީހުގެ ކޮންޓްރޯލްގެއްލިގެންދިޔައީސް ޔާމީނުގެ ހިނަގުންތެރި ވިސްނުމުގެ ފިކުރު ނެތުމުން އެންމެ ފަހުން ބޭއްވި މަޖިލިސް އިލެކްސަން އެމްޑީޕީ އަށް 65 ގޮންޑި ލިބުމުގެ ޒިންމާވެސް ޔާމީނު އުފުލަންޖެހޭނެ. އެހުރިހާކަމެއް މެދުވެރި ކުރުވީ ޕީޕީއެމް ފަޅިކޮށްލުމުގަ ޔާމީނު ކުޅުއްވި ރޯލުގެ ސަބަބުން، 2023 ޕީޕީއެމްށް މުހިންމު ވުމާއެކު ޔާމީނު ނޫންމީހަކު ނެރެގެން 2023 ކާމިޔާބު ކުރުންވަރަށް މުހިންމު.

    1
    3
  6. އއ

    ތީކީ އިދިކޮޅު ޕާޓީއެއްނޫން!!!! ޔާމީނު ބޭނުން ގޮތަކައް އެނބުރޭ ބައެއް.!!

    2
    2
  7. ސޭކިސްޓް

    ޗޯރޭ މުޅި ބައިތުލްމާލު ހުސްކޮށްލައިގެން ކެމްޕޭން ކުރިޔަސް ﷲގެ އިރާދަފުޅުން އޭނާ ނުހޮވޭނެ.

  8. ނޫނޭ ނުލަފާ

    ޔާމީން މިފަހަރު ކުރިމަތި ލައިފިނަމަ އޭނާ މިފަހަރު ތިޔަ އިންތިޚާބު ކާމިޔާބު ކުރާނެ. ރައްޔިތުން ތިބީ ބަދަލަކަށް އެބަދަލަކީ ޔާމީން. އޭނާ ނޫނީ ޤައުމިއްޔަތެއް ހުރި މީހަކު ނެތް. އެކަމު ކީއްކުރާނީ އޭނާ އެހުރީ ނުބައި ހުކުމެއްގައި ގުޑާ ނުލެވޭގޮތަށް ހަތަރެސްފައި ބަނދެފައި. މިއީ އެންމެން ދަންނަކަމެއް.

  9. ނަނާ

    މީ ނުބައި ނުލަފާ ސަރުކާރެއް. މުޅި ގައުމު އިންޑިއާއަށް ވިއްކާލައިފި. މިނިވަންކަން ގެއްލިއްޖެ. ދީނީ އެއްބައިވަންތަކަމެއް ނެތް. ދީނަށް ފުރައްސާރަކުރާ މީހާގެ ދިފާއުގައި އަބަދު އުޅޭތަން ފެންނަނީ. ރައްޔިތުން ފެލައިގެން ސަރުކާރު ހިންގަނީ. ލާރި ހޯދާނެ ގޮތެއް އެއްވެސް ޕްލޭނެއް ނެތް.

  10. ހަސަނުގެ ދަރި ލަތީފް

    ސަރުކާރެއް ނޫން އަންނި ފަތުރާ ޕްރޮ ޕެގެންޑާ އެއީ ބުރާންތި އަދުރޭ އެންމެ ފަހުން ކަލޭމެން ލާދީނީ އަންނިއަށް ސަޕޯރޓް ކުރަމުން ތިޔަ ދަނީ އާއްމު ރައްޔިތުންގެ އުއްމީދުގައި ކޮޅުފައިން ޖަހާފަ