ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓަށް މުވައްޒަފުން ހަމަނުޖައްސައި ދެއްވައި، ކޯޓުގެ މަސައްކަތައް ހުރަސް އަޅައި، ދަތި ކުރަމުން ގެންދާތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ނުރުހުން ފާޅުކުރައްވައިފިއެވެ.
ފަނޑިޔާރު ސުއޫދު ޖޭއެސްސީ އަށް ފާޑުވިދާޅުވެ، ނުރުހުން ފާޅުކުރެއްވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން، ކޯޓުތަކެއްގެ ދިހަ އެމްމިނިސްޓްރޭޓަރަކު ވަޒީފާ އިން ވަކިކުރި މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމުގައެވެ.
ސުޕްރީމް ކޯޓުގެ މީސް މީޑިއާ ވަސީލަތްތަކުން ދުރަށް ދައްކަމުން ގެންދިޔަ އަޑުއެހުމުގައި ފަނޑިޔާރު ސުއޫދު ވަނީ ސުޕްރީމް ކޯޓުގެ އެންމެ އިސް މުވައްޒަފު ކަމަށްވާ ސެކެޓްރީ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެވޭނީ ކޮން ދުވަހަކުންތޯ ސުވާލު ކުރައްވާފައެވެ. ފަނޑިޔާރު ސުއޫދު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓަށް ސެކެޓްރީ ޖެނެރަލެއް ހޯދަން، ޖޭއެސްސީގައި އެދެމުން އަންނަތާ މިހާރު ދެއަހަރު ވެއްޖެއެވެ.
"ކޮންއިރަކުންތޯ މިތަނުކުގެ (ސުޕްރީމް ކޯޓުގެ) އިދާރީ އެންމެ އިސް މުވައްޒަފުން ލިބެނީ. މިތަން މިއޮތީ ހަމަ ހުއްޓިފަ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހިންގުން ހުއްޓިފަ މިއޮތީ. ކޮންއިރަކުންތޯ މިކަމަށް ފަރުވާއެއް ލިބެނީ. ވިދާޅުވެއްބައްލަވާ ކިހައި ދުވަހެއް ވެއްޖެތޯ މި ކޯޓުގައި އިދާރީ އިސް މުވައްޒަފުން ނެއްތާ؟" ސުއޫދު ވިދާޅުވިއެވެ.
ސުއޫދު ތަކުރާރުކޮށް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހިންގުން އޮތީ ހުއްޓިފައި ކަމަށާއި، ސުޕްރީމް ކޯޓަށް މުވައްޒަފުން ލުމުގެ މިނިވަންކަން ސުޕްރީމް ކޯޓަށް ނެތް ކަމަށެވެ. "ބަޔަކު ދިނިއްޔާ ކައިގެން މިތިބެނީ. ބަޔަކު ދިނިއްޔާ ފޮތާއި ފަންސުރާއި މިލިބެނީ. ބަޔަކު ދިނިއްޔާ މުވައްޒަފުން މިލިބެނީ. އެކަމަކު އަޅުގަނޑުމެންނަކީ ދައުލަތުގެ އެއްބާރު ކަމަށް މިބުނަނީ." ސުއޫދު ވިދާޅުވިއެވެ.
ސުއޫދުގެ ވާހަކަ އާއި ގުޅިގެން ޖޭއެސްސީގެ ވަކީލު ވިދާޅުވީ ސުއޫދުގެ ސުވާލަށް ޖަވާބުދާރީ ވާން ދަތި ކަމަށެވެ. ވަކީލު އެހެން ވިދާޅުވުމުން ސުއޫދު ވިދާޅުވީ ސުޕްރީމް ކޯޓަށް ސެކެޓްރީ ޖެނެރަލެއް ލިބޭނެ އިރަށް ބަލަން ބޭނުންވާ ކަމަށެވެ.
ފަނޑިޔާރުގެ ހޫނު ވާހަކަތަކަށް ފަހު ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އެދިވަޑައިގަތުމަކަށް ޝަރީއަތުގެ މަޖިލިސް މިނެޓެއްހައި އިރަށް މެދުކަނޑާލިއެވެ. އެއަށްފަހު އަލުން ޝަރީއަތް ފަށައިގެން ކުރިއަށް ގެންދިޔައެވެ. ނަމަވެސް ސުޕްރީމް ކޯޓަށް ސެކެޓްރީ ޖެނެރަލެއް އައްޔަން ކުރެވޭނެ އިރެއް ޖޭއެސްސީ އިން ވިދާޅެއް ނުވެއެވެ.
ޥަކިބަޔަކައް އުނދަގޫކުރަން އަމިއްލަޔައް ފޭހުނު އިލޮށި އަމިއްލަ ލޮލައް ދޯ، ގޯހެއްނޫން، ރަތައް އަރައިގެން ހުރޭ
ޔާމީނުގެ ހުކުމުން އިތުބާރު ގެއްލިފައިވާތީ މޮޅުކަން ދައްކާ ރައްޔިތުންގެ އިތުބާރު ހޯދަން ކުރިކަމެއް ނުންތޯ !
ތުޅާދޫ ދާއިރާގެ މެމްބަރު މަޖިލިސް އަށް ކުރިމަތިލީވެސް ޖުޑިޝަރީ އިސްލާހު ކުރާށޯ، އެކަމު ކުރާހާވެސް ކަމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ކަންކަން ފަހިވާގޮތަށް ކަންކަންކުރުން، އިދިކޮޅަށް ޖޭއްސުންކޮށް އިދިކޮޅުފަރާތްތަކުގެ ހަތަރެސްފައިގައި ބިޑި އެޅުވުން..
އޮތީ އިންޑިއާ ގެ ނުފޫޒު މޯޑީ އޯކޭ ވީމާ ވާނީ ނެތޭ މިނިވަން ކަމެއް .ޖުޑީޟިއަރީ އޮތީ ހައިޖެކްކޮށްފަ އިންޑިއާ އިން
ޔާމީނަށް ހުކުމް ކުރެވިއްޖެ އެއްްނު...ދެން އޯކޭވާނެ
ޔާމީނަށް ޙުކުމެއް ޖަހަން ޖެހިއްޖެނަމަ ސްޕްރީމް ކޯޓް ހަބޭސް ހަބޭސް ކުރިއަށް...
ހިސާންގެ ލޯފާމައްގުޅާލިނަމަ ތިކަން ވަގުތުން ވަގުތައް ސާފުވެގެންދާނެ މަހީކުރީ ރައީސް ޔާމީންއަށް ކުރިމަތިނުލެވޭގޮތައް ހުކުމް ކޮށްދިނީމަ ސެކެޓްރީ ޖެނެރެލްއެއް ހަމަޖެހިގެންދާނެކަމަށް ވަރަށްދެރަ
ހިސާން ލޯ ފާމެއް ހިންގާނަމަ ޖޭއެސްސީ ހިމެނޭނީ ހިސާނުގެ ބިޒިބަސް ތަރިކައިގެ ތެރޭގައި. ކަންތައްތައް ވަމުން އެދަނީ އެގޮތަށް.
ތިޔަ ވަނީ ރަނގަޅަށް..ޔާމީން ގެ މައްސަލަވެސް ހުއްޓާލިނަމަ ފަންސުރެއް ނެތޭ ކިޔާފަ..ހާދަ އިބޫއަށް އެއްލި ގައުކޮޅެއް ހެން ހީވެއޭ..ވޯޓަށް ހުރަސް އަޅަން ނާޤާބިލު ސަރުކާރެއް ކަމަށް ދައްކަން އުޅޭކަހަލަަ.
ހުއްސްނުއްސޫދަކީ އޭނަހިތުން އެވަރުގެ މޮޅު އެވަރުގެ ޤާބިލް އެވަރުގެ ފުންނާބު އުސް ދެވަނަ ޤާނޫނީ ބޭފުޅަކު ނެތްކަމަށް ދެއްކުމަށް އަދި ޖުޑިސަރީގެ ވެރިޔަކީ ސޫދުކަމަށް ދެއްކުމަށް މަސައްކަތްކުރާ ބޭފުޅެއްކަން ސޫދު ބައިވެރިވެ ވަޑައިގަންނަވާ ސްޕްރީމް ކޯޓުގެ ޝަރިޢަތްތަކުން ހާމަވެގެންދާނެ ޝަރީޢަތްތަކުގަ ސުވާލުކުރުމުގަވެސް މައްސަލަޔާ ނުގުޅޭ ސުވާލުތައްކޮށް ހަސްމުން ނުވަތަ ހަސްމުން ތަމްސީލުކުރާ ފަރާތްތަކުގެ އަގު ވބައްޓާލައި ބަދުނާމުކޮށް އަބުރު ނަގާލުމަށް ސޫދު މިހިންގާ ޢަމަލަކީ ޤާނޫނު އަސާސީއާ ޚިލާފު ޢަމަލުތަކެއްކަމުގައި ފާހަގަވެގެންދާކަމުގައި ބަލަންޖެހެއެވެ. ސޫދުގެ ފާޓު ފުޅާކަމުން ސޫދު ހިންހަމަޖުހެހޭ ލޯޔަރެއްނަމަ ނުވަތަ ހިތްފުޅާނުވާ ލޯފާމެއްގެ ބޭފުޅަކުނަމަ މުޅި ދުނިޔެއަށް ބަދުނާމުކޮށް ބޭޒާރުކޮށް އަގު ވައްޓާލައި އެމީހެއްގެ ނުވަތަ އެބައެއްގެ މަސައްކަތުގެ މާހައުލު ފުނޑާލުމަކީ ސޫދު ޒާތީގޮތުން ގެންގުލޭ ދަށުދަރަޖައިގެ ޢަމަލެއްކަމުގައި ފާހަގަކުރެވެއެވެ. ފަނޑިޔާރުން ކޮންމެ ކަމެއްކުރިޔަސް ކޮންމެ އެއްޗެއްކިޔަސް އެކަން ހުއްޓުވޭނެ ގޮތެއް އެއަށް ރައްދު ޖަވާބު ދިނުމަކީ ހަސްމަކަށް ނުވަތަ ހަސްމަކު ތަމްސީލުކުރާ ފަރާތަކަށް ކުރެވޭނެކަމެއްނޫނެވެ. މީގެ އިތުރަށް ސޫދު ބެންޗުގައި ބައިވެރިވާ މައްސަލަތަކުގެ ޝަރީޢަތްތަކުގަ މައްސަލަ ބައްލަވާ އިސް ފަނޑިޔާރަކީ އަދި އުއްތަމަ ފަނޑިޔާރަކީ ސޫދުކަށް ހީވާ ފަހަރުވެސް އަންނަކަން ފާހަގަ ކުރެވެއެވެ. އެގޮތުން މިފަހުން ނިމިދިޔަ ޔާމީނުގެ އިންތިޚާބީ މައްސަލައިގައި ކަންހިނގާދިޔަގޮތަށް ބެލުމުން މކަން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ފެނިގެންދާކަމުގައި ފާހަގަކުރެވެއެވެ.ސްޕްރީމް ކޯޓުގެ ޝަރިޢަތުގެ މަޖިލީހުގައި ހސްމަކު ތަމްސީލުކުރާ ފަރާތަކީ އެ ހަސްމެއްގެ އެހަސްމަކާ ޤާނޫނުން މަތިކޮށްފައިވާ ހުރިހާކަމެއްގަ ޖަވާބުދާރީވާޏްޖެހޭ ފަރާތެއްކަމަށް ނުދެކެމެވެ. އަދި ހަސްމަކީ ދައުލަތުގެ މުއައްސަސާއެއްނަމަ އެމުއައްސަސާއަކުން ކުރާ އިދާރީކަންކަމާގުޅިގެން ސުވާލުކޮށް އެސުވާލުތަކަށް ޖަވާބުދާރީވާޏްޖެހޭކަމަކަށް ނުދެކެމެވެ. އެކަމަކު ސްޕްރީމްކޯޓުގެ ފަޑިޔާރެއްގެ ގޮޑިކޮޅުގަ އިންނަވައިގެން ކޮންމެ ފަދ ކަމެއްކުރެއްވިޔަސް އެކަން ހުއްޓުވާނެ ފަރާޓެއް ނެތަތީވެ ހިތުހުރި އެއްޗެއް ގޮވާލައި ޒާތީ ހަސަދަވެސް ފިލުވާލަނީކަމަށްފެނެއެވެ.
ތި އުޅެނީ މަގުމަތީ ތަޅާކުދިން އުޅޭ ގޮތަށް.މިތާ އޮތީ ސަދޫމު އިންސާފު.ކަލޭ މާ އާޓުތިދައްކަނީ ތިއީ ހަރާމް ހުކުމެއް ކުރިމީހެއްކަން ލައިވް ޓީވީ ބެލިމީހުން ހެކިނުވޭތޯ؟ ތިއީ މިނިވަންތަނެއްނޫން ކަލެޔަށް އިގޭ އިރު ވަޒީފާގައި ބަގުޑި ބައްދައިގެން ތި ހުރީ ކީއްވެތޯ؟ ކަލޭ ބޭނުން މީހަކަށް ވަޒީފާ ހަމަނުޖެހިގެން ލަވާ ހަޅޭއް.ބަގުރޫޓު ވެފައި އޮތް ދައުލަތެއް ކަން ގަމާރު ނޫނިއްޔާ އިގެންވާނެ.ހަރާމް ފައިސާ ޖީބަށް އަލައިގެން ހުކުމް ކުރުމަކީ ކޮންކަހަލަ ކަމެއްތޯ
ދެން އަބުދުﷲ ސައީދު ހެދިހެން ހުރިހާ ބާރެއް ތިޔަ ތަނަށް ލާ. ޖޭއެސްސީ ދަމައިގަތީމާ އިސްލާހު ގެނެވުނީ
ރ ޔާމީނަށް އަނިޔާކުރަނީ މިޖޭއެސްސީން.
ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލައެއްގެ ތެރެއިން މައްސަލައާއި ނުގުޅޭ ސުޕްރީމް ކޯޓުގެ އަމިއްލަ ކަންކަމުގެ ވާހަކަދެއްކުމަކީ ވަރަށް ހަޑި ކަމެއް.
ފަނޑިޔާރު ސޫދު ބަޔާން ކޮށްދެއްވީ ހަމަ ހުރިހާ ކޯޓެއްވެސް އޮތް ހާލަތުގެ ވާހަކަ. މަސައްކަތް ކުރެވޭނެ ޖާގައެއް ނެތް. މަސައްކަތް ކުރާނެ ގާބިލު މުވައްޒަފުންނެއް ނެތް. ހިސާނުއާ ޖޭއެސްސީ އަދި ޑީޖޭއޭ ހިންގަން ތިބި މީހުން، ގޭންގް މީހުންކޮޅެއް ކޯޓުތަކަށް ވައްދައިގެން މައްސަލަތަކަށް އަތްބޭނުން ފިޔަވާ އިތުރު ކަމެއް ނުކުރެވޭ. ހުރިހާ ކޯޓެއް ވަނީ އިންސާފް ގާއިމް ނުކުރެވޭ ވަރުގެ ނިކަމެތި ހާލަތަކަށް ވައްޓާލާފައި. ސޫދުއަށް އައްސަރިބަހުން ސާބަސް. ސުޕްރީމް ކޯޓަށް މިހާލު ޖެހުނު އިރު އެހެން ތަންތަނުގެ ހާލަތު ކިހާ ވަރެއް ވާނެ.
އެކި މީހުން ބަރަހަނާ ކުރައްވާނީ އެކި ގޮތަށް. ސޫދުއަށް ސެލިއުޓް ކުރަަން. ރައްޔިތުން އެއް އަޑަކުން ބަސްބުނަންވީ ރަނގަޅު ވަގުތެއް. ޖުޑިޝަރީގެ ހުރިހާ މުވައްޒަފުންވެސް ވަރަށް ހަލުގައި ޖައްސައިފި. މުވައްޒަފުން ލައްވާ އިންތިހާއަށް މަސައްކަތް ކުރުވާ ހިސާންމެން ބޭނުންވާ ކަންކަން ހާސިލް ކޮއްފި. އެކަމަކު ޖޭއެސްސީގެ މުވައްޒަފުންނަށްވެސް ކުޑަމިނުން އެއްވެސް ކަމެއް ކޮއްދޭން ބޭނުން ނުވޭ
ޖުރުމަނާއަކީ ސާބިތު ދަރަންޏެއްކަމަށް ރައުޔު ނެރެފައި ....... ބަލަގަ ސްޕްރޯމް ކޯޓު އޮންނަންޖެހޭނީ ޖޭއެސްސީގެ ބަނޑުދޮށުގައިކަކަށް އެމީހުން ރައުޔު ނެރެދާނެކަމަށް ޤަބޫލުކޮށްބަލަ!
މިއޮއްހުރިހާދުވަހު ތިޔަވާހަކަ ނުދައްކާ ހުރެފާ ކުއްލިއަކައް ތިވާހަކަ ދައްކަންފެށީމަ އެބަ ސުވާލުއުފެދޭ ސުވާލަކީ ބަޔަކު ކާންދިނީމަ ކައިގެން ފޮތްފަންސުރުދިނީމަ ލިބިގެން ހުކުމްލިޔެފަދިނީމަކޮއްގެން ހައިޖެކުކުރީތަ
ރައީސް ޔާމީން ގެ މައްޗަށް ކުރި ހުކުމުގައި ތިމާ ބޭނުންގޮތަށް ގާނޫނު މާނަ ކުރި އިރު ހިތަށް ނައަރާދޯ ތިޔަ ޖުޑިޝަރީއަކީ ފެއިލްވެފައިވާ ތަނެއްކަން
ވރިކަން ބަދަލްވދާނެހެނ ހީވާތީ ރާގު ބަދަލްވާހެން ހީވަނީ