ދިވެހިރާއްޖެއަށް އިންޑިއާ އިން ކަނޑައަޅުއްވާފައި ހުންނަ ސަފީރު މަނޫ މަހާވަރު އާއި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ބައްދަލު ކުރައްވައިފިއެވެ.
މިބައްދަލުވުމުގެ ތަފްސީލެއް އިލެކްޝަންސް ކޮމިޝަނުން ހާމައެއް ނުކުރެއެވެ. ހަމައެކަނި ވިދާޅުވީ ފުއާދު އާއި ސަފީރު މަހާވަރު މަޝްވަރާ ކުރެއްވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އޮބްޒާބް ކުރުމާއި ގުޅޭ ގޮތުން ކަމަށެވެ.
ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު އިންޑިއާ ސަފީރު މަހާވަރު އާއި ބައްދަލު ކުރުމުން އިދިކޮޅު ފަރާތްތަކުން އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ.
ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު (ޓޮމް) ކުރެއްވި ޓްވީޓެއްގައި ފުއާދު އާއި ސަފީރު މަހާވަރުގެ ފޮޓޯއެއް ހިމެނުމަށްފަހު ވިދާޅުވީ މާދަމާގެ ފޮޓޯއަކަށް ވާނީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރާއެކު (އިންޑިއާ ސަފީރު) ހުންނަވާ ފޮޓޯއެއް ކަމަށެވެ. "ގައުމު އަޅުވެތިކޮށް ނިންމައިފި. ރައީސް ޔާމިންގެ މައްސަލައިގެ ހައިކޯޓްގެ އެއްފަނޑިޔާރު ހުންނެވީ ތައިލެންޑްގެ ޕަތާޔާގައި" ޠާރިގު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސެޕްޓެމްބަރު 9 ގެ ވޯޓަކީ ރާއްޖޭގެ މިނިވަންކަމާ ގުޅޭ ވޯޓެއް ކަމަށެވެ.
މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވީ އިންޑިއާގެ ނުފޫޒުން ރާއްޖެ ސަލާމަތް ކުރަން އެބަޖެހޭ ކަމަށާއި ދިވެހިންނަށް ދިވެހިންގެ ނިންމުން ނިންމަން ޖާގަ ލިބެން ޖެހޭނެ ކަމަށެވެ. "އެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ދިވެހި ރައްޔިތުންނަށް ފަހި ކޮށްދޭން ޖެހޭނެ. އިންޑިއާގެ ޕަޕެޓް ވެރިއެއް މިގައުމަށް އިންތިހާބު ކުރުމަށް އިންޑިއާ އިން ކުރާ މަސައްކަތައް އިލެކްޝަންސް ކޮމިޝަނުން ފާރަވެރިވާން ޖެހޭނެ. ފުއާދު އާއި ކޮމިޝަންގެ މެންބަރު ހަބީބް ފަދަ ބޭފުޅުން ގައިގަ ދިވެހި ގައުމީ ލޭ ހިނގަން ޖެހޭނެ. ހުއްބުލް ވަތަންގެ ރޫހު ހުންނަން ޖެހޭނެ." ނަރީޝް ވިދާޅުވިއެވެ.
2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވެސް އޭރު އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެން ކޮމިޝަންގެ މެންބަރުންނާއި ބައްދަލު ކުރި މައްސަލަ ވަރަށް ހޫނުވިއެވެ. އޭރުވެސް ކޮމިޝަންގެ ރައީސަކަށް ހުންނެވީ ފުއާދު އެވެ.
އިދިކޮޅު ޕީޕީއެމް އިން ތުހުމަތު ކުރާ ގޮތުގައި އިންޑިއާ އިން އަންނަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވެސް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންނެވެ.
ޑީލެއް
ނުފޫޒު ފޯރުވަން މަސަތްކަތްކުރަނީއެއްނަުން ނުފޫޒުފޯރުވާނިމިފައޮތީ އިންޑިއާއިން ފާޅުގަބުނަމުންދަނީ މިސަރުކާރު ބަދަލުވެއްޖެނަމަ ދެން ތިމަންނާމެނައް ރާއްޖެއައް ބަސްބުނުމުގެފުރުސަތު ގެއްލޭނެކަމައް
ގޯހުން ގޯހައް
ރާއްޖެއަކީ އިންޑިޔާގެ ސްޓޭޓެއް... ދިވެހިންގެ އަމިއްލަ ބާރެއް ނެތް... ދިވެހިން ހޭ އަރާނީ ކޮންއިރަކުންބާ؟
ދިވެހި ރައްޔިތުން އެކަތިގަނޑަކަށްވެ، އިންޑިޔާގެ ނުފޫޒު މިހާވަރަށް މި އޮތް އޮތުން ނިމުމަކަށް ގެންނަން މަސައްކަތް ކުރުމަށް ގޮވާލަމެވެ.
ޕޮޓޯއިން ވަރައްފުން މާނެއެއް ދޭހެވަނީ.. ކާކުގެ ވިސްނުމަކައް ކާކުގެ ވޯޓެއްކަން އޮއޮތީ ފެންނަން ވިސްނާ ވިސްނާ
އިންްޑިޔާއިން ނުފޫޒުނުފޯރުވާތަނެއް ނޯވޭ
އިންޑިޔާ ރާއްޖޭގެ ކަންކަމުގެ ތެރެޔައް ވަދެ ޑީލްހަދަނީ ދިވެެހިންނޭ މިކަން ހުއްޓުވާ.
މީ ކިހާ ދެރަކަމެއްތަ. އެމްޑީޕީ ބަލިވާނެ ކަން އެގޭތީ އިންޑިޔާ އެއުޅެނީ އިންތިހާބު ވަގަންނަގަން
ރާއްޖޭގައި އެހެން ޤައުމުތަކުގެ ސަފީރުންވެސް އެބަ ތިބި. އިންތިޚާބު ކައިރިވީމާ އިންޑިޔާ ސަފީރު ކައިރިއަށް ފުއާދުބޭ އަވަސްއަވަހަށް ދިއުމުގެ ބޭނުމަކީ ކޮބައި.
އިންޝާ ﷲ، އެމްޑީޕީއާއި އެމްޑީޕީގެ ބޮޑުބިޔަ ކޯލިސަން ވޯޓުން ތަޅާ ބަލިކޮށް ހުރިހާ ޣައްދާރުންނަށް އަދަބުދޭނެ ސަރުކާރެއް ގާއިމު ކުރާނެވާހަކަ ދަންނަވާލަމެވެ.
ފައްސާލާނަން
ރޫޅާލާނަން.
ހަށި ފޮލާލާނަން
ހަމަ އިސްކޮޅަށް ހިންދެމިލާނަން
އަވަށްޓެރިންނަށްވުރެ ކުރިއަރައި ދާނަން.
އުތީމު ދެބަދަވިންނާއި ދަންޑެހެލު ފަދައިން މި ގައުމަށްޓަކައި ލޭ އޮހޮރި ،އޮހޮރުވާނަން.
ޝައްކެވެސް ނެއް އަކަން ކުރާނެ !
މި އިންޑިޔާއަކީ ދިވެހިގައުމަށް ޖެހިފައޮތް ބޮޑު މުސީބާތެއް.
އިންޑިޔާ ކަނޑުގެ ބޮޑު ދާއްބަގެ ކިބައިން ސަލަމަތްވުށް އެމްޑީޕީ ބަލިކުރަންޖެހޭ
މިފުވާދު މީވިކިފަހުރި ޣައްދާރެއް ކަން މިއޮއްގެން ފެންންނީ މިފަހަރު އިންތިހާބު ބާއްބަދޭން މިއުޅެނީ ބޮދުބޭބެއަށް ހެން ހީވަނީ (ބޭރުކުރޭ)
ވަރަށް ދެރަކަމެއް ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް
ބޭރުގެ ފަރާތްތަކުން ވަދެ އަތްބާނަން ފުރުސަތު ދީގެން
ނުވާނެ!
މީ ދެން ތަންކޮޅެއް ބޮޑުވަރު މިނޫނަސް މިޤައުމުގައި ސަފީރުން އެބަތިބި މިހާ ހަޔާތްކުޑަވެގެން ނޫޅޭ.
މި ނޫނަސް މިގައުމުގަ އެހެން ގައުމުތަކުގެ ސަފީރުން އެބަތިބި. މިވައްތަރަކަށް ނޫޅެ.މީ ބޮޑުވެއްޖި ކަމެއް.
އޮބްޒާވްކުރުމުގެ ކަންކަމާ މަސްވަރާކުރާށޭބުނާއިރު ކީއވެގެންތޯ ރާއްޖޭގަތިބި އެހެންއެންބަސީތަކައް ދައުވަތުނުދީ ވަކިން އިންޑިއާސަފީރާ ބައްދަލުކުރީ މިކަމުގެ ފަޖަތުގަ ފޮރުވިފަވާ ސިއްރުތަކެއްއެބަވޭ ދެން ފުއާދުބުނާނެ ގައުމީސަލާމަތައް ނުރަައްކާވެދާނެތީ ބޢްދަލުވުުމުގެ މައުލޫމާތުދެވޭކައްނެތޭ
ދެފުއް ފެންނަ އިންތިހާބެކޯމި ފުއާދު އިސްތިއުފާ
ރިގްކުރަން ކަންކަން ނިންމައިފި 😞
ހުރިހާރައްޔިތުންނުކުމެ މިފަހަރުގެ ވޯޓުން އިންޑިޔާ މިޤައުމުން ބޭރުކުރަންޖެހޭނެ އިންޑިއާގެ ވެރިކަމެއް މިޤައުމުގަ އޮވެގެންނުވާނެ
ފުއާދު އިސްތިއުފާ. ދިވެހިންގެ އިތުބާރެއް ފުއާދަކަށް ނެތް. ދިވެހި ރައްޔިތުން މިހާރު ފުއާދާ މެދު ދެކެނީ ކަތި ނަޒަރަކުން، ކަތި ނަޒަރު ވަރަށް ނުރައްކާ
އިންޑިޔާ އައުޓް. ޖަހައިދޭން ކެރޭނެ؟