ނ. ހޮޅުދޫގެ މަގު ހެދުމުގެ މަސައްކަތް ކުރަނިކޮށް ފާރެއް ވެއްޓި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ތިން މުވައްޒަފުންނަށް އަނިޔާވާ މަންޒަރު ފެންނަ ވީޑިއޯ އާންމުވެއްޖެއެވެ.

އާންމުވެފައިވާ ވީޑިއޯ އިން ފެންނަނީ ތިން މީހުން ވެސް ފާރު ކައިރީގައި މަސައްކަތެއް ކުރަން ތިބި ތަނެވެ. އޭރު މަގު ހެދުމަށްޓަކައި ވަރަށް ބޮޑު ސަރަހައްދެއް އޮތީ ކޮނެފައެވެ. ތިން މީހުން ވެސް ވަރަށް ކައިރި ކައިރީގައި ތިބީ ދެ މީހަކު ތިބީ ކޮޅަށެވެ. އަދި ތިން ވަނަ މީހާ ހުރީ އިށީނދެގެންނެވެ.

ވީޑިއޯގެ ވަކި ހިސާބަކުން ތިން މީހުންނާ ދިމާލަށް ފާރު ވެއްޓޭ މަންޒަރު ފެނެއެވެ. އިށީނދެގެން އިން މީހާ އެ ތަނުން ތެދުވާން މަސައްކަތް ކުރި ނަމަވެސް އޭނާ އަށް ތެދުވެވޭ ގޮތެއް ނުވިއެވެ. އެންމެ ފަހުން، ތިން މީހުންގެ ގައި މައްޗަށް ބޮޑު ފާރު ފެއްޓި، އެމީހުން ފަސްގަނޑާއި ފާރާ ދެމެދު ތާށިވެއެވެ.

އެއާއެކު، އެ ސަރަހައްދާ ވަރަށް ކައިރީގައި ތިބި އާރުޑީސީގެ މުވައްޒަފުންތަކެއް އައިސް ފާރު ނަގަން މަސައްކަތް ކުރެއެވެ. ވީޑިއޯ ނިމެނީ ފާރު ނެގުމުގެ މަސައްކަތް ކުރަން ފެށި ހިސާބުންނެވެ.

އިއްޔެ ހަވީރު 5:30 ހާއިރު ހިނގި އެ ހާދިސާގައި އަނިޔާވި ތިން މީހުންނަށް މިހާރު ރ. އުނގޫފާރު ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. އަދި އިތުރު ފަރުވާ ދިނުމަށް އެ މީހުން މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެ ހާދިސާގައި އެކަކުގެ ޅިނދު ކަށިގަނޑު ހަތަރު ތަނަކުން ބިންދައިގެން ގޮސްފައިވާ އިރު، އެކަކުގެ ކޮނޑު ކަށިގަނޑު ވަނީ ބިންދައިގެން ގޮސްފައެވެ. ތިން ވަނަ މީހާ އަށް މާ ބޮޑު އަނިޔާއެއް ނުލިބެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލީ

    ދިމާވީ ހިތާމަވެރި ހާދިސާ އެއް އެ 3 މީހުންގެ ފުރާނަ ސަލާމަތް ވެވޭތޯ އެކަށީގެންވާ ފަރުވާ އައް ލިބޭނެ ފަދަ އިންތިޒާ ހަމަޖެހިގެން ދާނެކަމައް އުއްމީދުކުރަން .
    މިފަދަ މަސައްކަތުގައި އިންޖިނިއަރިންގެ ބަލަން ވާވަރައް ބަލައި ރަނގަޅު ލަފާދިނުން ވަރައް މުހިއްމު . ރައްޖޭގެ ގިނަ ރައްތަކަކީ ވަރައްފ ފަސްގަނޑު ދޫކޮއް އޮންނަ ރަށްތައް ގިނަވާނީ ފާރާ ކައިރީން އެހާ ފުންކޮއް ކޮނައިރު ސަލާމަތީ ގޮތުން އަޅަންވާ ފިޔަޅު ތަކުގެ މައުލޫމާތް އިނގިރިން ދޭންވާނެ ފާރުދިގައް ލަކުޑި ފިލާ އަޅައި އެފިލާގައި 4 ސަޕޯރޓް ވިއްދުން ފަދަ ކަން ކުރެވިދާނެ ސަލާމަތީގޮތުން ކުރިއަށް ހުރިކަން ކަމުގައި ބަލައިގެން ގެންދިއުން ލަފާއަރުވަން.

    17
    0
  2. ރައްކާވެ ތިބިއްޔާ ދަތުރު.

    އެއްވެސްކަހަލަ ތަޖުރިބާއެއްނެތް ބަޔަކު ލައްވާ މަސައްކަތް ކުރުވާނަމަ މިފަދަ ކިތަންމެ ހާދިސާއެއްވެސް ހިނގާފާނެ. ދެން މީހަކު ބުނެފާނެ ކިހިނެއްހޭ އެނގޭނީ ފާރު ވެއްޓޭނެކަމެއް. ފާރު ވެއްޓިދާނެ ކަމަށް ބަލާފައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން މަސައްކަތް ކުރުން ބުއްދިވެރި. ހަމައެކަނި ހެލްމެޓަކުން ލިބޭނެ މާބޮޑު ރައްކާތެރިކަމެއް ނޯންނާނެ. ހާދިސާތައް ދިމާވާނީ ބުނެފައެއް ނޫން.

  3. އިބްރާހިމް

    ވަރަށް އަން ޕްރޮފެޝަނަލް. ބަޔަކު މަރުވެ ނުދަނީސް އިންޑިއާ ކުންފުނިތަށް ރާއްޖެއިން ބޭރުކުރަންޖެހޭ