މި ސަރުކާރު ކޯލިޝަންގެ ތެރެއިން ވެރިކަމަށް އައިއިރު، ބައެއް ބޭފުޅުން ކޯލިޝަނާ ދުރަށް ޖެހުމަކީ އެމަނިކުފާނަށް މައްސަލައެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ރިޔާސީ ކެމްޕެއިން ދަތުރުފުޅުގައި ހއ. މާރަންދު އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ އެކުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ މީގެކުރިން އެމްޑީޕީ ނުކުންނަނީ ސަރުކާރުތައް ބަދަލު ކުރަން ކަމަށެވެ. އެ ވިސްނުން އެމްޑީޕީ ތެރޭގައި އޮންނަ ކަމަށް ވިދާޅުވިއެވެ.

"ޕާޓީ ތެރޭގައި ވެރިކަމުގައި ތިބެ ވެސް ވެރިކަން ބަދަލު ކުރުމުގެ ވިސްނުން އެބަހުރި. އެއީ ހަރުލާފައި ނުނެއްޓިފައި ހުރި ކަމެއް. އަޅުގަނޑުމެން ވެރިކަމަށް އައުމަށް ފަހު ދެން ކުރަން ޖެހޭ ކަމަކީ ވެރިކަން ދެމެހެއްޓުން." ވާދަވެރިންނަށް ނުސީދާ ގޮތެއްގައި ރައްދު ދެއްވައި ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް މިއަދު ހއ. މާރަންދޫގައި ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: އެމްޑީޕީ

ރައީސް ވިދާޅުވީ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ސަރުކާރު ދަމަހައްޓަން ޖެހޭ ކަމަށެވެ. އަދި އެމްޑީޕީގެ ދާއިމީ ސިޔާސަތަކީ ވެރިކަންތައް ބަދަލު ކުރުން ނޫން ކަމަށް ވިދާޅުވިއެވެ.

"ވެރިކަމުގައި ތިބެން ވެސް ދަސް ކުރަން ޖެހޭނެ. ރައްޔިތުންނަށް ހިދުމަތް ކުރެވޭނީ އެކަން ކޮށްގެން. އަޅުގަނޑުމެން މި ނުކުންނަނީ 2018 ވަނަ އަހަރު އިންތިހާބު ކުރި ސަރުކާރު ދެމެހެއްޓުމަށްޓަކައި." ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި އެމްއާރުއެމްއާއެކު އެމްޑީޕީން ހެދި ކޯލިޝަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައްޔިތުން އުފެއްދީ ކޯލިޝަން ސަރުކާރެކެވެ. އެ ކޯލިޝަން ސަރުކާރު ދަމަހައްޓަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ރިޔާސީ އިންތިހާބަށް ކުރިމަތިލީ އިރު، އެ ކޯލިޝަންގައި ހިމެނޭ ބައެއް ބޭފުޅުން ދުރަށް ޖެހިއްޖެ. މައްސަލައެއް ނޫން އެއީކީ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދު ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދޭ ކަމަށް ގަބޫލުކޮށް، އާ ކަންތައްތަކެއް ކޮށްދެވޭނެ ކަމަށް ގަބޫލު ކުރާ ޕާޓީތަކެއް ހުރިއިރު، އެކަން ގަބޫލުކޮށް މިފަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކުގައި ކޯލިޝަން ހަދާފައިވާ ދެ ޕާޓީއަކީ އަދާލަތު ޕާޓީ އާއި އެމްޑީއޭ ކަމަށެވެ.

"މިއީ އެންމެ ބޮޑު، އެންމެ މެމްބަރުން ގިނަ ކޯލިޝަން. އިރާދަކުރެއްވިއްޔާ އެ ކަން ނަތީޖާ އިން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ،" ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް ރައީސް ސޯލިހް ވަނީ ޖުމްހޫރީ ޕާޓީ އަށާއި އެމްއާރުއެމް އަށް ސިޓީ ފޮނުއްވައިފައެވެ. އެކަމަކު، ޖުމްހޫރީ ޕާޓީން ވަނީ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމައިފައެވެ. އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ގާސިމް އިބްރާހިމެވެ. އެމްއާރުއެމް އިން ރިޔާސީ އިންތިހާބާ ގުޅޭ އެއްވެސް ނިންމުމެއް އަދި ނިންމާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ގާސިދު

    ކުރިޔަށް އިންތިޚާބުން ވެރިކަން ނުލިބިއްޖެނަމަ އެނގޭނީ "އެމްޑީޕީގެ ދާއިމީ ސިޔާސަތަކީ ވެރިކަންތައް ބަދަލު ކުރުން ނޫން ކަން"

    11
    2
  2. ޗޯރޭ

    އެކަކު ކޯލިޝަން ނުހެދިޔަސް، ވޯޓު ނުދިނަސް އިބޫއަށް ހެވޭ. ފަސް އަހަރުތެރޭ ރައްޔިތުންގެ ބައިތުލްމާލު ކައި ހުސްކޮށްފަ އެދަނީ!

    23
    4
  3. ދޮންދީނާ

    މިކަން ނިމޭއިރު ކަލެޔާ އިމްރާނާ ދެމީހުން އެކަނި ތިބުން ރައްޔިތުންވެސް އެދެނީ

    23
    4
  4. ޖީބު

    އާނ ކައިރީގައި އަދި ތިތިބިމީހުން ބަނޑުފުރުވާފަ ތިއްބަސް އެބައިމީހުންގެ ހިތުގަޖަހާ ވިންދަކީ ނަޝީދު ދަ ޑިމޮކްރަޓްސް އިނގޭތޯ.. ރައީސް ހާދަ މޮޔަފުޅޭ އިނގޭތޯ!

    18
    4
  5. މިނިސްޓަރު

    މަގާމާއި ލާރި އެބަ ލިބޭ. ބިންވެސް ލިބިއްޖެ. އެހެންވެ ރައީސަށް ތާއީދުކުރާކަން ދައްކައިގެން މަތިމަތިން މިތިބެނީ. މީނައަށް ހީވާ ކަހަލަ މީނާއަށް ވަރަށް ސަޕޯޓު އެބައޮތޭ. އެވަރަށް ހައްދާލާފަ ބަހައްޓަނީ.

    19
    3
  6. Anonymous

    އަވާމެންދުރު ތި ފެންނަނީ ތައީދެއް ނެތޭ އިބުރާހީމަކަށް

    17
    4
  7. ޕޮގުބާ

    މައްސަލައަކަށްވީމަ ކީކުރާނީ ތެޅިތެޅި ހުންނަންޖެހޭނި

    16
    3
  8. އަހުމަދު

    ކޮބާ ތި ކޯލިޝަން ބޮޑުވެފަ؟ ޔާމީނަށް އެކަނި 95000 ވޯޓު ކަށަވަރު މީގެ ފަސް އަހަރު ކުރިން. ޔާމީނާ އެކު ކިތަންމެ ކުޑަ ޕާޓީ އެއް ކޯލިޝަން ހެދިޔަސް ތިވެރިކަން ނިމުނީ! ވައްސަލާމް!

    14
    4
  9. އިއްބެ

    ޤަވްމު ދަރުވާލުމާ ، ނެތްފައިސާއިން ކަންކުރަންއުޅުމާ ، ޤަވްމު އަޅުވެތިވެ އެހެން ޤަވްމެއްގެ އުގަށް ވެއްޓިއޮތުމާ ، އިސްލާމް ދީން ނިކަމތިވުމާ ، ކަނޑާ ، ކަނޑުގެ އަޑިޔާ ، ބިންތަކާ ހަރުމުދަލާ ފަޅުތައް ވިއްކިޔަސް ހެޔޮކަމަށްތަ ވެރިކިަން ދަމަހައްޓަންވީ؟ ފައިބާ

    15
    3
  10. ފަގުޑި

    ކިނބޫ މަޑުމަޑުން ބަލި ގަބޫލުކުރަނީ ދޯ. ދެން އޮތީ ކޯޓު ކަލެއައްވެސް...

    12
    2
  11. ހުސެން

    ބޯގޯހެއް ގެ ބޯގޯސް ކަން އޭނާ ގަބޫލުކުރާނެ.ގަބު ކަމުގެ އިންތިހާ ކިޔޭ ނުކިޔޭ ނޭނގޭ ވީ ވައުދެއް ފުއްދުނީ ކޮން ވައުދެއް ކަމެއް ނޭގޭ

    10
    2
  12. ޕެޓީ ކޭޝް ބެއްޔަ އައުޓް

    ހޫން ކަލޭ ހުރޭ ދައުލަތަށް ބިލިއަނުން ޓެކްސް ނުދައްކާ ރީކޯ މޫސާނިކާ ދައުލަތުން އަބަދު ނުހައްގު ބަދަލު ހޯދާ ޖާބިރާ ދެންވެސް ތަނަކަށް ވިއްޔާ ރުފިޔާ ނުދައްކާ އޮތް ސަން ސިޔާމާ ބައިއަތު ހިފައިގެން. ލައްކަ ތާހިރޭ ހިންނަވަރު ބެއްޔާ. ކަލެއަށް މަގޭ ވޯޓު ހޯދަން ޖެހޭނީ ހޭނައްތައިގެން..

    14
    1
  13. މަދަދު

    މޮޔަވެފަ ތިހުރީ

    10
    2
  14. ޗެރީ

    ގައުމު ކައިހުސްކޮށް ސުންނާފަތިކޮފަ، ފިލަން ހުރިހާތައްޔާރީއެއް ނިމުނީމަ ދެން މަސއަލައެއްނޯންނާނެ.

  15. އާރާސްތު

    މައުމޫނަށް ފިއްތަނީ " ބޮޑު" ކޯލިޝަނުގައި ބައިވެރިނުވެގެން. ތިޔަ ކޯލިޝަނުގައި ހިމެނެނީ ދަރަނި ނުދެއްކިގެން އުޅޭ ލީޑަރަކާއި ދީނުގެ ނަމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގުމުގައި ހައްދުފަހަނަ އަޅާފައިވާ މުނާފިގުންގެ ވެރިޔާއެވެ. ހައްތާވެސް ގޮތް ހުސްވެފައި ތިބި ފައިސާއަށް ވިކި ހުސްވެފައިތިބި ޣަދުރުވެރި ބައިގަނޑެކެވެ. މިބައިގަނޑު ފަހަތުލައިގެން އުޅުނީމާ ރައްޔިތުންގެ ނުރުހުން އިތުރުވާނީ