ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރުމަށް ގޮވާލައި އެމަނިކުފާނުގެ ސަޕޯޓަރުން މިރޭ ވެސް މަގުމައްޗަށް ނިކުތުމާއިއެކު އެސްއޯ ފުލުހުން ނިކުމެ، ރައީސް ޔާމީންގެ ސަޕޯޓަރުން ހުއްޓުވައިފިއެވެ.

ރައީސް ޔާމީންގެ ސަޕޯޓަރުން މަޖީދީމަގުން ކުރިއަށް ދާން ފެށުމުން ފުލުހުން ވަނީ އޯޝަން ބަބްލްސް އާއި ހަމައިގައި ބެރިކޭޑް ޖަހައި ސަޕޯޓަރުން ކުރިއަށް ދިއުން ހުއްޓުވާފައެވެ. އެހިސާބުގައި ތިބެ ރައީސް ޔާމީންގެ ސަޕޯޓަރުން އެމަނިކުފާނު މިނިވަން ކުރުމަށާއި، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި އަޑުއުފުލަން ފެށުމާއިއެކު ފުލުހުން ވަނީ މުޒާހަރާގެ ތެރެއަށް ވަދެގެންފައެވެ.

މުޒާހަރާގެ ތެރެއަށް އެސްއޯ ފުލުހުން ވަދެގަނެ އުމުރުން ދުވަސްވީ އަންހެނަކާއި، އިތުރު ފިރިހެނަކު މިހާތަނަށް ވަނީ ހައްޔަރު ކޮށްފައެވެ.

އަދި މިހާރު ރައީސް ޔާމީންގެ ސަޕޯޓަރުން ވަނީ ބޮޑުތަކުރުފާނު މަގާއި ހަމައަށް ފަހަތައް ޖައްސާފައެވެ.

ރައީސް ޔާމީންގެ ދިފާއުގައި މުޒާހަރާ ކުރަން ނިކުތް މީހުންގެ ތެރެއިން ގިނަ ބަޔަކު ރޭ ވެސް ހައްޔަރު ކުރިއެވެ.

ފުލުހުންގެ މުއައްސަސާ އާއި ހަވާލުވެ ހުންނެވި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަނީ މުޒާހަރާ ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ބުނެ އިއްޔެ ރޭ އެމްޑީޕީގެ ޖަލްސާއެއްގައި މުޒާހަރާ ކުރާ ފަރާތްތަކަށް އިންޒާރު ދެއްވާފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަން ޕީޕީއެމް އިން ކަނޑައަޅާފައިވާ ރައީސް ޔާމީންގެ އިސްތިއުނާފު ޝަރީއަތް ލަސްވަމުން ދާތީ ޕީޕީއެމް އާއި ރައީސްގެ ސަޕޯޓަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް މިހަފްތާއަށް ވެސް އިސްތިއުނާފު އަޑުއެހުމެއް ތާވަލް ކޮށްފައެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ކަމަނަ

    އިބޫ ހަޖަމް، އިބޫ ހަޖަމް. އިބޫ ހަޖަމް.

    27
    3
  2. މަހުދީ

    ތިޔަ މީހުންގެ ނުބައިކަން އިޒުރޭލަށްވުރެ މިހާރު ބޮޑު. އެއްވެސް ގޮތެއ ފޮތެއް ނެތިގެން އުޅޭކަހަލަ

    28
    3
  3. އަޖޭ

    އެމުޑީޕީ ގަ އޮތީ މައުމޫނު ގެ ފިކުރުގެ މީހުން

    21
    3
  4. ާދަލޭކް

    ޔާމީން ދެކެ ހާދަހާވާ ވިރެކޭ ތިގަންނަނީ ވެރިކަމާހުރެ ހަމަ ރަނގަޅަށްވެސް މޮޔަފުޅު ވަނީ

    31
    4
  5. ރާއްޖެތެރެ

    ސަރުކާރު ވެއްޓެނީ އެމްޑީޕީ ކަޑަ

    34
    4
  6. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    އިމްރާން އާއި އިބޫ ކިތަންމެ ވަރަކަށް މިކަން ހުއްޓުވަން އުޅުނަސް މި ކަމެއް ނުހުއްޓުވޭނެ! "ޗޯރު އިބުރޭ" އެކަނި ރޭސް ޖަހާ މޮޅު ވާން ވެގެން ޔާމީން ޖަލަށް-ލީ.

    7
    2
  7. އައްޔަބޭ

    ސޯލިހުގެ ކެންޕެން ކުރީ ސަަފުގައި އެސް އޯ
    އެސް އޯ ފުލުހުން ނެރެގެން ސޯލިހަށް ވަރަށް ރަނގަޅު ނަތީޖާއެއް ލިބޭނެ ވޯޓުން

    6
    2
  8. ކަނޑިންމަ

    ހުރެބަލަ މިސަރުކާރު ބަދަލުވީމާ މިމީހުން ފަހާދުވަން ނެރޭނީ މިހާރު އަހަރެމެންފަހާދުވާމީހުން ނުކެރޭނެނުދުވެ

    5
    2
  9. ޑިމޮކްރަސީ

    ހާދަ ބިރެކޭ ދޯ މިގަންނަނީ އަދި ޔާމީން މިނިވަންވެއްޖިއްޔާ ގަންނާކުރައްވާބިރުން މިވެރިކަން ނިމޭނެ

    6
    2
  10. ހިޔަޅު

    މިޤައުމުގަ އުފެދުނު އެއްމެބޮޑު ވަގުކަލޭގެ ދިފާއުކުރުމަށް ނުޖެހޭނެ މަގުމައްޗަށްނިކުމެ މީހުންނަށް އުދަގޫވާގޮތަށް ކަންތައް ކުރާކަށެއް، އެފުރުޞަތު ސަލާމަތީ ބާރުތަކުން ދީގެންވެސް ނުވާނެ

    3
    8
  11. ރާޝިދާ

    ގާމް ވިދާޅުވި ދުލުގެ މިނިވަންކަން ދީފައޭ އޮތީ ކޮބާތަ އެބުނާ މިނިވަންކަމަކީ ރައްޔަތުން ހިފާ ހައްޔަރުކުރުން ނޫން ކަމެއް ކުރާތަނެއް ނުފެނޭ މީ ދައްކާ ވާހަކައާ ދިމާނުވާ ސަރުކާރެއް

    9
    1
  12. ގާސިމް

    މިފަހަރު ވޯޓުއިން %100 އެމް.ޑީ.ޕީ އަށް ލިބޭނެ
    މިހާރު އޮތީ މާލެ އާއި އަތޮޅުތެރޭ ރައްތަކުގައި ޕީ.ޕީ.އެމް ސަޕޯޓަރ ހައްޔަރު ކުރުން...
    ސުކުރިއްޔާ ރައީސް