އިހަވަންދިއްޕޮޅު ޕޯޓު ސިޓީ ހަގީގަތަކަށްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.

ހޯރަފުށީގައި މިއަދު ހެނދުނު ކުރިއަށްގެންދިޔަ ރައީސް ސޯލިހްގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ސައްލެ ވިދާޅުވީ، ތަސައްވަރެއް އޮންނަ ލީޑަރަކަށް ކާމިޔާބު ކޮންމެ ލީޑަރެއް ވެވައިގެންފައިވާ ކަމަށް އިލްމުވެރިން ބުނާ ކަމަށެވެ.

ގައުމީ ތަރައްގީ އާއި ތަސައްވަރެއް ގެންގުޅުއްވާ އެހެން ކެނޑިޑޭޓެއް އަދި ރައީސް އަކުވެސް ރައީސް ސޯލިހް ނޫނީ ދެކެވަޑައި ނުގަންނަވާ ކަމަށާއި އެއް މިސްރާބެއްގައި އެއް ވާނެއްގައި އެއް އަމާޒެއްގައި ގައުމުގެ ތަރައްގީ، ރަށުގެ ތަރައްގީ ގެންނަވާ ވެރިއެއްގެ ގޮތުގައި ފާހަގަކުރެވެނީ ރައީސް ސޯލިހް ކަމަށް ސައްލެ ވިދާޅުވިއެވެ.

ސައްލެ ހޯރަފުށީގައި ވާހަކަދައްކަވަނީ -- ފޮޓޯ: އެމްޑީޕީ

ރައީސް ސޯލިހް މުޅި ރާއްޖެއަށް ޓޯޓަލް ޑިވެލޮޕްމަންޓް ގެނެސްދެއްވަމުން ގެންދަވާ ކަމަށާއި ރާއްޖޭގެ ހަނި އިގްތިސޯދު ފުޅާކުރުމުގެ މަސައްކަތްތައް ވަރަށް ހަލުވި ކަމަާއެކު ކުރިއަށް ގެންދަވާ ކަމަށް ސައްލެ ވިދާޅުވިއެވެ.

"ރައީސް ވެރިކަމަށް އައިއިރުގައި ކުރީގެ ރާއްޖޭގެ ޝިޕިން ލައިން މުޅިން އެއްކޮށް ފަނާވެގެން ގޮސްފައިވަނީ. ދިވެހި ރާއްޖެއަށް ކާބޯތަކެއްޗާއި މުދާ އެތެރެކުރުމުގައި އެންމެ ބޮޑު ޖޮންޖެހުމަކަށް އޮތީ އެތަކެތި އުފުލުން. މިހާރު ލައްކާއާއި ރާއްޖެއާއި ދެމެދު އުފުލާ ކާގޯގެ 80 އިންސައްތަ އުފުލަމުންދަނީ ރާއްޖޭގެ ބޯޓުތަކުގައި . މިއީ އިގްތިސޯދީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކައި ރައީސް ކުރައްވަމުންގެންދާ މަސައްކަތުގެ ކުޑަކުޑަ މިސާލެއް." ސައްލެ ވިދާޅުވިއެވެ.

ސައްލެ ވިދާޅުވީ، އެ އަތޮޅުގެ ރައްޔިތުން އުންމީދުކުރާ އިހަވަންދިއްޕުޅު ޕޯޓް ސިޓީ ހަގީގަތަކަށްވާން އޮތީ މި ރައީސް އަނެއްކާވެސް ރާއްޖޭގެ ޒާމަތަށް ވަޑައިގަންނަވައިގެން ކަމަށެވެ. ތަސްވަރެއް އޮތް ތަރައްގީގެ އަމާޒު ހިއްޕަވާފައިވާ ވެރިއަކާއެކުގައި ނޫނީ އިންތިހާބާއެކުގައި ކުރިއަށް ނުދާނެ ކަމަށް ވެސް ސައްލެ ވިދާޅުވިއެވެ

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ހާދަ މަޖާ ވާހަކައެކޭ ، ސަލީމް މިބުނާ ގޮތުން ސޯލިބޭ މަރުވެއްޖެއްޔާ ހުރިހާ ދިވެހިން މަރުވާނެދޯ ، ދިވެހިގައުމު ވެސް ނެތިފަނާވާނެދޯ ، ސޯލިބޭ އަށް ދެވަނަ ދައުރެއް ނުލިބިއްޔާ ދުނިޔެ ގިޔާމަތް ވާނޭ ވެސް ސަލީމް ބުނަންވީނު ، ސަލީމް މިދައްކާ ވާހަކައިން ފިރިހެނަކު ބަލިވެ އިނދެ ވިހާފާނެ ކަލޭނޭ

    36
    1
  2. ލޯމާފަނު

    އުމްރާނީ ތަރައްގީ ބޭނުން ނުވި މީހުންތައް "އަންނަނީ އަންނަނީ" ޒާތުގެ ވައުދެއްވެލީ ދޯ. ކަލޭމެނަށް ފުރުސަތުލިބި ފެއިލްވެފަވާކަން ރައްޔިތުންނަށް އެނގޭ

    31
    1
  3. ދަވާލާ

    ތަރައްގީގެ ތަސައްވުރެއް ގެންގުޅުއްވާ އެހެން ލީޑަރެއް ސަލީމަށް ނުފެއްނަނީ ކަލޭގެ ލޮލޮގެ މައްސަލައެއް އަވަހަށް ލޮލުގެ ޑޮކްޓަރަކަށް ދައްކާ ، ސޯލިބޭ ތަރައްގީގެ ވިސްނުން ހުރީމަތޯ ގައުމު ލޫޓުވަނީ ގައުމުގެ ހަރުމުދާތަށް ވިއްކާ ހުސްކުރީ ، ސަރުކާރުގެ ކުންފުނިތަށް އަނދާ އަޅިއަށް މިވަނީ ބުރާންޗާ

    28
  4. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާދުރައްދޭ

    ތިބުނާއިހަވަންދިއްޕޮޅު ވީތަނެއް ސޯހިއުއަށް ހޯރަފުށި ސަލީމުއަށް އެނގޭބާ 5އަހަރު ނިމިގެންދިއައިރު ނޭގުނީކިހެނެއްވެގެން މި5އަހަރު ހޮވިއްޖެއްޔާ ދިވެހިން އުލުބައިންދާނެ ވސަލާން

    10
  5. ކ

    އުހުން މިހާރު ތިކަން ނުކޮށް އިރުރު ބަހަނާ ނުދައްކާ ސައްލޭ

    23
  6. ހުސޭނުބޭ

    އިހަވަންދިއްޕޮޅުގައި ޕޯޓު ސިޓީއެއް ތަރައްޤީވާނީ އެންމެން ސޯލިބެޔަށް ނޫނެކޭ ބުނެގެން!

    28
  7. ނަރުބަކުރު

    ސޯލި ތަރައްގީ ހެޔޮ

    9
    1
  8. ޙިންނަބެ

    މި 5 އަހަރު ސައްލޭ ރާރުގަނޑެއް އެޅުނީ ސައްލޭ ރަށަށް ހެޔޮއެދޭނަމަ ހުންނާނީ ރަށުގަ މޮޔަ ނުގޮވާ

  9. ހިޔާލު

    އިންޑިޔާއަށް ވިއްކާ ނިމިގެންނު އެހެން ކަމެއް ކުރެވޭވަރު ވާނީ!

  10. ނާއުއްމީދު

    ފުރުސަތުލިބި ފެއިލްވެފަވާއިރު އުޑުގަ ހުރި ތަރިވެސް ބާލަދޭނެކަން ރައްޔިތުންނަށް އެނގޭ. މި ފަސް އަހަރު ނިމެން ހގާތްވެ އިނތިހާބު ކައިރި ވާއިރު މާ ކަންތައްތައް ކޮށްދޭ ބަޔަކަށް ވެގެން މިއުޅެނީ. ތިޔައީ ކޮރަޕްޓެޑް ބަޔައެއް. ވަރަށް ސަލާމް

  11. ވެކާ

    އޭރުން އަނެއްކާ 3 ވަނަ ދައުރެްވެސް ބޭނުންވާނެ..