ޖަލުގައި ތިބި ގައިދީން ބައިވެރިކޮށްގެން ވެރިކަން ނުކުރެވޭނެ ކަމަށް ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.

މިހާރު ޕީޕީއެމްއިން ފ. ނިލަންދޫގައި ބާއްވަމުން އަންނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުބީން ވިދާޅުވީ، އިދިކޮޅު ކޯލިޝަނުން މަސައްކަތް ކުރަނީ ޖަލުގައި ތިބި ގައިދީން ބައިވެރިކޮށްގެން ރާއްޖޭގައި ވެރިކަން ކުރުމަށް ކަމަށެވެ. އަދި ގައިދީން ބައިވެރިކޮށްގެން ކުރެވޭނެ ވެރިކަމަށް ނޯންނާނެ ކަމަށާއި، ކޯލިޝަންގެ ވެރިކަމެއް އުފެދުނަސް ވާނީ ތިން މަސް ކަމަށް މުބީން ވިދާޅުވިއެވެ.

"އިއްތިހާދުން މަސައްކަތް ކުރަމުން އެ އަންނަނީ ރާއްޖޭގެ ޖަލުތަކުގައި ތިބި ޤައިދީން ބައިވެރިކޮށްގެން ވެރިކަން ކުރުމަށް. ނަމަވެސް ކިހިނެތް ތޯ އެކަން ކުރެވޭނީ. ގައިދީން ބޭނުންކޮށްގެން ރާއްޖޭގައި ކުރެވޭނެ ވެރިކަމެއް ނޯންނާނެ. އަދި ކޯލިޝަންގެ ވެރިކަމެއް އުފެދުނަސް ވާނީ ތިން މަސް. އެކަން ތާރީހުންވެސް އެއޮތީ ފެންނަން،" މުބީން ވިދާޅުވިއެވެ.

މުބީން މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު އިއްތިހާދުގައި ހިމެނޭ ގިނަ ޕާޓީތަކުގެ ލީޑަރުން އަންނަނީ ބޮޑެތި ޖަލު ހުކުމްތަށް ތަންފީޒު ކުރައްވަމުންނެވެ.

މިރޭގެ ޖަލްސާގައި މުބީން ވަނީ ހުކުމަށް ފިއްލަވައިގެން އުޅުއްވާ ކުރީގެ ރައީސް ނަޝީދަށާއި އިއްތިހާދުގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އިބޫއަށް ނިސްބަތްކޮށް މުބީން ވިދާޅުވީ މަޖިލީހުގެ ތެރޭގައި ކޯލިޝަނަށް ތާއީދު ކުރާ ތިރީހަކަށް މެބްބަރުން ކޮންޓްރޯލް ނުކުރެވިގެން އުޅޭ ބޭފުޅަކަށް ރާއްޖޭގެ ވެރިކަން ނުކުރެވޭނެ ކަމަށެވެ.

"އިބޫ އަކީ ވަރަށް ގިނަ ދުވަހު މަޖިލީހުގައި މެންބަރުކަން ކުރި ބޭފުޅެއް. ނަމަވެސް ގަބޫލުކުރަން ޖެހޭ ހަޤީގަތަކީ އިއްތިހާދަށް ނިސްބަތްވާ ތިރީހަކަށް މެންބަރުން އިބޫއަށް ކޮންޓްރޯލް ނުކުރެވޭކަން. މިފަދަގެ މީހަކަށް ކިހިނެތްތޯ ރާއްޖޭގެ ވެރިކަން ކުރާނީ،" މުބީން ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަންގެ އަމާޒަކީ ރައީސް ނަޝީދަށް ވެރިކަން ހޯދައި ދިނުން ކަމަށާއި އިއްތިހާދުގެ ކެޑިޑޭޓް އިބްރާހިމް މުހައްމަދު ސޯހިހު (އިބޫ) އަކީ ރައީސް ނަޝީދު ގެންގުޅުއްވާ "ޕަޕެޓެއް" ކަމަށް މުބީން ވިދާޅުވިއެވެ. އަދި ކުޑައިރުއްސުރެއް ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން އަންނަނީ ގައުމު ފަސާދަ ކުރުމަށާއި ވެރިކަމަށް އައުމަށް ކަމުގައި މުބީން ވިދާޅުވިއެވެ. އަދި ރާއްޖޭގައި އިސްލާމީ ވަހުދަތު ދިފާއު ކުރާމަށް ބުނެ އިނގިރޭސި ބަހުން އީޔޫ "ޓެގްކޮށްފައި" އެންމެ ޓްވީޓެއްވެސް ރައީސް ނަޝީދަށްވެސް އަދި އިބޫއަށްވެސް ކުރައްވަން ކެރިވަޑައިނުގަންވާނެ ކަމަށް މުބީން ވިދާޅުވިއެވެ.

މުބީން ވިދާޅުވީ އެމްޑީޕީއާއި އެކު ކޯލިޝަން ހަދައިގެން ތިބި އެހެން ޕާޓީތަކަށް ކުރިމަތިވެދާނެ ހާލަކާއި މެދުގައި ކަންބޮޑުވާ ކަމަށެވެ. އަދި މިއީ ތަރައްޤީއާއި އެއްކޮޅަށް ވޯޓުދޭންވީ ވަގުތު ކަމަށާއި ރާއްޖެއަށް ތަރައްޤީ ގެނެވޭނެ ވެރިއަކީ ރައީސް ޔާމީން ކަމަށް މުބީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އެދުރު

    ވ. ފުރިހަމަ ރަނގަޅު ވާހަކަ އެއް މުބީން ތި ވިދާޅުވީ

  2. ރީނދޫ ވަގު

    ޚާއްސަކޮށް ވަގު ނަޝީދު އެއީ ބޮޑު ލާދީނީއެއް. ޓެރަރިސްޓެއް. ބާޣީ އާއިލާއެއްގެ ބާޣީއެއް. ބޮޑު ވަގެއް.

  3. ދަލެޭކަ

    ޙަމަޔަގީން އިންތިހާބު ކުރިން މުބީން ޕާޓީ ބަދަލުކުރާނެ

  4. ރީނދޫ

    20158ޔާމީން ޝަހީމް