ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒު އަދި ޖޭޕީގެ ލީޑާ އޮނަރަބަލް ގާސިމް އިބްރާހީމްގެ ކެންޑިޑޭސީ އިލެކްޝަންސް ކޮމިޝަންއިން ބަލައިގެންފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް، އިސްމާއީލް ހަބީބު ވިދާޅުވީ، ރިޔާސީ އިންތިޚާބަށް މިއަދު ކުރިމަތި ލެއްވި، މުއިއްޒު އާއި ގާސިމްގެ ފޯމުގައިވާ މަޢުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ބަލައި ޗެކްކުރިއިރު، ޤާނޫނުގައިވާ ގޮތުގެ މަތީން، އެ ދެ ބޭފުޅުންނަކީ ރިޔާސީ އިންތިޚާބަށް ޝަރުޠު ހަމަވާ ބޭފުޅުން ކަމުގައި ބަލައި، ހުށަހެޅުއްވި ހުށަހެޅުއްވުން އެކޮމިޝަނުން މިރޭ ޤަބޫލު ކޮށްފައިވާ ކަމަށެވެ.

މި ދެ ބޭފުޅުންގެ އިތުރުން ،ިއަދު ކެންޑިޑޭސީ ފޯމް ހުށަހަޅާފައިވަނީ އަމިއްލަ ގޮތުން ވާދަ ކުރައްވާ ތިން ބޭފުޅެއް ކަމަށްވާ ޢުމަރު ނަސީރު، ފާރިސް މައުމޫނާއި، އަދި ހަސަން ޒަމީލްއެވެ. މި ބޭފުޅުންގެ ކެންޑިޑެސީ ބަލައިގަނެފިނަމަ އެކަން މިއަދު އީސީން އިއުލާނު ކުރައްވާނެއެވެ.

އީސީން ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޞަލިހް އަދި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، އިލްޔާސް ލަބީބްގެ އިތުރުން، އެމްއެންޕީގެ ލީޑަރު، މުހައްމަދު ނާޒިމްގެ ކެންޑިޑެސީ ފޯމު ބަލައިގެންފައިވާކަން އިއްޔެ އިއުލާނު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޓޯޓޯ

    މުއިއްޒު މިފަހަރުގެ މީހަކީ. ގާސިމު 5 އަހަރު ރައްޔިތުންގެ ފައިސާ ކާނެވަރަކަށް ކައިފި

  2. ގާސިމް މީރާއަށް ދައްކަން ޖެހޭ ޓެކްސް އެއީ ސާބިތު ނުވާ އެއްޗަކީތަ….؟