ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް އެމްޑީޕީން ވަކިވެވަޑައިގެންފިއެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި އިތުރަށް ހުންނަން ބޭނުން ނުވާތީ، މިއަދުން ފެށިގެން އެމްޑީޕީން ވަކިވަޑައިގެންފަައިވާ ކަމަށެވެ.
އޭނާ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލަށް ފޮނުވި ސިޓިގައި ވަނީ އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި އިތުރަށް ހުންނަން ބޭނުން ނުވާތީ، އެ ޕާާޓީގެ ދަފްތަރުން މިއަދުން ފެށީގެން ނަން އުނިކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
އެމްޑީޕީގެ އެތެރޭގައި ހިޔާލު ތަފާތުވުންތައް ފުރަތަމަ އުފެދުނުއިރު ސިރާޖު މަސައްކަތް ކުރައްވަމުން ގެންދެވީ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ މެންބަރުންނާއި އެކުއެވެ. ނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އޭނާ ތާއިދު ކުރެއްވީ ރައީސް ސޯލިހަށެވެ.
ސިރާޖު އެމްޑީޕީން ވަކިވެވަޑައިގެންނެވިއިރު މިހާރު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީ މެންބަރުންގެ އަދަދު ވަނީ 53 އަށް މަދުވެފައެވެ. އެހެންކަމުން މަޖިލީހުގެ ސްޕަ މެޖޯރިޓީ މިހާރު އެމްޑީޕީއަކަށް ނެތެވެ.
މިވެސް ދެއަތަށް އެނބުރޭ މީހެއް.. މީނަގެ ނަން ލިސްޓްގައި ނެތީމާ މައްސަލައަކަށްވީ.. ކުރިން އަންނި ވެފައި އިބޫ ކާރިއަށް ދިޔައީ..
އިބޫ އަށް %15 ވަރުވެސް ލިބޭނެ ކަމާމެދު ޝައްކު މިހާރު. ގާތުގަ ތިބި މީހުންކޮޅުވެސް އެ ދަނީ
ފިދަނަ އުޅެނީ މުޢިއްޒު އަގުވައްޓާލަން.
އޭގެ ބަދަލު ތިޔަފެންނަނީ. އިތުރަށް ތިމާމެން ނިކަމެތިވުން
ތިޔަވާ ބުމަރެއް، ދެއަތަށް އެނބުރޭ މީހެއް
އެސޮރު އެކަމާ އަޑުން އަޑުނަގާ ނުރޮއިތަ އަނެއްކާ!
އިންޑިއާ ސިފައިން ރާއްޖޭގައި ބައިތިއްބުމަށް ތާއީދުކުރާތީ މީނައަށް ނަފްރަތުކުރާމީހުން ވަރައްގިނައެވެ. މީނައަށް ލިބޭބައި މަދުވީމާ ހިތްހަމަނުޖެހިގެން މިއުޅެނީ.
ފެންގަނޑު މެދުން ތިޔަ ފުންމާގަތީ ފެންނެއްތަނަށް ކަމުގައި ވީނަމަ ރަނގަޅަށް ހެޔޮ ވަރުގެ ސިޔާސީގޮތުން ލަގާއެއް މިފަހަރު ލިބޭނެ. އަގުވަނީ މިހާރު ބޮޑު ތަނުން ވެއްޓި ފައި
ސާބަސް ސިރާޖު މަރުހަބާ ހިޔޮވިސްނުއް ވިސްނުނީމަ