މޯލްޑިވްސް ބޯޓިން އެވޯޑްސް އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނީ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އޮގަސްޓް 10 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

މި އެވޯޑަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ފޯމާއި އަދި އެކަމަށް ބޭނުންވާ ޑޮކިޔުމެންޓްތައް ހުށަހަޅަން ޖެހޭނެ ކަމަށް އެސޯސިއޭޝަނުން ބުނެފައިވެއެވެ.

މި އަހަރުގެ އެވޯޑް ގާލާ ނައިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

މޯލްޑިވްސް ބޯޓިންގް އެވޯޑްސްއަކީ 2016 އިން ފެށިގެން ނެޝިނަލް ބޯޓިންގް އެސޯސިއޭޝަންގެ ފަރާތުން ރާއްޖޭގެ ފަތުރުރިކަމުގެ ސިނާއަތަށް ހާއްސަ ކޮށްގެން ބާއްވަމުން އަންނަ އެންމެ ބޮޑު އެއް އެވޯޑެވެ. އަދި ވޭތުވެ ދިޔަ އަހަރު ތަކާއި އެއްގޮތަށް މިއަހަރުގައި ވެސް 33 ގިންތި އަކަށް ހުޅުވައި ލެވިގެން ކުރިއަށް ގެންދާ އެވޯޑެކެވެ.