މާލޭގައި ހިންގަމުންދިޔަ އަލޯރާ ސްޕާ އެންޑް ސެލޫންގެ ތެރެއިން ހަށިވިއްކުމުގެ މައްސަލައެއްގައި ހައްޔަރު ކުރި ބިދޭސީންގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.
މި މީހުން ހައްޔަރު ކޮށްފައި ވަނީ މާލޭގައި ހިންގަމުންދިޔަ އެ ސްޕާގައި ހަށިވިއްކަމުން ދާ ކަމަށް ލިބުނު އިންޓަލިޖެންސް މައުލޫމާތަކާއި ގުޅިގެން ޖުލައި 20 ވަނަ ދުވަހުގެ ރޭ ސްޕެޝަލް އޮޕަރޭޝަނާއި އެންޓި ހިއުމަން ޓްރެފިކިންގ ޑިޕާޓްމެންޓާއި އިންްޓަލިޖެންސް އިތުރުން އިމިގްރޭޝަން ގުޅިގެން އޮޕަރޭޝަނެއްގައެވެ.
އެ މައްސަލައިގައި ޖުމްލަ ފަސް މީހަކު ހައްޔަރު ކުރިއެވެ. އޭގެ ތެރޭގައި ދިވެހި ދެ ފިރިހެނުންވެސް ހިމެނެއެވެ.
މި މައްސަލައާ ގުޅިގެން ތައިލެންޑަށް ނިސްބަތްވާ 34 އަހަރުގެ އަންހެނަކާއި، 35 އަހަރުގެ އަންހެނެއްގެ ސްރީ ލަންކާއަށް ނިސްބަތްވާ 43 އަހަރުގެ އަންހެެނެކެވެ. އެ އެންމެންގެ ބަންދަށް ފުރަތަމަ 15 ދުވަސް ޖެހިއިރު، މިއަދު ކޯޓަށް ހާޒިރު ކުރުމުންވެސް ޖެހީ 15 ދުވަހެވެ.
ފުލުހުން ކުރިން ވިދާޅުވިގޮތުގައި، މި މީހުން ހައްޔަރު ކޮށްފައި ވަނީ ބަރަހަނާކޮށް ތިއްބާއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މީހުން މަސާޖު ކުރަންދާނީ ބަރަހަނާ ވާނޭކަން ދެނެ ތިބެގެން ، ބަރަހަނާއޭ ނުލިޔެ ސީދާ އެމީހުން އެވިއްކަން ތިބި ކަމެއް ލިޔުނީމަ މީހުނައް ސާފުވާނީ.
ކޮބާ ދިވެހި 02 ފިރިހެނުން؟ ދޫކޮށްލީތަ؟
ކޮބައި ދިވެހި 2 ފިރިހެނުން. އެމީހުން ހައްޔަރު ނުކޮށް ބޭރު މީހުން ހައްޔަރުކޮށްގެން ކޮން ހަޑިއެއް ތިހާވަނީ. މިތަން މުޅިން ފަސާދަވެ ނިމެއްޖެ.ތި ބުނާ 2 ފިރިހެނުން މަސައްކަތް ކުރަނީ ކޮންތަނެއްގަ ކަން މިހާރު މުޅި ރާއްޖެއަށް އިނގޭ. ދެން އެތަނަށް ރައްޔިތުން އިތުބާރު ކުރާނެތަ.