އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ރޭ ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި މާލެ ސިޓީ ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް މުހައްމަދު ދޫކޮށްލުމަށް މާލެ ސިޓީ ކައުންސިލުން ގޮވާލައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކައުންސިލަރު އިބްރާހިމް މުހައްމަދު ހައްޔަރުކޮށްފައިވަނީ އިދިކޮޅުން މާލޭގައި ބޭއްވި އެއްވެ އުޅުމުގެ ތެރެއިން، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ލިބިދީފައިވާ ހައްގުގެ ތެރެއިން އަޑުއުފުލުމަށާއި، ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ދަށުން ޝުއޫރު ފާޅުކުރަމުން ދަނިކޮށް ކަމަށެވެ.

ކައުންސިލުން ގަބޫލުކުރާ ގޮތުގައި އެއީ ގާނޫނު އަސާސީއިން ލިބިދީފައިވާ ޝުއޫރު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް މާލޭ ސިޓީގެ ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުން އެމީހުންގެ މަންދޫބެއްގެ ގޮތުގައި ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރުގެ މަގާމަށް ހޮއްވަވާފައި ހުންނެވި އެ ދާއިރާގެ ކައުންސިލަރުގެ އަޑު ކަނޑުވައިލުމަށްޓަކައި ހިންގާފައިވާ އަމަލެއް ކަމަށް ބަޔާނުގައި ވެއެވެ.

"މިއީ ޑިމޮކްރެޓިކް ވެއްޓެއްގައި ކަންވެގެން ދާންޖެހޭގޮތް ނޫން. އެހެންކަމުން ކައުންސިލަރު އިބްރާހިމް މުހައްމަދު ވަގުތުން ވަގުތަށް ދޫކޮށްލުމަށް ގޮވާލަން.". ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ކުރިއަށްގެންދިޔަ ރެލީއަށް ފުލުހުން ޕެޕާ ސްޕްރޭ ޖަހާ، އެ ހިނގާލުން ހުއްޓުވުމަށް ސިފައިންވެސް ނެރުނެވެ. އެ ރެލީގައި ޕީޕީއެމްގެ ލީޑާ ޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަމަސްތޭ

    އެސޮރު ހާދަ ހެވިފަ . . . އޭނާ ހައްޔަރުކުރާނީ ކޮންމެސް ކުށެއް ކޮށްގެން ނޫނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ވެގެން . . ދެން ތިބި މީހުން ހައްޔަރެް ނުކުރެ އެއްނު . . އަސްލު ޕީ ޕީ އެމް އޮތީ ވައިވެފަ ، ، އެއްވެސ ސީރިއަސކަމެއްނެޔް . . ދެން ފޮޓޯއަށ އަރާލަން ވެގެނ ދާން ޖެހޭތީ ދަނީ . . . ވ ވެދުން

    2
    12