ވ. އަތޮޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވައުދުވެވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ވ. އަތޮޅުގެ ފަސް ރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ފެލިދޫ އަށް ވަޑައިގެން ރައީސް ވިދާޅުވީ އެ އަތޮޅުގެ ގިނަ ރަށްތަކުގެ ރައްޔިތުން ޕިކްނިކް އައިލެންޑެއް ބޭނުންވާ ކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. ހާއްސަކޮށް ގެސްޓްހައުސްގެ މަސައްކަތް ކުރާ ފަރާތްތަކުން ޕިކްނިކް އައިލެންޑެއްގެ ވާހަކަ އަބަދުވެސް ދައްކާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް. --- ފޮޓޯ: އެމްޑީޕީ

ރައީސް ވިދާޅުވި ގޮތުގައި ބައެއް ރައްޔިތުން ބޭނުން ވަނީ ވަކި ރަށެއް ހިއްކައިގެން ޕިކްނިކް އައިލެންޑެއްގެ ގޮތުގައި އެ ރަށް ތަރައްގީ ކުރުމަށެވެ. އަދި އެހެން ބައެއް ރައްޔިތުން ބޭނުން ވަނީ މީހުން ދިރިއުޅޭ ރަށަކާ ގުޅިފައި އޮންނަ ގޮތަށް ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރަން ކަމަށް ރައީސް ވިދާޅުވިއެވެ.

2018 އަށް ވުރެ މިފަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ މާ ރަނގަޅުވާނެ: ރައީސް

"ސަރުކާރުން މިތިބީ ހުރިހާ ރައްޔިތުންނާ ވާހަކަ ދައްކައިގެން ރައްޔިތުން އެ ބޭނުންވާ ގޮތަކަށް އެކަން ހައްލުކޮށްދީ، މި އަތޮޅަށް ބޭނުންވާ ޕިކްނިކް އައިލެންޑް ހޯދައި ދިނުމުގެ މަސައްކަތް ކުރަން،" ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު މި ރަށުގެ ރައްޔިތުންގެ ވިސްނުން ވެސް ހޯދާނަން. ކެޔޮދޫ ރައްޔިތުންގެ ވިސްނުން ވެސް ހޯދާނަން. ރަކީދޫގެ ރައްޔިތުންގެ ވެސް ހޯދާނަން، ތިނަދޫގެ ވެސް ހޯދާނަން. ފުލިދޫ ރައްޔިތުންގެ ވެސް ހޯދާނަން. އޭގެ ފަހުގައި ރައްޔިތުން ބޭނުންވާ ގޮތަކަށް އެކަން ކޮށްދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަގީންކޮށް އަރުވަން،"

ރައީސް މިއަދު ވ. ފެލިދޫގައި. --- ފޮޓޯ: އެމްޑީޕީ

ރައީސް ވިދާޅުވީ "ޖަޒީރާ ރާއްޖެ" ގެ ތަސައްވުރާ އެކު، އެ ދުވަހު ނުކުންނެވީ ތަފާތު ކުރުމެއް ނެތި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އަސާސީ ހިދުމަތްތަކާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކަމަށެވެ. ވ. އަތޮޅުން މި ފެންނަނީ އޭގެ މިސާލެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފެލިދޫގައި މި ސަރުކާރުން ހިންގި މަޝްރޫއުތައް:

- ރަށުގެ ބަނދަރު ހަދައި ނިންމުން.
- ސްކޫލަށް ބޭނުންވާ މަލްޓި ޕާޕަސް ހޯލް ވަނީ ނިމިފައި.
- ކުޑަކުދިންގެ ޕާކް ވަނީ ނިންމާފައި.
- އިންޖީނުގެ ހަދާ ވަނީ ނިމިފައި.
- ފެނާއި ނަރުދަމާގެ ނިޒާމު އެޅުމުގެ މަސައްކަތް ކުރަނީ

ރައީސް ވިދާޅުވީ މި ދައުރުގެ ތެރޭގައި ފެނާއި ނަރުދަމާގެ ނިޒާމު ވެސް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ގޮނޑުދޮށް ހިމާޔަތް ކުރުމަކީ ކުރަން ޖެހިފައި އޮތް ކަމެއް ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެ މަސައްކަތް ކޮންޓްރެކްޓްކޮށް ބަޔަކާ ހަވާލު ކުރެވިފައިވާ ކަމަށެވެ.

ރަށުގައި ހުރި ހޮސްޕިޓަލް ތަރައްގީ ކުރުމަށް ވައުދުވެވަޑައިގެންފައިވާ އިރު، ކުވައިތުން އަޅާ ހޮސްޕިޓަލްތަކުގެ ތެރެއިން އެއް ހޮސްޕިޓަލް އެޅިގެންދާނީ މި ރަށުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އިމާ

    ތީ ކޮންކަހަލަ ވައުދެއް ތައްނކޮޅޭއް އޮއްޓަރު ހުރިވައުދެއް ވެބަލަ

    • ލޮލް

      މާއްދިއްޔަތަށް ހޭކެނޑިފައިތިބޭ ބަޔަކަށް ކަމުދާކަހަލަ ވައުދެއް. ބުއްދިވެރިން ދެކޭނީ އެއީ އެއްވެސް ތާކުންތާކު ޖެހޭ ވައުދެއް ނޫންކަމަށް.

  2. ހުސޭނުބޭ

    މީގެ 5 އަހަރު ކުރިން ވީ ވަޢުދުތައްވެސް އެބަހުރި ފުނިޖެހިފައި. ވައްކަންކޮށްފައި ރައްޔިތުންނަށް ކަމެއްކޮށްދޭނެ ވަގުތެއް ނުވި!

    6
    1
  3. ކިނބޫ

    އުމްރާނީ ތަރައްގީ ބޭނުމެއްނޫން. ދޮގު އިބޫ ގެ ދޮގު ވައުދުތައް ގަބޫލެއް ނުކުރާނަން

    4
    1
  4. ގައުމު

    ދިވެހިންނަށް ހައްގީ ހުސް އާޓިފިޝަލް ރައްތަށް ގުދުރަތީ މުއްސަނދި ކަން މަހުޖަނުންނަށް..

  5. ޙުސައިން މޫނާބޭ

    އަތޮޅު ކައޔންސިލުން އިސްނަގައިގެން ރުންހުރާ ނުވަރަ ރުއްއެޅިހުރާ މިހާރުވަނީ ޕިކުނިކު އައިލެންޑަކަށް ތަރައްގީކޮށްފައު!