ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަހްމަދު މުބީން މިރޭ އިދިކޮޅު ޕީޕީއެމްއަށް ސޮއި ކޮށްފިއެވެ.

މުބީން ޕީޕީއެމްއަށް ސޮއިކޮށް މެންބަރޝިޕް ފޯމް ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއިއެވެ.

މުބީން 2014 ވަނަ އަހަރު ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ބިލަތްދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ވެސް ޖުމްހޫރީ ޕާޓީގެ ޓިކެޓްގައެވެ. ނަމަވެސް ފަހުން ޕީޕީއެމް އަށް ސޮއި ކުރެއްވިއެވެ. އޭނާ ފާހަގަ ކުރެވުނީ 2019 ވަނަ އަހަރު ނިމުނު ރައްޔިތުން މަޖިލީހުގެ 18 ވަނަ ދައުރުގައި ރައީސް ޔާމީންގެ ސަރުކާރަށް ތާއިދުކުރި ވަރުގަދަ މެންބަރެއްގެ ގޮތުގައެވެ.

ނަމަވެސް ރައީސް ޔާމީންގެ ވެރިކަން ނިމުމުން އޭރު ޕީޕީއެމްގެ ގިނަ މެންބަރުންތަކެއް ޖުމްހޫރީ ޕާޓީއަށް ސޮއި ކުރިއިރު މުބީން ވެސް ޖުމްހޫރީ ޕާޓީއަށް ސޮއި ކުރިއެވެ. އެޕާޓީގެ ޓިކެޓްގައި އޭނާ 2019 ވަނަ އަހަރު ރައްޔިތުން މަޖިލިސް އިންތިހާބުގައި ވެސް ވާދަކުރިއެވެ. ނަމަވެސް އިންތިހާބު ކާމިޔާބެއް ނުކުރެވުނެވެ.

މުބީން ޖުމްހޫރީ ޕާޓީ ދޫކޮށް އެނބުރި ޕީޕީއެމް އާއި ގުޅިފައި މިވަނީ އޭނާ އާއި ޖުމްހޫރީ ޕާޓީގެ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. މުބީން އާއި ޖުމްހޫރީ ޕާޓީގެ ގުޅުން ގޯސްވީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަނުކުރާނެ ކަމަށް މުބީން މިދިޔަ މާޗް މަހު ވިދާޅުވުމުންނެވެ.

މުބީންގެ އެވާހަކަތައް ޖުމްހޫރީ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ވަނީ ދޮގު ކުރައްވާފައެވެ. އަދި މުބީނަށް މީޑިއާގައި ރައްދު ވެސް ދެއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދަނޭ

    މަރުހަބާ މުބީން

    12
    7
  2. އިހަވަންކަޅޭބެ

    މަރުހަބާ މުބީން. ވެއިޓިންގ ފޯރ ފަލާހު އެންޑް ނިހާން.

    9
    8
  3. އިސްމާއިލް

    ވަށަފަރުމީހުން އުނބަށްޖެހުން

    7
    2
  4. ފަރިވާ

    ޙުސް ފޭކް މީހުން ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ