އައްޑޫ ސިޓީ ހުޅުމީދޫ އާއި ހިތަދޫ ބްރިޖަކުން ގުޅާލާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔަސީ ކެންޑިޑޭޓް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު ވަނީ މިރޭ ޕީޕިއެމް/ޕީއެންސީ އޮފީހުގައި އައްޑޫ ސިޓީގެ ރައްޔިތުންނާއި ބައްދަލު ކުރައްވާފައެވެ.
އެ ބައްދަލު ކުރެއްވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، އޭނާގެ ރިޔާސީ ދައުރެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އައްްޑޫ ސިޓިއަށް ވެވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެ ކަމަށެވެ. އެގޮތުން ހާއްސަކޮށް ހުޅުދޫ/މީދޫ- ހިތަދޫ ގުޅާލާ ބްރިޖް އަޅުއްވައިދެއްވާނެ ކަަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު މިގޮތަށް ވިދާޅުވިއިރު، 2022 ވަނަ އަހަރުގެ ނޮވެމްބަރު އަށް ވަނަ ދުވަހު ހުޅުމީދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ ޕީޕީއެމްގެ ވެރިކަމެއްގައި އައްޑޫ ސީޓީ ހުޅުމީދޫ އާއި އެ ސިޓީގެ އެހެން އަވަށްތައް ގުޅުވާލާ ބްރިޖު އަޅާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
ހުޅުމީދޫ އާއި ހިތަދޫ ބުރިޖަކުން ގުޅުވަން ޔާމީން ވައުދުވެއްޖެ
"މި ބުރިޖު އިރާދަކުރެވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި އެޅިގެންދާނެ. އެކަމަކު އެއާ އެކީވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ބައެެއްގެ ބާރުވެރިކަމުގެ ދަށުގައި ފިތި ބޭރުވެގެން ތިބީމަ ތިބޭފުޅުންނަށް ގެއްލިގެންދާ ހައްގުތައް ހަމަ ހަގީގަތުގައި ވެސް އެބަޖެހޭ މި ލޯކަލް ގަވާމަންޓްއާ ބެހޭ ގާނޫނަށް އިސްލާހުތަކެއް އަންނަން" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކެމްޕޭނަށް ހުޅުމީދުއަށް ވަޑައިގެން އެރަށުގައި ވާހަކަދައްކަވަމުން ވެސް އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ބުރިޖު އަޅުވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ޔާމީން އޭރު ވިދާޅުވީ ބުރިޖު އެޅުމަކީ އެމަނިކުފާނަށް ދާދިފަސޭހަ ކަމެއް ކަމަށާއި މާލެ އާއި ހުޅުލެއާއި ދެމެދު ބުރިޖެއް އެޅުމުން އެކަން ރައްޔިތުންނަށް ވެސް އެނގޭނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނަށް ރިޔާސީ އިންތިހާބު ކާމިޔާބެއް ނުކުރެވުނެވެ.
ރާއްޖޭގެ ފުރަތަމަ ބްރިޖް މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ބްރިޖް އަޅާފައި ވަނީ ރައީސް ޔާމީން ސަރުކާރުގައި، ހައުސިންގ މިނިސްޓަރު ކަމުގައި މަގާމުގައި މުއިއްޒު ހުންނެވިއިރުގައެވެ.
ބުރިޖުއެޅޭނީ އަދިވެސް މުއިއްޒުމެންނައް
އެހެންވެޔޭ މިބުނަނީ މުއިއްޒު ރަނގަޅުވާނީ ކޮންކްރީޓް ކޮންސްޓްރަކްޝަން މަސައްކަތްކުރާށޭ! ގައުމުގެ ވެރިކަންކުރާކަށް މުއިއްޒު ކަމަކުނުދާނޭ.
ކޮންކުރީޓް ކޮންސްޓްރަކްޝަން މަސައްކަތްކޮށް ނަތީޖާ ނެރުނު މީހަކަށް ގައުމުގެ ތަރައްޤީގެ ނަތީޖާވެސް ނެރެވޭނެ. އެކަންނުވާނީ ބުރިޖު އެޅުމުގެ ނަމުގައި ފައިސާކައިގެން މޫދުގައި މަގޫދަނޑިބުރިޖުއަޅަން އުޅެވެސް ނޭޅުނު މީހުނަށް.
ޔާމީން މިނިވަންކުރާނެކަން އެނގޭ، އިތުރަށް ނުބުނޭ. ރައްޔިތުން ރުޅި ނާރުވާ. ޕޕމ،ޕނސ ނޫން ޕާޓީތަކުގެ ވޯޓްލިބޭނެ އިންޝާﷲ.ދެން ކުރަންވީ ކަމަކީ ފޭކް ވައުދުނުވެ ބަންގާޅީންގެ%75 މިގައުމުން މަދުކޮށް މޭޑްއިން ޓްރޫލީ މޯލްޑިވިއަން ޕްރޮމޯޓް ކުރަންވީ.މުސްލިމް ދިވެހިންނަށް މިރަށުގެ އޮތް ރިސޯސް ކޮޅުބާއްވާލަދީ. މްދުރާއީ ލޯ ހިސްޕިޓަލް ގޮތައް މަޝްހޫރު ސްޕެޝިއަލިޓީ ހޮސްޕިތަލްތައް ހަދަމާ. މިސާލަކަށް ލޯ އުތުރަށް، ހާޓް ދެކުނަށް. ޕާޓީއަށް ނުބަލާ ވަޒީފާ ވެސްދީ ޝަރުތު ހުރިއްޔާ. މަތީފަޑިމީހުން ބޭރުކުރިޔަސް ގާބިލު އެހެން ކުދިން ބައިތިއްބާ ޝަރުތަކާއެކީ. ހިތްހެޔޮވާތި. ބޭކާރު ބޮޑެތި ވައުދުތައް ނުވެ ކުރަން އެންމެ އެންމެ މުހިންމު ވައުދުތައްވޭ. ސީކްރެޓް މިޝަންއެއް ހިންގާ ޑްރަގް ޕިންތައް އުފުރާ ޕާޓޭއަކަށް ޒުވާނުން ވިޔަނުދީ.ދީނީ އިލްމާއެކީ ކިޔަވާ މަންހަޖު ބަދަލުކޮއްދީ.ކިޔެވުމާ އެކީ ދިރިއުޅެން ދަސްކޮއްދީ.ފަގީރު އާއިލާތަކަށް ޕާސަނަލީ އެހީވެދީ ﷲއަށްޓަކާ.
ނުކެރޭނެ، ޢަދާލަތުގެ ޢިމްރާނަށް ވާވަރު ހަމަ މުއިއްޒަށްވެސް ވާނީ. އިސްލާމީ ޝަރީޢަތުގެ ވާހަކަ ފާޅުކަން ބޮޑު ގޮތެއްގައި ދައްކާކަށް މުއިއްޒަކަށް ނުކެރޭނެ. އިންޓަނޭޝަލް ޕްރެޝަރގެ ކުރިމަތީ މުއިއްޒުވެސް ކުޑަކަކުލަށް ތިރިވާނެ. ޢުމަރު ނަސީރު ނޫނީ ނެތް ހަޤީޤަތުގައިވެސް ގައުމަށާއި ރައްޔިތުންނަށް ހެޔޮ އެދިގެން ކުރިމަތިލާފައިވާ މީހަކު. ކުޑަމިނުން ފާޅުގައި ރައްޔިތުންނަށް ބޭނުންވާ މުހިންމު ކަންކަން ތަފްސީލުކޮށް ބުނަންކެރޭ މީހަކުވެސް ނެތޭ ޢުމަރުނޫނީ. ހަރުދަނާކަމާއި ސިޔާސަތަކަށް ވާކަހަލަ ސިޔާސަތެއް ގެންގުޅޭތަން ފެންނަނީ އަދި ޢުމަރުނަސީރު އެކަނި. މިވަގުތަށް ބަލާއިރު އަދި އަހަންނަށް ތާއީދުކުރެވެނީ ހަމައެކަނި ޢުމަރަށް.
ކޮތަޅު އިބުރެގެ ކޮތަޅާއި ރަށްޔަތުންގެއަތުން ބޮޑުކުރި ޓެކުހާއި ރ ޔާމީންގެ ހުކުމް އުވާލާދީ މުއިއްޒުއަށް އެކަންވާނެ އިންޝާ ﷲ.
ޔާމީނަކީ ތިން ޕަސަންޓުގައި ހުރި ޓެކްސް ހަ ޕަސަންޓަށް ބޮޑުކުރި މީހެއް. މިހާރު އަށް ޕަސަންޓްގައިހުރި ޓެކްސް، މުއިއްޒުއަށް ވެރިކަން ދީފިނަމަ ދިހަ ޕަސަންޓަށް ބޮޑުވުމަކީ އެކަށީގެންވާކަމެއް. ކުދި ވިޔަފާރިތައް ޓެކްސްއިން މިންޖުކޮށްދޭނެ ކަމުގެ ވައުދާއެކު، ޓެކްސް ކުޑަކުރެވޭނެ ސިޔާސަތެއް ގެންގުޅެނީ ޢުމަރު. ޢުމަރަށް ވޯޓުދެއްވާ!
ރައީސް ޔާމީން 2013 އަހަރު ރާއްޖޭގެ ވެރިކަމާ
ހަވާލުވި ފަހުން މިގައުމަށް އެހާނެތި ގޮތެއް ނުހައް ދަވާ
އަދި މިގައުމު ބޭރުގެ އަޅުވެތި ކަމުގެ ދަށަކައް ނުފޮނުވާ
މިގައުމު ހިންގި ރައީސް ޔާމީނުގެ ވެރިކަން ކުރީ މިގައުމު އެއްވެސް ބައެއްގެ އަޔްދަށުނުވެ
ނޯތުކޮރެއާ ވެސް އެބަ ހިންގާ އެއްވެސް ބައެއްގެ އަޅުވެތި ކަމެއް ނެތި. ޔާމީނުވެސް ރާއްޖެ ގެންދިޔައީ އެ މިސްރާބަށް
މުއިއްޒު ހަމަ މިފަހަރު
މަނިކުފާނޫ! އަފިރިްނަށް ހުވަފެން ދައްކާނެ ކަމެއްނެތް. މަނިކުފާނަށްވެސް ކުރެވޭނެ ކަންކަމާއި ، ނުކުރެވޭނެ ކަންކަން ހުންނާނެ. މާލޭގައި އެލި ބްރިޖަކީ އަދީބުގެ ހިތްވަރުން ނޭ އެލި ބްރިޖެކޭ ބުންޏަސް ފާފައެއް ނުވާނެ ކަންނޭގެ. އެހެންކަމުން ތިޔަ ނެންގެވި ރަނިންގ މޭޓަކަށް ރައްޔިތުންނަކަށް ކަންކަމެއް ކޮށެއް ނުދެވޭނެކަން ޔަޤީން. ޔާމީންގެ އެހުރި ހިތްވަރާއި އަޒިމެއް ، ބުންވަރެއް މަނިކުފާނުގެ ކިނބައިގައި ނުހުންނާނެކަން ޔަޤީނެވެ. ވ ވެދުން.
ޢެތަން އެކަނިތަ މިރާއްޖޭގައި އޮތީ ދުވާލަކު 5 ވަރަކަށް ފަތުރު ކުރޭ އެދޭޔެރޭގައި ދެން ކީއްކިރަން އެތަށް ބިލިއަން ރުފިޔާ އެތަނަށް ހަރަދު ކުރަންވީ އެއަށް ވުރެ މާމުހިއްމެއްނޫން އެފައިސާއިން ރައްޔިތުން ބޭނުންވާ އަސާސީ ކަންތައްތައްކުރިއްޔާ
މުއީޒު ބުނެފިއްޔާ އެކަން ޤަބޫލު ކުރަން ފަސޭހަ، އެއީ މުއީޒަކީ ސިވިލް އިންޖިނޭރެއްގެ ހައިސިއްޔަތުން ސިނަމާލެ ބުރިޖުގެ ސުޕަވައިޒަރު އެހެންވީމާ ތިޔަ ބުރިޖު އެޅޭނެ !
މިހާރުވެސް މިއުޅެނީ މާލެމަގުމަތިން ޕާކިން ސުލޮޓު ވިއްކާ ވަރުން.... ނުދެވޭނެ ވޯޓެއް
އައްޑޫ ރައްޔަތުން ވަރަށް ބޮޑަށް ބޭނުންވާނެ ކަމެއް ބުރިޖް އެޅުމަކީ. ސާބަހޭ ޑރ. މުއިއްޒު.
އައްޑޫ މީހުން މުޢީއްޒަށް ތާޢީދުކުރާށެވެ. ކަމެއް ވާކަހަލަ ޤާބިލް މީހަކަށް ތިތާ ހުރީ މިޢިއްޒެވެ. އިބްރާހީމް މުއްމަދު ޞާލިޙް ކުރާ ކަންކަމަކީ މީގެ 30 އަހަރު ކުރީންވެސް ރައީސް މައުމޫންވެސް ހަމަ ކުރަމ،ުން އައި ކަންކަމެވެ. ފަޅުކޮނުމާއި ނަރުދަމާޔާ ކުލާސްރޫމް އެޅުމެވެ. މިކަަލަ ކަންކަން ކޮންމެވެރިއަކުވެސް ކުރަން މަޖުބޫރުވާނެއެވެ. އެކަމަކު ބުރިޖް އެޅުން ބޮޑެތި ހޮސްޕިޓަލްތައް އެޅުން ވަރުގަދަ އިޤްތިޞާދީ ނާރެހަކަށް ހެދުން ކަހަލަ ކަންކަން ކުރެވޭނީ ކިިޔަވައިގެން ތިބި މުޅު މީހުންނަށެވެ.
ނާސިރު ވެރިކަންކުރީ ކޯއްޗެއް ކިޔަވައިގެން. ގައިމު ރާއްޖެއަށް ލިބުނު މޮޅެއް ލިބުނީ އެސޮރުގެ ވެރިކަމުގަ.
ކަލޭގެ ގަމާރުކަމަށް މަރުހަބާ! ކަލޯ ރައީސް ނާސިރަކީ ޕޮލިޓިކަލް ސައިންސް އިން ޑިޕްލޮމާ ހަދާފަހުރި ބޭފުޅެއް! އެއީ އެޒަމާނަށް ބަލާއިރު ފުދޭވަރެއްގެ ތައުލީމެއް! ކަމެއް ރަނގަޅަށް ނޭންގުނަސް ކޮމެންޓްކުރެވޭތޯބަލާތި!
ކަރެކްޝަންގެ ބެލުމުގެދަސުގައި ނުހައްޤުން ޖަލުގައި ބަހައްޓަފައިހުރި މީހެއްގެ ރީރެޖިސްޓްރޭސަން ހަދާދިނުމަކީ ކަރެކްސަންގެމައްޗަށް ލާޒިމުކަމެއް! ފިޔައޭ ލޮނުމެދޭ ނުކިޔާ ރުޅިއަރުވަން
ޔާމީންގެ ވެރިކަމުގައި:
އެމްޑީޕީ ވެރިކަމުގައި ދަޢުލަތުންނަގައި ހުސްކުރުމަށްފަހު، 12.85 ގައި ހުރި ޑޮލަރު 18 އަށް ހަދައި އަދި އެއަގަށްވެސް ލިބެންނެތް ޑޮލަރު ކޮންޓްރޯލްކޮށް 15.42 އަށް ތިރިކޮށް ރައްޔިތުންނަށް ޑޮލަރު ލިބޭގެ ގޮތްތައް އެމްއެމްއޭގެ ތެރެއިން ހަދައި، ފަހުން އެއަަރޕޯޓުން ހަދައި އަދި އޭގެ ފަހުން ބޭންކުން ލިބޭނެ ގޮތް ހަދައި، ނިޒާމެއްގެ ތެރެއިން ކޮންޓްރޯލްކޮށް ލިބޭނެގޮތް ހަދައިދިން.
އެމްޑީޕީގެ ސަރުކާރުން ވިއްކާލާފައިވާ ދިވެހިންގެ އެއާޕޯޓާއި ހަރުމުދާތައް އަލުން ދިވެހިންގެ މިލްކުވެރިކަމުގެ ދަށަށް ގެނެސްދިނީ ރައްޔިތުންގެ މުސާރައިން ކުޑަނަމަވެސް އުނިކަމެއް ނުގެނެސް ތަކެތީގެ އަގު އެއްވާނެއްގައި ކޮންޓްރޯލްކޮށް ހިފަހައްޓައިގެން.
އެމްޑީޕީ ސަރުކާރުން އުނިކުރި ދަޢުލަތުގެ މުސާރަތައް ދިނުމަށް އެންގުމުންވެސް ނުދީ ހިފެހެއްޓުމުން ޔާމީންގެ ވެރިކަމުގައި އެމުސާރަ އިޢާދަކޮށް އަދި ދެބުރަކަށް ބޮޑުކޮށްދިން.
ރާއްޖެއިން ބޭރުން ނަގާފައިވާ ބޮޑެތި ލޯނުތަކަށް ދަރާފައިވާ ދެރުންތައް ކުޑަކޮށްދިން.
ނޭޅޭނޭބުނި ބުރިޖު އަޅައިދިން.
އިންޑިއާއަށް ބޭސްފަރުވާއަށް ދިއުން ހުއްޓުވުމަށް ޒަމާނީ ހޮސްޕިޓަލެއް ޤާއިމްކޮށްދީ ދިވެހިންގެ އަތުން ޚަރަދުކުރުން މަދުކުރަން ފަސޭހަކޮށްދިން.
ރާއްޖޭގެ އެތަށް ރަށަށެއްގެ ފެނާއި ނަރުދަމާ ހަދައި ޒަމާނީކޮށްދިން.
މިއިން އެއްވެސް ކަމެއް އެމްޑީޕީ ސަރުކާރުން އައުމަށްފަހު، ކުރެވިފައި ނުވޭ. ބޮޑެތި ބަޖެޓްހަދައި ކައިގެން އެޅީ ޚަރަދުބޮޑުކޮށް ޓިނު ސްކޫލެއް. ބުރިޖުއޮތީ އަދިވެސް ކަނޑު އަޑީގައި.
ޑރ. މުޢިއްޒު އަނބުރާ ވެރިކަމާއި ޙަވާލުވެއްޖެނަމަ އައްޑޫ ބުރިޖަކީވެސް ޔަޤީން އެއްޗެއް. ޑރ. މުޢިއްޒު ހިންގަވާނީ ޔާމީންގެ ލަފާއާއެކު. މަސައްކަތުގެ މޭސްތިރިއަކީ މުޢިއްޒު، އެޑްވައިޒަރަކީ ކުރިންވެސް އަދި މުޢިއްޒުގެ ވެރިކަމުގައިވެސް ޔާމީން.
ހުޅުމީދޫ-ހިތަދޫ ބުރިޖާމެދު ޝައްކެތް ނުކުރަން. ކުރިންވެސް ބުރިޖު އެޅުނު ބަޔަކަށް ދެން ވެސް ބުރިޖެއް އެޅިދާނެ. ނަމަވެސް އިބޫ އަށް އެކަމެއް ނުވާނެ ކަން މިހާރު ޔަޤީން ވެއްޖެ. މާލެ-ވިލިނގިލި ތިލަ ފަޅުގައި ބުރިޖު ނޭޅުނު މީހަކަށް އައްޑޫ ދެގެދޭތެރޭގައިވެސް ބުރިޖެއް ނޭޅޭނެ. ހިންނަވރުގައިވެސް ބުރިޖު ނޭޅު މީހެއް އިބޫއަކީ.
ޑރ.މުޢިއްޒު-ސެމްބެ މިފަހަރު ޔަޤީން.
ތިޔަކަން ވާނީ ހަމަ ތިބޭފުޅުންނަށް. ފެންނަން ހުރި ކަންތަކުން އެނގެންހުރިކަންކަމަށްވާތީ..
ވޯޓު މުއިއްޒު ސެމްބެ .މިކަން ވާނެ ކުރާނެ ހޮވައިދެއު އައްޑޫ މީހުންނޭ
ރަގަޅު މަގޭވޯޓު މުއިއްޒަ އެންމެންގެ ވޯޓް މުއިއްޒަށް މިފަހަރުކައްދަ
ގަބޫލެއް ނުކުރާނަން ބްރިޖެއް ހިތަދުއާ މީދޫ އަދި ހުޅުދުއާ ދެމެދު އަޅައިދޭނެ ކަމަކަށް ދުވަހަކުވެސް. ބުރިޖަކީ ނޭޅޭނެ އެއްޗެއް ނޫން އެހެން ނަމަވެސް ތިޔަ ދައްކަވާ ވާހަކައަކީ ބުރަދަނެއް ހުރި ވާހަކަތަކެއް ނޫން. މި އައްޑުއަތޮޅަށް 2013 ނޮވެންބަރުގައި ފެށި ރިޔާސީ ފަސް އަހަރުގެ ދައުރުގައި ފޭދޫ ބިން ހިއްކި. 750 ފުލެޓް ހިތަދޫގައި އަޅަން ހަމަޖެހިފައި އޮއްވާ 500 ގެންގޮސް ހުޅުމާލޭގައި އަޅާ ބާކީ 250 އަޅަންފެށި. ޗަކަގަނޑުން ސަލާމަތް ކޮށް ނުދިން މަގު ހަދައި ނިންމައިދޭނަމޭ ކިޔާ ހެދިހައި ދޮގުތައް އެހުރީ ނޫސްތަކުގައި ފެންނަން. ދައުރު ނިމެން ދަނިކޮށް ހުޅުދުއާއި މީދޫ ބޮޑުމަގުގައި ތާރުއެޅި. ހުޅުދޫ ކަޅިބިތުގައި ބޮޑުހިލަޖަހައި ދިން މީދޫ އަށް މުކޮސް. އެހެންވީމާ ވަރަށް ސަލާން. ވޯޓު ދޭހިތުން ތިބި ބަޔަކު ދޭނެ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ