އިމާމުވެ ހުކުރު ނަމާދުކުރާ ހުރިހާ ހަތީބުން ޖުއްބާލައިގެން ހުކުރު ނަމާދު ކުރާގޮތަށް ހަމަޖައްސައި މިއަދުން ފެށިގެން އެގޮތަށް އަމަލުކުރަން ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިއީ ހުކުރު ކުރާ ހުރިހާ ޚަޠީބުންނަކީވެސް އެއްގޮތަކަށް، އެއް މިންގަނޑަކަށް ހެދުން އަޅާބަޔަކަށް ހަދައި، އިމާމުންނާއި ޚަޠީބުންގެ ހައިބަތު ދެމެހެއްޓުމުގެ މަގްސަދުގައި އަމަލުކުރަން ފެށި އުސޫލެއް ކަމަށެވެ. މި އުސޫލަށް މިވަގުތު ހަމައެކަނި މާލޭ ސަރަހައްދުގެ ހަތީބުން އަމަލުކުރަމުންދިޔަނަމަވެސް، ކުރިއަށް އޮތްތާނގައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިގޮތަށް އަމަލު ކުރަން ފަށާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ހުކުރުކުރާ ހުރިހާ ހަތީބުންނަށް މިކަމަށް ވަކި އެލަންވަންސެއް ކަނޑައަޅައި، ކޮންމެ އަހަރަކުވެސް މިނިސްޓްރީން ޖުއްބާއާއި ތާކިހާ ފޯރުކޮށްދޭނެއެވެ.
މީގެ ކުރިން ރާއްޖޭގައި މިފަދައިން އަމަލުކޮށްފައިވީނަމަވެސް، ވަކި ގޮތަކަށް ކަނޑައެޅިގެން ވަކި އުސޫލެއްގެ ދަށުން ހެދުން އެޅުމުގެ މިންގަނޑު ހިފެހެއްޓިފައިނުވެއެވެ. ނަމަވެސް މިއަދު އަމަލުކުރަންފެށި އުސޫލާ އެއްގޮތަށް މީގެފަހުން ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.
ޖުއްބާލައިގެން ހުކުރުނަމާދު ކުރުމަކީ ދުނިޔޭގެ އިސްލާމީ ގައުމުތަކުގައި ކުރަމުން އަންނަ ކަމެކެވެ.
ފުތަރަމަ ކަމަކަށް ވަޒީފާއަށްޓަކާ ތިކަންކުރާ މިހުން އެއްކިބާ ކޮށް، ތަޤުވާ ވެރި އަބުރުވެރި ފަރާތްތައް މިކަންކަމަށް އިންކުރަންވެއްޖެ.
ޗުއްޓީ ނަގައިފިއްޔާ ނަމާދެއް ނޯންނަ ބަޔަކާއި ޤުރްއަން ކިޔެވުމުގައި ދެއްކުންތެރިކަން ބޮޑު ވެގެން އުޅެ ބަޔަކާއި، ކިޔަވަން ފަށައިފިއްޔާ ނަމާދަށް ސަމާލުކަން ނުދެވޭވަރަށް ކިޔެވުން ޚަރާބު މީހުންނަށް ދާންދެން އިމާމުކަމާ ހަވާލުކޮށްގެން އިސްލާމކކް މިނިސްޓްރީން މިގަންނަ ގަނޑު އިސްލާހުކުރަން އެބަވޭ.
އެފަދަ ކަންކަން ހަވާލުކުރަންވާނީ ކަމަށް އެކަށީގރންވާ މީހުން. ކޯހޭ މިކޔާ އުޅޭ އެތިގަނޑެއް ހަދައިގެން އައުމަކީ ކަމަށް ގާބިލު ވުމެއްނޫން. އެންމެ ފުރަތަމަކަމަކަށް އެ ބައެއްގެ އިޚްލާސްތެރިކަން ބަލަންވާނެ. ބެލޭނެ އިންތިޒާމެއްވެސް ހުންނަނަްވާނެ. ހަމަ އެކަނި ކުރާ އިނޓަވިއުއަކުން ނުވަތަ އޮން ސެޓްފިކަޓަކުން މިކަންކަން ނިންމޭކަށް ނޯންނާނެ
ކޮލެޖުތަކުގެ ދަރިވަރުންގެ ޙައްޤު ތައް ހޯދަދޭ ކެނޑިޑޭޓެއް ބޭނުންވޭ. މިހާރު ޒާތީވެގެން ބައެއް ލެކްޗަރާއިން ދަރިވަރުން އިމްތިހާނުގައި ހަދާ ޕޭޕަރަށް ދަށް މާކުސް އެބަދޭ ނުވިތާކަށް މިބައިމީހުން ދަރިވަރުންނާ މުހާތަބުކުރަނީ ވަރަށް ބޭއަދަބީ ކޮށް. ދަރިވަރުން ދޭ ލާރިން މިމީހުން މުސާރަ ލިބި ކޮލެޖު މި ހިނގަނީ އެކަމަކު މަވަރުބައެއްނެތްކަމަށް ހެދިގެން
ހަތީބް ޖުއްބާ ލުމުން މިރާއްޖޭގައި އިސްލާމް ދީން ކުރިއެރީތޯ ؟ ހުޅުމާލޭ ގައި ބޭރުމީހުން އެއުޅެނީ ޢައިރުމުސްލިމް ޤައުމުތަކުގައި އުޅޭގޮތަށް ، ހުޅުމާލެ ދައުލަތުގެ ސިޔާދަތު އޮންނަ ތަނެއްހެންވެސް ހިޔެއްނުވޭ،!
ޢަންހެނުންގެ މޫނު ބުރުގާ ނަގަން އަމުރު ކޮށް ފިރިހެނުން ޖުއްބާ ލާން އަމުރުކުރާ ސަރުކާރެއް މީ ! މިކަހަލަ ސަރުކާރެއް ބާއްވާކަށް ނުޖެހޭނެ .