ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)ގެ ރައީސަކަށް އިސްމާއިލް ހަމީދު އިންތިހާބުކޮށްފިއެވެ.

އެންބީއެމްގެ ބޯޑަށް ކުރިއަށް އޮތް ދެ އަހަރަށް މެންބަރުން އިންތިހާބު ކޮށްފައި ވަނީ، ސޯލްޓް ކެފޭގައި އިއްޔެ ބޭއްވި އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައެވެ. އަހަރީ އާއްމު ޖަލްސާގައި ވަނީ އެންބީއޭއެމްގެ ނައިބު ރައީސަކަށް އަބްދުﷲ އިބްރާހިމްފުޅު އަދި ހަޒާންދާރަކަށް އަހްމަދު އިބްރާހިމް ވެސް އިންތިހާބުކޮށްފައެވެ.

އޭގެ އިތުރުން ޖަމިއްޔާގެ އެގްޒެކެޓިވް ބޯޑުގައި ނުވަ މެންބަރުން ތިއްބަވާނެއެވެ.

އެކްޒެކެޓިވް ބޯޑު މެންބަރުން (2022، 2023)
-އަބްދުﷲ ނަޝީދު
-އަހުމަދު އަފްރާހް
-އަހުމަދު ޒުބައިރު އަހުމަދު
-އާމިނަތު ސަލާހް
-އާމިރް މަންސޫރު
-ހުސައިން އަމާން
-އިބްރާހިމް ޝާހިދު
-މަރިޔަމް މާއިޝާ ސުޖާއު
-މޫސާ ރަޝީދު

ބޯޓިން އެސޯސިއޭޝަނަކީ 2007 ވަނަ އަހަރު އުފެއްދި އެސޯސިއޭޝަނެކެވެ. އެއެސޯސިއޭޝަނުން ވަނީ ބޯޓިން އިންޑަސްޓްރީއަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރަން ފާއިތުވި އަހަރުތަކުގައި ގިނަ މަސައްކަތަކެއްކޮށްފައެވެ. އަދި ދާއިރާގެ ގަވައިދުތަކާއި އުސޫލުތައް ހަރުދަނާ ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް އެސޯސިއޭޝަނުން ކޮށްފައި ވެއެވެ. މީގެ އިތުރުން ބޯޓިން އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ގިނަ ޓްރޭނިންތަކެއް ވެސް ހިންގާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު

    މި ލިޔުމަކުން ނޭގުނު ތީ ކޮންކަމެއް ކުރާ ޖަމިއްޔާއެއްކަމެއް. މަށަކަށް އިނގިރޭސިއެއް ނޭގެ. ތި ޖަމިއްޔާގެ މަޤްޞަދު ހާމަ ކޮށްލިނަމަ.

  2. ގުލާނު

    އެއްބައެއްދޯ މިތިބެނީ މި ގަރުނުގަ